ގައްދޫގައި ޕްރީސްކޫލެއް ފަށަން ހުއްދައަށް އެދުނުތާ ފަސް މަސް، ކައުންސިލުން ބުނަނީ އެކަން ވެސް ސިޔާސީކޮށްލާފައިވާ ކަމަށް

ގދ. ގައްދޫ -- ފޮޓޯ: ވިޒިޓް ގައްދޫ

ގދ. ގައްދޫ -- ފޮޓޯ: ވިޒިޓް ގައްދޫ

ގދ. ގައްދޫގައި ޕްރީ ސްކޫލްގެ ހިދުމަތް ފެށުމަށް ހުއްދައަށް އެދިފައިވާތާ ފަސް މަސްދުވަސް ފާއިތުވެފައިވާ ކަމަށާއި ސަރުކާރުން އެ ހުއްދަ ނުދެނީ ސިޔާސީ ސަބަބުތަކަށްޓަކައި ކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއުއަށް ގައްދޫ ކައުންސިލުގެ ރައީސް މުހައްމަދު އަހުމަދު ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ކައުންސިލުން ޕްރީ ސްކޫލް ރަޖިސްޓްރީ ކުރުމަށް މި އަހަރު ޖުލައި މަހުން ފެށިގެން ކުރަމުންދާ މަސައްކަތަށް އެ މިނިސްޓްރީން އެއްބާރުލުން ނުދޭ ކަމަށެވެ.

"ސިޔާސީ ގޮތުން މަނިކުފާނާ އަދި ސަރުކާރާއި ގައްދޫ ކައުންސިލުގެ ޕޮލިޓިކަލް އެފިލިއޭޝަން ދިމާނުވުމަކީ ގައްދޫ ރައްޔިތުންގެ ހައްގަށް އަރައިގަނެވިގެންވާނެ ކަމެއް ނޫން،" އެ ސިޓީގައި ބުނެފައިވެ އެވެ.

Advertisement

ޕްރީސްކޫލް ރަޖިސްޓްރީ ނުކޮށްދީ ދިގު ދައްމަމަމުން ދާނަމަ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގަނޫނުގެ ދަށުން އެކަމަށް ބޭނުންވާ ހުއްދަ ލިބުނީ ކަމަށް ބަލައި ގައްދޫ ކައުންސިލުގެ ޕްރީ ސްކޫލުގެ ހިދުމަތް ފަށާނެ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.

"ޕްރީ ސްކޫލް ރަޖިސްޓްރީ ނުކޮށް މިކަމަށް ބޭނުންވާ ހުއްދަ ނުދީ ދިގުދައްމަވަމުް ތިޔަގެންދަވަނީ ގައްދޫގެ ދަރިންގެ ޅަފަތުގެ ތައުލީމަށް ގަސްދުގައި އަދި ފަޅުގައި ހުރަސް އަޅުއްވަމުން،" ސިޓީގައިވެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަބުރަށް އަރައިގަނެފައިވާ ކަމަށް ބުނެ ގައްދޫ ކައުންސިލުގެ ރައީސްއަށް ފިޔަވަޅު އަޅަން ލޯކަލް ގަވަމަންޓް އޮތޯރިޓީން ވަނީ އަންގައިފަ އެވެ. އެގޮތަށް ތުހުމަތު ކުރަނީ ކައުންސިލުގެ ވަޓްސްއަޕް ގްރޫޕެއްގައި ދެއްކި ވާހަކަތަަކެއްގެ ސަބަބުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސަރުކާރަށް 30 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ

މިދިޔަ މަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީގެ ގޮތުގައި 30.8 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 536 މިލިއަން ރުފިޔާގެ އިތުރުވުމެއް. ނަމަވެސް ޓޫރިޒަމް ދާއިރާއަށް އައި މަޑުޖެހުމާ ގުޅިގެން ޓީޖީއެސްޓީ އާއި ގްރީން ޓެކްސް ފަދަ މުހިންމު ދާއިރާތަކުން ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރަށް ވުރެ ދަށްވެފަ.

ވިލިމާލެއާ ދިމާ ބޭރުން ލޯންޗަކާއި ދޯންޏެއް ޖެހިއްޖެ

ވިލިމާލެ ކައިރިން ލޯންޗަކާއި ދޯންޏެއް ޖެހުނު ހާދިސާގައި ލޯންޗުގެ ކެޕްޓަނަށާއި ފަޅުވެރިއަކަށް ކުދި އަނިޔާތަކެއް ލިބުނު. ނަމަވެސް ސީރިއަސް އަނިޔާތަކެއް ނުލިބޭ.

އަލައްބާރު މާދަމާ މިނިސްޓަރުންނާއި މެންބަރުންނާ ބައްދަލުކުރަނީ

ރަސްމާލޭގައި ބޮޑު ސިޓީއެއް ތަރައްގީކުރާ ޔޫއޭއީގެ އީގަލް ހިލްސް ކުންފުނީގެ ވެރިޔާ މުހައްމަދު އަލައްބާރު ރާއްޖެ ވަޑައިގެން، މި ޕްރޮޖެކްޓާ ގުޅޭ މައުލޫމާތު ދިނުމަށް މިނިސްޓަރުންނާއި މަޖިލިސް މެންބަރުންނާ ފޭދޫފިނޮޅުގައި ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫއާ މެދު އާންމުންގެ ކަންބޮޑުވުންތަކެއް ހުރި ނަމަވެސް، ސަރުކާރުން ގަބޫލުކުރަނީ މިއީ ރާއްޖޭގެ އިގުތިސޯދީ ކުރިއެރުމަށް ކޮންމެހެން މުހިންމު މަޝްރޫއެއް ކަމަށެވެ.

ރަސްމީ ދަތުރެއްގައި ރައީސް މުއިއްޒު ޕާކިސްތާނަށް ވަޑައިގަންނަވަނީ

ރައީސް ޕާކިސްތާނަށް ވަޑައިގަންނަވާއިރު، ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ 16 މެންބަރަކު ވަނީ މިދިޔަ މަހު ޕާކިސްތާނަށް ވަޑައިގެންފަ އެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ހިމެނިވަޑައިގަންނަވަ އެވެ.

ތައިލެންޑުން ހައްޔަރުކުރީ ރާއްޖޭގެ ޑްރަގް ބޮޑެއް

ތައިލެންޑުން 12 ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ދެ ދިވެހިންގެ ތެރޭގައި، މީގެކުރިން ރާއްޖެއަށް 72 ކިލޯގެ ޑްރަގް އެތެރެކުރި މައްސަލައިގައި ހިމެނޭ މުހައްމަދު ވިސާމް ހިމެނޭ. ވިސާމްގެ މައްޗަށް ކުރިން ކުރި ދައުވާތައް ސާބިތުނުވެ އޭނާ މިނިވަންވި، މިފަހަރު އޭނާ ހައްޔަރުކުރީ ބެންކޮކުން ކެނަބިސް އާއި މެތާއެކު.

ރަކީދޫ ކައުންސިލުގެ ވަގުތީ އެސްޖީ ދެ މުސާރަ ނެގި މައްސަލައެއް!

ރަކީދޫ ކައުންސިލުގެ ވަގުތީ އެސްޖީ، އޭނާގެ އަސްލު މުސާރައިގެ އިތުރުން "މިސްކިތު ވޭޖު" ގެ ނަމުގައި ތިން ލައްކައަށް ވުރެ ގިނަ ރުފިޔާ ނަގާފަ. މީގެ އިތުރުން ކައުންސިލުން އެހެން ފަރާތްތަކަށް ދޭންޖެހޭ ފައިސާ އޭނާގެ އަމިއްލަ އެކައުންޓަށް ވެސް ޖަމާކުރި. އޮޑިޓު އޮފީހުން ވަނީ އޭނާގެ މައްސަލަ އޭސީސީއަށް ހުށަހަޅާށާއި ފައިސާ އަނބުރާ ހޯދަން އަންގާފަ.

12 ކިލޯގެ ޑްރަގާއެކު ބެންކޮކުން ދެ ދިވެހިން ހައްޔަރުކޮށްފި

12 ކިލޯގެ މަސްތުވާތަކެއްޗާއެކު ތައިލެންޑުގެ ބެންކޮކުން ދިވެހި ދެ ފިރިހެނުން ވަނީ ހައްޔަރުކޮށްފައި. މި މީހުން ހައްޔަރުކުރީ ކާގޯ ކުރަން އުޅުނު ފޮށިގަނޑުތަކެއްގެ ތެރޭގައި ފްލާސްކާއި ކުޑަކުދިންގެ އަންނައުނުތަކެއްގައި މަސްތުވާތަކެތި ފޮރުވާފައި ހުއްޓާ ފެނުމާ ގުޅިގެން.

Newsletter

Get the latest news delivered straight to your inbox