ވިލިނގިއްޔަށް ހޮނު އެޅި ހާދިސާގައި އުރީދޫ އެންޓަނާއަށް ގެއްލުމެއް ނުލިބޭ

ގއ. ވިލިނގިލި: އެ ރަށަށް އިއްޔެ ހޮނު އަޅައި ގެއަކަށް ގެއްލުންވި -- ފޮޓޯ: ނާންގްރަފީ

ގއ. ވިލިނގިލި: އެ ރަށަށް އިއްޔެ ހޮނު އަޅައި ގެއަކަށް ގެއްލުންވި -- ފޮޓޯ: ނާންގްރަފީ

ގއ. ވިލިނގިލީގައި ހުންނަ އުރީދޫގެ އެންޓަނާއަށް ހޮނު ނާޅާ ކަމަށާއި އެންޓެނާގެ އެއްވެސް އިކިއުޕްމަންޓަކަށް ވެސް ގެއްލުން ލިބިފައި ނުވާކަން އެނގިއްޖެ އެވެ.

ވިލިނގިލީގެ އުރީދޫ އެންޓެނާއަށް ހޮނު އެޅި ކަމަށް ބުނެ ފެތުރެމުންދާ ވާހަކަތަކާ ގުޅިގެން އަދަދު އިން އެ ކުންފުންޏާ ސުވާލު ކުރުމުން ބުނީ ހޮނު އެޅުމުގެ ސަބަބުން އެ ރަށުން އުރީދޫގެ ހިދުމަތްތަކަށް ބުރޫ އެރި ނަމަވެސް، އުރީދޫ އެންޓެނާއަށް ހޮނު އެޅި ކަމުގެ އެއްވެސް ނިޝާނެއް ފެންނަން ނެތް ކަމަށެވެ.

"އެންޓެނާ ހުރި ސައިޓަށް ވަދެ ބެލިއިރުގައި ނެތް އެއްވެސް މައި އިކިއުޕްމަންޓަކަށް އަނެއްހެން ގެއްލުންވެފައި. އެއްޗެއްގައި ރޯވެފަކާއެއް. އަނދަފާކާއެއް. އެއްވެސްކަހަލަ ވަހެއް އެއްޗެއް ވެސް ނެތް. ބެޓްރި ހުރީ ގިނައިރުވީމަ ހުލިވެފައި. ސައިޓަށް ކަރަންޓު ދޭން މަގުމަތިން ކޭބަލް އައިސްފައި އިންނަ ބޮކްސް އިނީ ހަލާކުވެފައި،" އޭނާ ބުންޏެވެ.

އުރީދޫއިން އިތުރަށް ބުނީ އެ ކުންފުނިން ގެންގުޅޭ ޓެކްނޮލޮޖީ އާއި އިކިއުޕްމަންޓްތަކަކީ ބައިނަލްއަގުވާމީ ސްޓޭންޑަޑަށް ކަމަށްވާއިރު، އެންޓެނާތަކުގައި ހޮނު ނާޅާ އިކިއުޕްމަންޓްތައް ހަރުކޮށްފައި ހުންނާނެ ކަމަށެވެ.

އުރީދޫއިން އެންޓެނާތަކުގައި ބޭނުންކުރަނީ އެވޯޑިސް ލައިޓްނިން ޕްރިވެންޝަން ސިސްޓަމެވެ. އެ ސިސްޓަމް އެންޓެނާގެ މަތިން ފެށިގެން ތިރިއަށް ހުންނަނީ ހަރުކޮށްފަ އެވެ.

"އަޅުގަނޑުމެން ބޭނުންކުރާ އިކިއުޕްމަންޓާއި ޓެކްނޮލޮޖީ އާއި އަޅުގަނޑުމެން ބޭނުންކުރާ ސްޓޭންޑަޑްތަކާއި. އަޅުގަނޑުމެން މި ބޭނުންކުރަނީ އިންޓަނޭޝަނަލް ސްޓޭންޑަޑްތައް. އާންމުކޮށް ދަނޑިތަކަށް ހޮނު ދަގަނޑު ޖަހާފައި ހުންނަނީ. އަޅުގަނޑުމެން މެއިން ސައިޓްތަކުގައި ބޭނުން ކުރާ ޓެކްނޮލޮޖީއަކީ ހޮނު ނާޅާ ޓެކްނޮލޮޖީއެއް. އެއީ އިކިއުޕްމަންޓެއް. އެއްޗެއް ހަރުކޮށްފައި މަތީގައި އިންނާނީ،" އެ ކުންފުނިން ބުންޏެވެ.

ވިލިނގިލިއްޔަށް އިއްޔެ ހޮނުއެޅުމުގެ ސަބަބުން އުރީދޫ އެންޓެނާ ހުންނަ ސައިޓު ކައިރީގައި ހުންނަ ގެއެއްގެ ހުރިހާ ސާމާނެއްހެން ހަލާކުވި އެވެ. އެ ގޭގެ މީހުން ތުހުމަތުކުރި ގޮތުގައި ހޮނުއެޅީ އުރީދޫ އެންޓެނާގެ ސަބަބުންނެވެ.

މިގޮތުން އެ ގޭގެ މީހުން ވަނީ އުރީދޫ އެންޓެނާ ހުރި ސައިޓަށް އެ ކުންފުނީގެ ޓެކްނީޝަނުން ވައްދަން ހުރަސް އަޅައިފަ އެވެ. ނަމަވެސް ފުލުހުންގެ އެހީތެރިކަމާއެކު އެ ސައިޓަށް ޓެކްނީޝަނުން ވަދެ ބެލިއިރު އެތަނަށް ގެއްލުމެއް ލިބިފައި ނުވުމުން، އެންޓެނާއަށް ހޮނު ނާޅާކަން ކަށަވަރުވި ކަމަށް އުރީދޫއިން ބުންޏެވެ.

"އަޅުގަނޑުމެންގެ އިކިއުޕްމަންޓްގައި ޕަވާ ހުރިކަން އަޅުގަނޑުމެންނަށް އެނގޭ. ބެޓްރި ރަންކުރާކަން އެނގޭ. އެކަމަކު ސައިޓްގެ ސާވިސް އިނީ ކެނޑިފައި. ބައެއް އިކިއުޕްމަންޓްތައް މަސައްކަތް ކުރަނީ. ލަފާކުރި ގޮތަށް ބްރޭކަރުތައް ވެއްޓުނީ ލައިޓިން ސާޖްއާ ގުޅިގެން،" އުރީދޫއިން ބުންޏެވެ.

"އަޅުގަނޑުމެން ބެލި ބެލުމުން މި އެނގެނީ އަޅުގަނޑުމެންގެ ޓަވަރަކަށް ހޮނު ނާޅާކަން. ހޮނު އެޅިނަމަ އަޅުގަނޑުމެންގެ އިކިއުޕްމަންޓް ރޫމްތެރޭގައި ހުރި އެއްޗެހިތައް ހަލާކުވެ ރޯވެފައި ހުންނާނީ. އެއާކޯންތަކާއި އެއްޗެހި ވެސް ހުންނާނެ. އެކަމަކު ހަލާކެއް ނުވޭ."

ކޮމެންޓް

ފަހުގެ ޚަބަރު

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

ލޯނު ނުދެއްކުމުން މާލޭގެ ދެ ގެއެއް ސީބީއެމްއިން ވިއްކާލަނީ

ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް) އަށް ދައްކަންޖެހޭ ފައިސާ ނުދައްކައިގެން މާލޭގެ ދެ އިމާރާތެއް ނީލަމުގައި ވިއްކާލަން އެ ބޭންކުން ވަނީ އިޢުލާނުކޮށްފަ. މި ބިޑްތައް ފެށޭ އަގަކީ ހަތަރު މިލިއަން ރުފިޔާ ކަމަށްވާއިރު، މި މަހުގެ 14 ވަނަ ދުވަހުގެ ކުރިން ދަރަނި ހަލާސްނުކޮށްފިނަމަ މި މުދާ ވިއްކާލުމުގެ މަސައްކަތް ކުރިއަށް ދާނެ.

ޓީޖީއެސްޓީ މައްސަލައިގައި ޓޫރިޒަމް އިންޑަސްަޓްރީއާ ބައްދަލުކޮށްފި

ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި ބުކިން ޕްލެޓްފޯމްތަކުން ޓީޖީއެސްޓީ ނެގުމަށް ގާނޫނަށް ގެނައި ބަދަލުތަކާ ގުޅޭގޮތުން ސަރުކާރުގެ ވަޒީރުންނާއި ޓޫރިޒަމް ދާއިރާގެ އިސްވެރިން މަޝްވަރާކޮށްފި. މި ބައްދަލުވުމުގައި ދާއިރާގެ ގޮންޖެހުންތަކަށް ހައްލު ހޯދުމަށާއި މުހިންމު ލަނޑުދަނޑިތަކަކަށް އެއްބަސްވެވުނު ނަމަވެސް، ގާނޫނަށް ގެންނަ ބަދަލުތަކުގެ ތަފްސީލު ހިއްސާނުކުރޭ.

Newsletter

Get the latest news delivered straight to your inbox