އިޒްރޭލް - އިރާންގެ ހަނގުރާމައިގެ މެދުގައި ރާއްޖޭގެ ޓެނިސް ޓީމު ތާށިވެފައި

އިޒްރޭލް - އިރާންގެ ހަނގުރާމައިގެ މެދުގައި ރާއްޖޭގެ ޓެނިސް ޓީމު ތާށިވެފައި

އިޒްރޭލާއި އިރާންގެ ދެމެދުގައި މިހާރު ކުރަމުން އަންނަ ހަނގުރާމައިގެ ތެރޭގައި، އެ ދެ ގައުމާ އިންވެގެން އޮތް ޖޯޑަންގައި ރާއްޖޭގެ ޓެނިސް ޓީމު 11 މެމްބަރުންނާ އެކު ތާށިވެއްޖެ އެވެ.

ޖޯޑަންގައި، މި މަހުގެ 16 އިން 21 އަށް ކުރިއަށްގެންދިއުމަށް ރާވާފައި އޮތް ބިލީ ޖީން ކިންގް ކަޕް (ދި ވޯލްޑް ކަޕް އޮފް ޓެނިސް)ގައި ވާދަކުރަން، ރާއްޖޭގެ ޓެނިސް ޓީމުގެ 11 މެމްބަރުން، ޖޯޑަން އަށް ދިޔައީ މި މަހުގެ 12 ވަނަ ދުވަހު އެވެ. ޓީމުގެ މެމްބަރުންގެ ގޮތުގައި ތިބީ، ހަތަރު ކުޅުންތެރިންނާއި ދެ އޮފިޝަލުންގެ އިތުރުން ބެލެނިވެރިންނެވެ.

ޓެނިސް ޓީމު، ޖޯޑަން އަށް ދިޔައީ އިޒްރޭލުން އިރާނަށް ހަމަލާ ދިނުމާ އެކު، ދެ ގައުމުގެ މެދުގައި ހަމަލާ ފެށި ވަގުތުގެ ތެރޭގަ އެވެ. ހަނގުރާމައިގެ ކަންކަން ވަރުގަދަވެ، ޖޯޑަންގެ ބޯޑަރު އެއްކޮށް ބަންދުކުރި އެވެ. ބަންދުކުރުމާ އެކު، ދިވެހި ޓީމުން، ސައުދީ އަރަބިއްޔާގެ އެމްބަސީއާ އެކު ވެސް މުއާމަލާތްތަކެއް ކުރެވިގެން، މަސައްކަތް ކުރީ އެއްގަމު މަގުން، ޓެކްސީއެއްގައި، ސައުދީ އަރަބިއްޔާ އަށް ދިއުމަށެވެ.

"ފުރަތަމަ ހީކުރީ ހަމައެކަނި އެއާސްޕޭސް ބައްދަލުކުރީމަ ޗާންސަކަށް ވެދާނެތޯ ސައުދީ ކޮޅަކަށް ދާން، ނޫނީ އެންމެ ސޭފަސްޓް ކޮޅަކީ، ބައި ލޭންޑް، ކާރު ވެސް ނެގިން ހަމަ ރެންޓް ކޮށްފައި އެ މުއްދަތަށް، ވާހަކަ ދެކެވި، ސައުދީ އެމްބަސީއާ ވެސް ވާހަކަ ދެކެވުނު، އެ ކޮޅުން ވެސް މައުލޫމާތު ދިން، އެ މީހުންނަށް ބެލެވޭ ގޮތުގައި، ބޯޑަރު ވެސް ހުރީ ބަންދުކޮށްފައޭ. އެހެންވީމަ، ފުރުސަތެއް ނެތޭ އެ ގޮތަށް ދެވެން، އެ ހިސާބުން ވަރަށް ބޮޑަށް މާޔޫސްވާ ހިސާބަށް ދިޔަ،" ޓެނިސް ޓީމުގެ ކުޅުންތެރިއެއްގެ ބެެލެނިވެރިއެއްގެ ގޮތުގައި ޖޯޑަންގައި މި ވަގުތު ހުރި، ޑރ. އުސާމާ އަލީ އުމަރު، "އަދަދު ސްޕޯޓްސް" އަށް ވިދާޅުވި އެވެ.

އޭގެ ފަހުން، ޓެނިސް ޓީމުން މަސައްކަތް ކުރީ، ރާއްޖެ އައުމަށް، އެއްވެސް ފުރުސަތެއް އެއާލައިނެއް މެދުވެރިކޮށް އޮތްތޯ އެވެ. ރާއްޖޭގެ ޓީމު ޖޯޑަން އަށް ދިއުމަށް ބޭނުންކުރި، ފްލައި ދުބާއީގެ ފްލައިޓްތައް ޖޯޑަން އިން އެއްކޮށް ކަހަލަ ގޮތަކަށް ކެންސަލްވަމުންދިޔައިރު، އުންމީދެއް ލިބުނީ، ރޯޔަލް ޖޯޑަން އެއާލައިނުން ދުބާއީ އަށް ދަތުރުތަކެއް ކުރަމުންދާ ކަމުގެ މައުލޫމާތު ލިބިގެންދިއުމާއެކުގަ އެވެ.

"ދެން، ދެ ދުވަސްތެރޭ މިފެނުނީ ރޯޔަލް ޖޯޑަނިއަން ފްލައިޓްތައް ފްލައި އައުޓްކުރާތަން، ދެން، ދިޔައީ ރޯޔަލް ޖޯޑަންގެ ހެޑް އޮފީހަށް ފްލައިޓެއް ބެލީ ދުބާއީ އަށް ދާން، އެންމެ ފުރަތަމަ ކަމަކަށް ރިޒަވޭޝަނެއް ހެދީ، ވަރަށް ކުޑަ ނޯޓިސެއް ތެރޭގައި ވަރަށް އަގުބޮޑުކޮށް މި ޓިކެޓް ނަގަން ޖެހެނީ، ދެން، އަޅުގަނޑުމެން އަތުގައި ފައިސާ ވެސް ހުރީމައާ އެކު، ޓިކެޓް ވެސް ނަގަން ބޭނުންވާތީވެ، އިތުރު އެހީ އަކަށް މި ކޮންޓެކްޓް ކުރީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް (ތަމޫހު އަހުމަދު ސައީދު)އާ،" ޑރ. އުސާމާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ތަމޫހުގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދިޔަ ކަމަށާއި، ރާއްޖޭގައި މި ކަހަލަ ކަންކަމުގައި ހުންނަ ސިސްޓަމެޓިކް ލަސްވުންތަކުގެ ތެރެއިން ވެސް ވަރަށް ގިނަ ކަންކަމުގައި ތަމޫހުގެ އެއްބާރުލުން ލިބިގެންދިއުމަކީ އެންމެ ބޮޑު ފަސޭހަ ކަަމަށެވެ.

"އޭނަ (ތަމޫހު) ހަމަ ވަރަށް ހަމަ އަޅުގަނޑުމެންނަށް އެހީތެރިވި، ދެން، އެޝުއަރިޓީ ދީފައި އޮތީ، އަޅުގަނޑުމެން ލާރި ދެއްކިޔަސް ވަގުތުން، ޓްރާންސްފާވާނެ ގޮތެއް ވެސް ހަމަޖައްސައިދޭނަމޭ، ރާއްޖޭގެ ސިސްޓަމްތަކާ ކަންކަން އޮންނަ ގޮތުން، ކަންކަން ލަސްވާނެ ކަން ވެސް އެނގޭ، އެކަމަކު ތަމޫހުގެ އެހީތެރިކަން ދެން، ޔަގީންކަން ދެމުން އައި އެ ހިސާބުން އާ އުންމީދުތަކެއް ލިބިގެންދިޔައީ، ދެން، މަސައްކަތްތައް ކުރެވިގެން ވަގުތުން، ހުރިހާ އެންމެންގެ ޓިކެޓް ނަގައިފިން،" އުސާމާ ވިދާޅުވި އެވެ.

ޓެނިސް ޓީމުގެ 11 މީހުންގެ ޓިކެޓް މިހާރު އޮތް ގޮތުން، އޮތީ އަންނަ ހުކުރު ދުވަހަށް ރޯޔަލް ޖޯޑަން އެއާލައިނުން ނަގައިފަ އެވެ. ޓެނިސް ޓީމުގައި ހުރީ އިރާނުގެ ކޯޗެއް ކަމަށްވުމުން، ދުބާއީ އަށް ދިއުމުގެ ވިސާ އޭނާ އަށް ހަމަޖެހިފައިނުވާތީވެ، އޭނާ ދާނީ ތުރުކީ އަށެވެ. އެކަމަކު، ދެން ތިބި ހުރިހާ މެމްބަރުން، ޖޯޑަން އިން އެ ދުވަހު ދުބާއީ އަށް ދިއުމަށް ވަނީ ޓިކެޓް ހަމަޖައްސައިފަ އެވެ.

"އެގާރަ މީހުންގެ ޓިކެޓް މި ނެގީ، 21 ވަނަ ދުވަހު އިރާދަކުރެއްވިއްޔާ، ފްލައި ދުބާއީގެ ފްލައިޓަކުން އަޅުގަނޑުމެންނަށް މާލެ ދެވޭނެ ކަމަށް މި ބަލަނީ،" ޑރ. އުސާމާ ވިދާޅުވި އެވެ.

ސައިރަންގެ އަޑުތައް އިވުމާއި ރިސްކު އޮންނާތީ ނުތަނަވަސްކަން ވެސް ބޮޑު

ޖޯޑަން އަށް ޓެނިސް ޓީމު ދަތުރުކުރިއިރު، އިޒްރޭލާއި އިރާންގެ މި ހަނގުރާމައިގެ ނުރައްކާތެރި މާ ގިނަ ކަންކަމެއް ނެތުމުން އޭރު ޓެނިސް ޓީމަށް އޭގެ މައުލޫމާތެއް ވެސް ލިބިފައިނެތެވެ. އެކަމަކު، މަޑުމަޑުން ހަނގުރާމައިގެ ހަބަރުތައް ފެންނަން ފަށައި، ހާލަތު ގޯސްވެ، އެ ސަރަހައްދުގައި ވައިގެ މަގުން ދަތުރުކުރާ ހުރިހާ އެއާލައިނެއް ކަހަލަ ގޮތަށް ބަންދުވާ ހިސާބަށް ދިއުމުން ކަންކަން ގޯސްވަމުން އަންނަ މިންވަރު ފެންނަން ފެށި އެވެ.

"ހުރިހާ އެއާލައިނެއް ބަންދުވާ ހިސާބަށް ދިޔައީމަ، މިތާ މުބާރާތް ވެސް ކެންސަލްކޮށްފި މި މީހުން، ކެންސަލްކުރި ގޮތަށް، ދެން، އަޅުގަނޑުމެން މި ތަނުން ދާން ބޭނުންވީ،" އުސާމާ ވިދާޅުވި އެވެ.

ޖޯޑަންގައި ސަލާމަތީ ކަންކަން ރޭވިފައި އޮތް ގޮތަށް ބަލާއިރު، އެ ގައުމުގެ މީހުން ވެސް ދިޔައީ މި ހަނގުރާމައިގެ ކަންކަމަށް މަޑުމަޑުން އަހުލުވެރިވަމުންނެވެ.

"ދެން، މަޑުމަޑުން މި އެނގެން ފެށީމަ، ފުރަތަމަ ތިން ސައިރަން އައީމަ އޭގެ މާނަ އަކީ ފްލައިން އޮބްޖެކްޓެއް ހުރެދާނެއޭ، މޭބީ (ފަަހަރެއްގައި) މިސައިލް އޯ ޑްރޯން އެއް ކަހަލަ އެއްޗެއް ވެސް، އެ އެންމެ ބިރުވެރި ކަމަކީ، އޭތި ޝޫޓްޑައުން ކުރާތީ، އަބަދުވެސް މި އުޅެން ޖެހެނީ، ނުކުންނަން ވެސް ވަރަށް ބަލާފައި، އެއީ ބުނެފައެއް ނޫން މި ސައިރަން އަންނާނީކީ، އެޓޭކް ވެސް އަންނާނީކީ، ދެން އެ ބިރެއްގެ ތެރޭގައި މި ތިބީ،" ޑރ. އުސާމާ ވިދާޅުވި އެވެ.

ރާއްޖޭގެ ޓީމާ އެކު، ހުރި އެހެން ބެލެނިވެރިއަކު ބުނި ގޮތުގައި، މިއަދު ހެނދުނު، ޖޯޑަން އަށް އިންޓަސެޕްޓްކޮށްގެން ވެއްޓުނު އެއް މިސައިލް/ޑްރޯން، ވެއްޓިފައިވަނީ، ރާއްޖޭގެ ޓީމު ތިބިތަނާ، 5-10 ކިލޯމީޓަރު ރޭޑިއަސްއެއްގެ ތެރެއަށް ކަމަށެވެ.

"މަތިން މި ވެެއްޓޭ މިސައިލް ނޫނީ ޑްރޯން އިންޓަސެޕްޓްކޮށްގެން މި ވެއްޓެނީ ވެސް، ތިބިތަނާ 5-10 ކިލޯމީޓަރުގެ ރޭޑިއަސްގެ ތެރެއަށް، އެބަހުރި ވެއްޓިފައި ވެސް، އެއީ އެންމެ ބޮޑު އިޝޫ އަކީ މި ކޮޅުގައި، ދެން، ވައިގެ މަގުން ދަތުރުކުރަން ބަލާއިރު، މި ޑްރޯންތައް މި އަންނަނީ ދެ ފަޅިން ވެސް، އެއީ ހަމަ އެންމެ ބޮޑު ރިސްކަކީ، ކުދިން ވެސް ވަރަށް ބިރުން އެ ތިބެނީ، މާލެ ދާން ވެސް ބޭނުންވެފައި،" އޭނާ ބުންޏެވެ.

ދިވެހި ޓީމުން އެންމެ އަވަސް ހައްލެއްހޯދައި، ރާއްޖެ އާދެވޭނެ ކޮޅެއް ހޯދޭތޯ އަންނަނީ މަސައްކަތް ކުރަމުންނެވެ. އެ ގޮތުން ބަލާއިރު، ރޯޔަލް ޖޯޑަންގެ ބައެއް ފްލައިޓްތައް ވެސް ކެންސަލްވަމުން އަންނާތީވެ، ރާއްޖެ ޓީމު ދުބާއީ އަށް ދާން އޮތް ފްލައިޓަށް އެ ފަދަ ކަމެއް ދިމާވެދާނެ ކަމުގެ ބިރު ވެސް އެބައޮތެވެ.

"ދެވޭނެ ގޮތެއް މި ހޯދަނީ، ރޯޔަލް ޖޯޑަންގެ ފްލައިޓް ވެސް ކެންސަލް އެބަވޭ. ރޯޔަލް ޖޯޑަންގެ ދުބާއީ އަށް ދާ ފްލައިޓް ވެސް ކެންސަލްވާއިރު، މި ވަގުތު އޮތް ހަމައެކަނި އުންމީދު އޮތީ އެ ފްލައިޓާ ގުޅިފައި،" ޓީމުގެ ބެލެނިވެރިއަކު ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox