ގދ. ގަމުން ޑިންގީއެއްގައި ފުރި މީހަކު ގެއްލިގެން ހޯދަން ފަށައިފި

ގދ. ގަމުން ޑިންގީއެއްގައި ފުރި މީހަކު ގެއްލިގެން ހޯދަން ފަށައިފި

ގދ. ގަމުން ޑިންގީއެއްގައި ފުރި ދުވަސްވީ ދިވެހި ފިރިހެނަކު ގެއްލިގެން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް އިން ކުރަން މިއަދު ފަށައިފި އެވެ.

ފުލުހުން ބުނީ 75 އަހަރުގެ އެ މީހާ ގދ. ގައްދޫ އިން ގަމަށް ޑިންގީގައި ފުރީ މިއަދު ހެނދުނު ކަމަށެވެ. އޭނާގެ ހަބަރެއް ނުވެގެން ރިޕޯޓުކުރީ މިއަދު ހަވީރު 5:05 ގައި ކަމަށް އެ އިދާރާއިން ބުންޏެވެ.

ފުލުހުން މިހާތަނަށް ބެލި ބެލުމުން އެ މީހާ 11:15 ހާއިރު ގަމުން ފުރާފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށާއި އޭނާ އެންމެ ފަހުން ފެނުނުއިރު ލައިގެން ހުރީ ނޫ ކުލައިގެ އަތް ކުރު ގަމީހަކާއި ކަޅު ކުލައިގެ ސޯޓެއް ކަމަށެވެ.

Advertisement

އެ މީހާ ހޯދުމަށް އެމްއެންޑީއެފް ސައުތު ރީޖަން ކޯސްޓްގާޑުން ބޭރު ކަނޑުގެ ސަރަހައްދުގެ ދަނީ ބަލަމުންނެވެ. އަދި ފުލުހުން އޭނާ ހޯދުމަށް ގަމާއި ގަން ކައިރި ފަޅު ރަށްތައް ދަނީ ބަލަމުންނެވެ.

މިއަދު މެންދުރުން ފެށިގެން ދެކުނަށް މޫސުން ގޯސްވުމުގެ ސަބަބުން އދ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާ ކުރެވެ އެވެެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން އޮތީ ހުދު ސަމާލު ނެރެފަ އެވެ.

މެޓް އޮފީހުން ބުނީ މުޅި ރާއްޖެއަށް ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި މޫސުން ގޯސްވާނެ ކަމަށެވެ. މިގޮތުން ވިލާގަނޑުގައި ވައި ބާރުވެ ބޯކޮށް އެކި ސަރަހައްދުތަކަށް ވާރޭ ވެހޭނެ ކަމަށް އެ އޮފީހުން ވަނީ ލަފާކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސަރުކާރަށް 30 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ

މިދިޔަ މަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީގެ ގޮތުގައި 30.8 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 536 މިލިއަން ރުފިޔާގެ އިތުރުވުމެއް. ނަމަވެސް ޓޫރިޒަމް ދާއިރާއަށް އައި މަޑުޖެހުމާ ގުޅިގެން ޓީޖީއެސްޓީ އާއި ގްރީން ޓެކްސް ފަދަ މުހިންމު ދާއިރާތަކުން ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރަށް ވުރެ ދަށްވެފަ.

ވިލިމާލެއާ ދިމާ ބޭރުން ލޯންޗަކާއި ދޯންޏެއް ޖެހިއްޖެ

ވިލިމާލެ ކައިރިން ލޯންޗަކާއި ދޯންޏެއް ޖެހުނު ހާދިސާގައި ލޯންޗުގެ ކެޕްޓަނަށާއި ފަޅުވެރިއަކަށް ކުދި އަނިޔާތަކެއް ލިބުނު. ނަމަވެސް ސީރިއަސް އަނިޔާތަކެއް ނުލިބޭ.

އަލައްބާރު މާދަމާ މިނިސްޓަރުންނާއި މެންބަރުންނާ ބައްދަލުކުރަނީ

ރަސްމާލޭގައި ބޮޑު ސިޓީއެއް ތަރައްގީކުރާ ޔޫއޭއީގެ އީގަލް ހިލްސް ކުންފުނީގެ ވެރިޔާ މުހައްމަދު އަލައްބާރު ރާއްޖެ ވަޑައިގެން، މި ޕްރޮޖެކްޓާ ގުޅޭ މައުލޫމާތު ދިނުމަށް މިނިސްޓަރުންނާއި މަޖިލިސް މެންބަރުންނާ ފޭދޫފިނޮޅުގައި ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫއާ މެދު އާންމުންގެ ކަންބޮޑުވުންތަކެއް ހުރި ނަމަވެސް، ސަރުކާރުން ގަބޫލުކުރަނީ މިއީ ރާއްޖޭގެ އިގުތިސޯދީ ކުރިއެރުމަށް ކޮންމެހެން މުހިންމު މަޝްރޫއެއް ކަމަށެވެ.

ރަސްމީ ދަތުރެއްގައި ރައީސް މުއިއްޒު ޕާކިސްތާނަށް ވަޑައިގަންނަވަނީ

ރައީސް ޕާކިސްތާނަށް ވަޑައިގަންނަވާއިރު، ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ 16 މެންބަރަކު ވަނީ މިދިޔަ މަހު ޕާކިސްތާނަށް ވަޑައިގެންފަ އެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ހިމެނިވަޑައިގަންނަވަ އެވެ.

ތައިލެންޑުން ހައްޔަރުކުރީ ރާއްޖޭގެ ޑްރަގް ބޮޑެއް

ތައިލެންޑުން 12 ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ދެ ދިވެހިންގެ ތެރޭގައި، މީގެކުރިން ރާއްޖެއަށް 72 ކިލޯގެ ޑްރަގް އެތެރެކުރި މައްސަލައިގައި ހިމެނޭ މުހައްމަދު ވިސާމް ހިމެނޭ. ވިސާމްގެ މައްޗަށް ކުރިން ކުރި ދައުވާތައް ސާބިތުނުވެ އޭނާ މިނިވަންވި، މިފަހަރު އޭނާ ހައްޔަރުކުރީ ބެންކޮކުން ކެނަބިސް އާއި މެތާއެކު.

ރަކީދޫ ކައުންސިލުގެ ވަގުތީ އެސްޖީ ދެ މުސާރަ ނެގި މައްސަލައެއް!

ރަކީދޫ ކައުންސިލުގެ ވަގުތީ އެސްޖީ، އޭނާގެ އަސްލު މުސާރައިގެ އިތުރުން "މިސްކިތު ވޭޖު" ގެ ނަމުގައި ތިން ލައްކައަށް ވުރެ ގިނަ ރުފިޔާ ނަގާފަ. މީގެ އިތުރުން ކައުންސިލުން އެހެން ފަރާތްތަކަށް ދޭންޖެހޭ ފައިސާ އޭނާގެ އަމިއްލަ އެކައުންޓަށް ވެސް ޖަމާކުރި. އޮޑިޓު އޮފީހުން ވަނީ އޭނާގެ މައްސަލަ އޭސީސީއަށް ހުށަހަޅާށާއި ފައިސާ އަނބުރާ ހޯދަން އަންގާފަ.

12 ކިލޯގެ ޑްރަގާއެކު ބެންކޮކުން ދެ ދިވެހިން ހައްޔަރުކޮށްފި

12 ކިލޯގެ މަސްތުވާތަކެއްޗާއެކު ތައިލެންޑުގެ ބެންކޮކުން ދިވެހި ދެ ފިރިހެނުން ވަނީ ހައްޔަރުކޮށްފައި. މި މީހުން ހައްޔަރުކުރީ ކާގޯ ކުރަން އުޅުނު ފޮށިގަނޑުތަކެއްގެ ތެރޭގައި ފްލާސްކާއި ކުޑަކުދިންގެ އަންނައުނުތަކެއްގައި މަސްތުވާތަކެތި ފޮރުވާފައި ހުއްޓާ ފެނުމާ ގުޅިގެން.

Newsletter

Get the latest news delivered straight to your inbox