އަންނަ ހުކުރު ދުވަހު ފަށާ ކްލަބް ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގެ މެޗުތައް ވެސް މީޑިއާނެޓުގެ އައިސް ނެޓްވޯކުން ބެލޭނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
މީޑިއާނެޓްގެ ސްޕޯޓްސް އެޑްއޮން ނުވަތަ ވެރައިޓީ ހިޓްސްފަދަ ޕެކޭޖްތަކަށް ސަބްސްކްރައިބް ކޮށްގެން ޓީވީން ފަސޭހަކަމާ އެކު ކުއާޓާގެ މެޗު ބަލައިލެވޭނެ އެވެ.
މުބާރާތުގެ ކުއާޓާއިން ޖާގަ ހޯދީ ފްލުމިނެންސް، ޕަލްމެއިރާސް، އަލް ހިލާލް، ޗެލްސީ، ޕީއެސްޖީ، ބަޔާން މިއުނިކް، ރެއާލް މެޑްރިޑް އަދި ބްރޫޝިއާ ޑޯޓްމަންޑެވެ.
ކުއާޓާގެ މެޗުތައް:
- ފްލުމިނެންސް - އަލް ހިލާލް: ހުކުރު ދުވަހުގެ ރޭ ދަންވަރު 12:00 ޖަހާއިރު.
- ޕަލްމެއިރާސް - ޗެލްސީ: ހޮނިހިރު ދުވަހު ހެނދުނު 06:00 ޖަހާއިރު.
- ޕީއެސްޖީ - ބަޔާން: ހޮނިހިރު ދުވަހުގެ ރޭ 09:00 ޖަހާއިރު.
- ރެއާލް - ޑޯޓްމަންޑް: ހޮނިހިރު ދުވަހުގެ ރޭ ދަންވަރު 01:00 ޖަހާއިރު
ކްލަބް ވޯލްޑް ކަޕްގެ ގަދަ 16 އާ ހިސާބުން މުބާރާތުން އަލްވަދާއުކި މެންޗެސްޓާ ސިޓީ، ޔުވެންޓަސް، އިންޓަމިލާން، އިންޓަ މިއާމީ އަދި ބެންފީކާ ވެސް ކުއާޓާ ފައިނަލުން ނުފެންނާނެ އެވެ.
މުބާރާތުގެ ކުއާޓާގެ މެޗުތައް ހޮނިހިރު ދުވަހު ނިމި، ސެމީގެ މެޗުތައް ކުޅޭނީ ޖުލައި 9، ގަ އެވެ. އަދި މުބާރާތުގެ ފައިނަލް ކުޅުމަށް ހަމަޖެހިފައި ވަނީ ޖުލައި 13، ގަ އެވެ.
ކްލަބް ވޯލްޑް ކަޕްގެ ކުރިއަށް ހުރި ހުރިހާ މެޗެއް އެންމެ 80ރ. އަށް އެމްޓީވީ ކޮމްބޯ ޕެކޭޖް ނަގައިގެން ވަގުތުން ފޯނުން ބަލައިލެވޭނެ އެވެ. އަދި މުޅިން އަލަށް އެމްޓީވީއަށް ރަޖިސްޓްރީ ކުރާ ކަސްޓަމަރުންނަށް 30 ދުވަހު ހިލޭ އެޕް ބޭނުން ކުރަން ލިބޭ ފުރުސަތުގައި މުބާރާތް ހިލޭ ބަލައިލެވޭނެ އެވެ.
މިއީ ކްލަބް ވޯލްޑްކަޕްގައި ބައިވެރިވާ ޓީމުތައް 32 އަށް އިތުރުކޮށް ބާއްވާ ފުރަތަމަ މުބާރާތް ކަމަށްވާއިރު، މުބާރާތުގައި ވާދަކުރާނީ އެކި ސަރަހައްދުތަކުގެ ޗެމްޕިއަން ކްލަބްތަކެވެ.
ކްލަބް ވޯލް ޑްކަޕްގެ މެޗުތައް މީޑިއާނެޓުން ވަގުތުން ފެންނާނީ އައިސް އަލްޓްރާ އެޗްޑީ ޗެނަލުންނެވެ. މީޑިއާނެޓުން ދޫކުރާ ޕެކޭޖުތަކާއި ބެހޭ މައުލޫމާތު ހޯދުމަށް 3320800 ނަންބަރު ފޯނަށް ގުޅުމަށް އެ ކުންފުނިން ވަނީ އެދިފަ އެވެ.











