ދޮޅު އަހަރު ވީއިރުވެސް ޕީއެންސީއަށް 70،000 ހަމަނުވި، މެންބަރުންވީ ކުރިއަށްވުރެ މަދު!

ރިޔާސީ ކެމްޕޭނު ނިންމާލުމުގެ ގޮތުން ޕީއެންސީން މާލޭގައި ބޭއްވި ހިނގާލުން -- ފޮޓޯ: މިރާން ނާޝިމް / އަދަދު

ރިޔާސީ ކެމްޕޭނު ނިންމާލުމުގެ ގޮތުން ޕީއެންސީން މާލޭގައި ބޭއްވި ހިނގާލުން -- ފޮޓޯ: މިރާން ނާޝިމް / އަދަދު

ވެރިކަން ކުރާ ޕީއެންސީއަށް މެންބަރުން އިތުރު ކުރުމުގެ މަސައްކަތް ފެށިތާ ދޮޅު އަހަރުވެގެންދިޔައިރު ވެސް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު އަމާޒު ކަނޑައެޅި އަދަދަށް އެ ޕާޓީއަށް މެންބަރުން ވެއްދިފައި ނުވާކަމަށް އިލެކްޝަންސްގެ ހިސާބުތަކުން ދައްކައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން އިއްޔެ އާންމުކުރި މައުލޫމާތުން އެނގޭ ގޮތުގައި ޕީއެންސީގެ މެންބަރުންގެ އަދަދު ވަނީ ކުރިއަށްވުރެ މަދުވެފަ އެވެ. އިއްޔެގެ ނިޔަލަށް ޕީއެންސީ މެންބަރުންގެ ގޮތުގައި ތިބީ 68،665 މެންބަރުންނެވެ. މީގެ ހަ މަސްދުވަސް ކުރިން އިލެކްޝަނުން އާންމުކުރި ދަފުތަރުގައި 303 މެންބަރުން އިތުރެވެ.

ޕީޕީއެމްގެ ތާއީދާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިއިރު، ޕީއެންސީގެ މެންބަރުންގެ އަދަދަކީ 3،159 އެކެވެ. ޕީއެންސީގެ ވަކި އޮފީހެއް ހަދައި މެންބަރުން އިތުރު ކުރުމުގެ މަސައްކަތް ފެށީ ނޮވެމްބަރު 21، 2023 ގަ އެވެ.

އެ މަސައްކަތް ފެށިތާ ހަފުތާއެއްގެ ތެރޭގައި ޕީއެންސީއަށް 10،000 މެންބަރުން އިތުރު ކުރި އެވެ. ޕީއެންސީ މެންބަރުންގެ އަދަދު 20،000 ފަހަނައަޅައި ދިޔައީ މިދިޔަ އަހަރު އޭޕްރިލް 21، ގައި އޮތް މަޖިލިސް އިންތިހާބު ކެމްޕެއިނު ދުވަސްވަރެވެ.

އެއަށްފަހު މިދިޔަ ސެޕްޓެމްބަރު 11، ގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޕީއެންސީގެ ޕީޖީ ލީޑަރު، އިބްރާހިމް ފަލާހު ވިދާޅުވީ އަމާޒު ހިފާފައި ހުރީ މިދިޔަ އަހަރުގެ ނޮވެމްބަރުގެ ނިޔަލަށް ޕީއެންސީއަށް 70،000 މެންބަރުން ހަމަ ކުރުމަށް ކަމަށެވެ.

"އަޅުގަނޑުމެންނަށް ގާތްގަނޑަކަށް މިހާރު ޕީއެންސީގެ މެންބަޝިޕް، ސައްހަ މެންބަރުންގެ އަދަދަކީ 28،000، މި މަސައްކަތް ފެށިއިރު. އެހެންވީމާ ނޮވެމްބަަރު މަހުގެ ނިޔަލަށް އަޅުގަނޑުމެންނަށް ހަމަ 100 ޕަސެންޓު ޔަގީން 70،000 ހަމަ ކުރެވޭނެ. އެހެންވެއްޖެއްޔާ އެއީ ގާތްގަނޑަކަށް 45،000 ނޫނީ 49،000 މެންބަރުން މި އިތުރު ކުރެވެނީ." ސެޕްޓެމްބަރު 11. 2024 ގައި ފަލާހު ވިދާޅުވި އެވެ.

ޕީއެންސީއަށް 70،000 މެންބަރުން ހަމަ ކުރުމުގެ ގޮތުން ސަރުކާރުގެ ކޮންމެ މިނިސްޓަރަކު 500 ފޯމު ހަމަ ކުރަން އެންގި އެވެ. އެ އެންގުމާ އެއްގޮތަށް ސަރުކާރުގެ ހުރިހާ ވުޒާރާތަކަކުން މެންބަރު ފޯމުތައް ފުރައި ހަވާލު ވެސް ކުރި އެވެ.

ޕީއެންސީގެ ފޯމުތައް ފުރުމުގައި ސަރުކާރުގެ ވަސީލަތްތައް ބޭނުން ކުރުމުން ގިނަ ބަޔަކު އެކަމަށް ފާޑުކިޔެވެ. އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވީ ދިވެހިރައްޔިތުންގެ ހުރިހާ ރަސްމީ މައުލޫމާތެއް ބަލަހައްޓާ ޑިޕާޓުމެންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަންގެ އޮފީހުގައި ޕީއެންސީ ފޯމު ފުރަމުންދިޔަ ފޮޓޯތަކެއް އާންމުވުމާ ގުޅިގެންނެވެ.

އޭގެފަހުން އެކި މީސްމީހުންގެ ނަމުގައި ޕީއެންސީން ވަގު ފޯމުތަކެއް ފުރި މައްސަލަ ވެސް ހޫނުވެ، އިލެކްޝަނުން އެ މައްސަލަ ބަލަން ވެސް ފެށި އެވެ.

އިއްޔެ އާންމުކުރި ހިސާބުތަކުން ދައްކާގޮތުގައި ރާއްޖޭގައި ދެވަނައަށް އެންމެ ގިނަ މެންބަރުން އަދިވެސް ތިބީ އެމްޑީޕީގަ އެވެ. އެ ޕާޓީގައި 43،765 މެންބަރުން އެބަތިއްބެވެ. ތިންވަނައަށް އެންމެ ގިނަ މެންބަރުން ތިބީ ޖުމްހޫރީ ޕާޓީގަ އެވެ. އެ ޕާޓީގައި 13،456 މީހުން އެބަތިއްބެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox