އެސްއީޒެޑްގެ ދަށުން އިއުލާނު ކުރި ސޯލާ ސިޓީ މަޝްރޫއު ކެނެޑާ ކުންފުންޏަކާ ހަވާލުކޮށްފި

Jul 1, 2025, 4:52 AM
ސޯލާ ސިޓީ ގާއިމް ކުރާ ސަރަހައްދު: ސަރުކާރުން ލަފާ ކުރާ ގޮތުގައި އަހަރަކު 45 މިލިއަން ޑޮލަރު ސަލާމަތްވާނެ -- ފޮޓޯ: އަދަދު ފައިލް

ސޯލާ ސިޓީ ގާއިމް ކުރާ ސަރަހައްދު: ސަރުކާރުން ލަފާ ކުރާ ގޮތުގައި އަހަރަކު 45 މިލިއަން ޑޮލަރު ސަލާމަތްވާނެ -- ފޮޓޯ: އަދަދު ފައިލް

އެސްއީޒެޑްގެ ދަށުން ސަރުކާރުން އިއުލާނު ކުރި ސޯލާ ސިޓީ މަޝްރޫއު ހިންގަން ކެނެޑާގެ ކުންފުންޏަކާ މިއަދު ހަވާލުކޮށްފި އެވެ.

ސިންގަޕޫރުގައި ސަރުކާރުން ކުރިއަށްގެންދާ ބިޒްނަސް ފޯރަމުގައި އެ މަޝްރޫއު ހަވާލު ކުރީ އެބްރަކްސަސް ޕަވާއާ އެވެ. އެ ޕްރޮޖެކްޓު ހިންގުމުގެ އެއްބަސްވުމުގައި ވެސް މިއަދު ވަނީ ސޮއިކޮށްފަ އެވެ.

އެ މަޝްރޫއުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ ޓުއަރިޒަމް މިނިސްޓަރު ތޯރިގު އިބްރާހިމް އެވެ. އެބްރަކްސަސްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ ސޯލްޓާ އީޑީ އެވެ.

އެ ޕްރޮޖެކްޓުގެ ދަށުން ސޯލާ ސިޓީ ބިނާ ކުރާނީ ކުނޑަބަނޑޮސް އިރުމަތީ އޮންނަ ފަޅުގަ އެވެ. މިއަދު އެގްރިމެންޓުގައި ސޮއި ކުރި ނަމަވެސް މިދިޔަ އޭޕްރީލް މަހު އެ ކުންފުންޏާ ޕްރޮޖެކްޓު ވަނީ ހަވާލުކޮށްފަ އެވެ.

އެބްރަކްސަސް ޕަވާއަކީ އިއާދަކުރަނިވި ހަކަތަ އުފެއްދުމުގެ ޕްރޮޖެކްޓުތަކަށް ހާއްސަ ކުންފުންޏެކެވެ. މިއަދު ސޮއި ކުރި އެގްރިމެންޓުގެ ދަށުން އެ ކުންފުނިން ގާއިމް ކުރާނީ 100 މެގަވޮޓްގެ ހަކަތަ އުފެއްދޭނެ ސޯލާ އެވެ.

އެ ޕްރޮޖެކްޓުގެ ދަށުން އުފައްދާ ހަކަތަ ސްޓެލްކޯގެ ނެޝަނަލް ގްރިޑާ ގުޅައިލެވޭނެ އެވެ. އެއިރުން ރާއްޖެއިން މިހާރު ތެލަށް ކުރާ ހަރަދު ވަރަށް ބޮޑުތަނުން ކުޑަވާނެ ކަމަށް ބެލެވެ އެވެ. ސަރުކާރުން ލަފާ ކުރާ ގޮތުގައި، ޕްރޮޖެކްޓު ނިމުމުން، ތެލަށް މިހާރު ކުރާ ހަރަދުގެ ތެރެއިން 45 މިލިއަން ޑޮލަރު އަހަރަކު ސަލާމަތް ކުރެވޭނެ އެވެ.

އެބްރަކްސަސް އިން ބުނާ ގޮތުގައި އެ ޕްރޮޖެކްޓުގެ މާސްޓާ ޕްލޭން މިހާރު ވަނީ ނިމިފަ އެވެ. އަދި ސްޓެލްކޯގެ ނެޝަނަލް ގްރިޑާ ގުޅާލުމަށް ބޭނުންވާ ރޭވުންތައް ވެސް މިހާރު ވަނީ ނިމިފަ އެވެ. މިވަގުތު ކުރިއަށްދަނީ އީއައިއޭ ހެދުމުގެ މަސައްކަތް ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox