މިނިވަން ދުވަހަށް ތައްޔާރުކުރަން ޖުމްހޫރީ މައިދާން ބަންދުކޮށްފި

Jul 11, 2025, 10:57 AM
ރައީސް ހުވާކުރެއްވި ރަސްމިއްޔާތަށް ޖުމްހޫރި މައިދާން ތައްޔާރުކުރަނީ: މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ އޮންނަނީ ޖުމްހޫރީ މައިދާނުގައި --- ފޮޓޯ: އަބްދުالله އިޔާން/އަދަދު

ރައީސް ހުވާކުރެއްވި ރަސްމިއްޔާތަށް ޖުމްހޫރި މައިދާން ތައްޔާރުކުރަނީ: މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ އޮންނަނީ ޖުމްހޫރީ މައިދާނުގައި --- ފޮޓޯ: އަބްދުالله އިޔާން/އަދަދު

ސަރުކާރުން ވަރަށް ކުލަ ގަދަކޮށް ފާހަަގަކުރަން ރާވާފައިވާ 60 ވަނަ މިނިވަން ދުވަހުގެ ހަރަކާކްތަކަށް ޖުމްހޫރީީ މައިދާން ތައްޔާކުރަން އެ ސަރަހައްދު ބަންދުކޮށްފި އެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން ގެޒެޓުކޮށްފައިވާ އިއުލާނެއްގައި ބުނީ، ޖުމްހޫރީ މައިދާން މަރާމާތުކޮށް ޒީނަތްތެރިކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް، އިއްޔެއިން ފެށިގެން މި މަހުގެ 25 ވަނަ ދުވަހާ ހަމައަށް އެ ސަރަހައްދު އާންމުންނަށް ބަންދުކުރެވިފައިވާ ކަމަށެވެ.

މިނިވަން ދުވަހުގެ ހަރަކާތްތަކަށް ޖުމްހޫރީ މައިދާން ސަރަހައްދު ބަންދުކުރިއިރު، މިނިވަން ދުވަހާ ގުޅުވާ ގިނަ ހަރަކާތްތަކެއް ހިންގަން ތައްޔާރުވަމުން އަންނަ ކަމަށް މައުލޫމާތު ލިބެ އެވެ. ނަމަވެސް އެ ދުވަހުގެ ހަރަކާތްތައް ރޭވިފައިވާ ގޮތެއް ސަރުކާރުން އަދި ރަސްމީކޮށް ނުބުނެ އެވެ.

ސަރުކާރުން ވަނީ މިނިވަން ދުވަހާ ގުޅިގެން ހާއްސަ ލޯގޯއެއް ވެސް ބޭނުންކުރަން ފަށާފަ އެވެ. ސަރުކާރުން ވަނީ އަންނަ އަހަރުގެ މިނިވަން ދުވަހާ ހަމައަށް ސަރުކާރުން ފޮނުވާ ލިޔުންތަކާއި ސިޓީތަކުގައި މި ލޯގޯ ބޭނުންކުރަން ނިންމާފަ އެވެ.

މިނިވަން ދުވަހާ ގުޅުވާ ރާވާފައިވާ އެންމެ ބޮޑު އެއް ހަރަކާތަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތެވެ. މި ރަސްމިއްޔާތަށް މިލިއަނަކަށް ވުރެ ގިނަ ޑޮލަރު ހަރަދުކުރާއިރު، ދުނިޔޭގެ ރެކޯޑު މުގުރާލާ ވަރުގެ ޑްރޯން ޝޯއެއް ބާއްވަން ތައްޔާރުވަމުންދާ ކަަމަށް ވެސް މައުލޫމާތު ލިބެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox