ޖަޕާނުގެ އުރާވާ އަތުން އިންޓަ އަށް ހަނި މޮޅެއް

Jun 22, 2025, 3:58 AM
ޖަޕާނުގެ އުރާވާ އަތުން އިންޓަ އަށް ހަނި މޮޅެއް

ވޮޝިންޓަން، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 22) - ފީފާ ކްލަބް ވޯލްޑް ކަޕްގައި ރޭ ޖަޕާނުގެ އުރާވާ ރެޑް ޑައިމަންޑްސް އަތުން އިޓަލީގެ އިންޓަ މިލާނުން 2-1 އިން ހަނި މޮޅެއް ހޯދައިފި އެވެ.

އިންޓަ އިން ފުރަތަމަ މެޗުގައި ވަނީ، މެކްސިކޯގެ ގަދަބާރު، މޮންޓެރޭއާ 1-1 އިން އެއްވަރުވެފަ އެވެ. އެހެންކަމުން، ރޭގެ މެޗުން މޮޅުވެ، މުބާރާތުގެ ގަދަ 16 ބުރުން ޖާގަ އެއް ހޯދުމުގެ ފުރުސަތު ބޮޑުކުރަން އެ ޓީމުން އޮތީ އަމާޒުހިފައިފަ އެވެ.

އެހެން ނަމަވެސް، ސިއޭޓްލްގެ ލުމެން ފީލްޑްގައި، 25،000 އަށް ވުރެ ގިނަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މެޗުގައި، ފުރަތަމަ އިންޓަ ކޮޅަށް ގޯލު ޖަހައި، އުރާވާއިން ވަނީ ލީޑުނަގައިފަ އެވެ. އޭޝިއާގެ ޗެމްޕިއަންކަން ހޯދާފައިވާ އުރާވާ އަށް މެޗުގެ، 11 ވަނަ މިނިޓްގައި މި ގޯލު ޖަހައިދިނީ، ރަޔޯމާ ވަޓަނާބޭ އެވެ. މި ލަނޑާ އެކު، މެޗުގެ ބޮޑުބައިގައި، އުރާވާ އިން ލީޑުގައިވެސް އޮތެވެ.

ނަތީޖާ ހަމަހަމަކުރަން އިންޓަ އިން ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ 78 ވަނަ މިނިޓްގަ އެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ، ނިކޯލޯ ބަރޭލާ ދިން ބޯޅައަކުން ލަޓާރޯ މާޓީނޭޒް އެވެ. އޭނާ މި ގޯލު ޖެހީ އޯވަހެޑްކިކަކުންނެވެ.

އިންޓަ މޮޅުކޮށްދިން ގޯލު ޖެހީ މެޗުގެ އިތުރު ވަގުތުގެ ދެ ވަނަ މިނިޓްގައި، ވަލެންޓީން ކާބޯނީ އެވެ. މި ލަނޑާ އެކު، އިންޓަ އިން މި މެޗު ކާމިޔާބުކުރިއިރު، މިއީ އެ ޓީމުގެ ކޯޗުކަމާ ހަވާލުވި، ރުމޭނިއާގެ ކުރީގެ ކެޕްޓަން، ކްރިސްޓިއަން ކީވޫގެ އިރުޝާދުގެ ދަށުން އެ ޓީމު މޮޅުވި ފުރަތަމަ މެޗެވެ.

މި ގްރޫޕްގެ އަނެއް މެޗުގައި، މޮންޓަރޭ ވަނީ ލަނޑެއް ނުޖެހި، 0-0 އިން އާޖެންޓީނާގެ ރިވަ ޕްލޭޓާ އެއްވަރުވެފަ އެވެ.

ގްރޫޕް އެފްގައި ރޭ، ދެކުނު އެފްރިކާގެ މަމެލޯޑީ ސަންޑައުންސް އަތުން ބޮރޫޝިއާ ޑޯޓްމަންޑް 4-3 އިން މޮޅުވިއިރު، ދެކުނު ކޮރެއާގެ އުލްސާން އެޗްޑީ އަތުން، ބްރެޒިލްގެ ފްލުމިނެންސޭ ވަނީ 4-2 އިން މޮޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox