އދ. އަށް ފޮނުވި ސިޓީގައި ސަރުކާރުން ބުނީ ނުފޫޒު ފޯރުވި ކަމަށް ބުނެ ފަނޑިޔާރުން ހަދަނީ ދޮގު ކަމަށް

ސުޕްރީމް ކޯޓުން ސަސްޕެންޑުކުރި ތިން ފަނޑިޔާރުން: މީގެ ތެރެއިން ހުސްނުއް ސުއޫދު (ކ) އިސްތިއުފާ ދެއްވިއިރު މަހާޒު (މ) އާއި އަޒްމިރަލްދާ (ވ) ވަކިކުރީ މަޖިލީހުން -- އަދަދު ފައިލް ފޮޓޯ

ސުޕްރީމް ކޯޓުން ސަސްޕެންޑުކުރި ތިން ފަނޑިޔާރުން: މީގެ ތެރެއިން ހުސްނުއް ސުއޫދު (ކ) އިސްތިއުފާ ދެއްވިއިރު މަހާޒު (މ) އާއި އަޒްމިރަލްދާ (ވ) ވަކިކުރީ މަޖިލީހުން -- އަދަދު ފައިލް ފޮޓޯ

ޖުޑީޝަރީއަށް ނުފޫޒު ފޯރުވަން ސަރުކާރުން މަސައްކަތް ކުރި ކަމަށް ބުނެ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރުންތައް ހަދަނީ ދޮގު ކަމަށާއި ފަނޑިޔާރުން ވަކިކުރުމުގައި އަމަލުކުރީ ގާނޫނާ އެއްގޮތަށް ކަމަށް ސަރުކާރުން އދ. އަށް އަންގައިފި އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތައް ވަކިިކުރި މައްސަލައިގައި އިންސާނީ ހައްގުތަކާ ބެހޭ އދ. ހާއްސަ ރެޕަޓުއާ، މާގަރެޓް ސެޓާވައިޓުއަށް ފޮނުވި ސިޓީއެއްގައި، ސަރުކާރުން ވަނީ ފަނޑިޔާރުން ވަކިކުރުމުގައި އަމަލުކުރީ ގާނޫނުތަކާ އެއްގޮތަށް، ކަނޑައެޅިފައިވާ އިޖުރާއަތުތަކުގެ ތެރެއިން ކަމަށް ބުނެފަ އެވެ.

މި ސިޓީގައި، ފަނޑިޔާރުން ސަސްޕެންޑުރުމުން ފެށިގެން ވަކިކުރުމާ ހަމައަށް ކަން ހިނގައިދިޔަ ގޮތް ކަމަށް ސަރުކާރުން ބުނާ ގޮތް ލިޔެފައިވެ އެވެ. ސިޓީގައި އޮތް ގޮތުން، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތިން ފަނޑިޔާރުންގެ މައްސަލަތަކެއް ބަލާކަމަށް އެންގުމާއި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބަލަން ފެށުން ހިނގީ އެއް ދުވަހެއްގެ ތެރޭގަ އެވެ.

މި ތިން ފަނޑިޔާރުން ވެސް ސަސްޕެންޑުކުރީ، އެ ފަނޑިޔާރުންގެ މައްސަލަތަކެއް އޭސީސީން ބަލަމުންދާ ކަން އެ ކޮމިޝަނުން ޖޭއެސްސީއަށް އެނގުމާ ގުޅިގެންނެވެ. ނަމަވެސް މިކަމުގައި ފަނޑިޔާރުންގެ ފަރާތުން ހާއްސަ ރެޕަޓުއާއަށް ލިބިފައި ހުރީ ރަނގަޅު މައުލޫމާތެއް ނޫން ކަމަށް ސަރުކާރުން ބުނެފައި ވެ އެވެ.

ސުޕްރީމް ކޯޓުގައި ތިން ފަނޑިޔާރުން ސަސްޕެންޑުކުރީ، ފެބްރުއަރީ 26، ގެ ހެނދުނުގެ ވަގުތެއްގައި ކާކުކަން ނޭނގޭ މީހަކު ކުއްލި ގޮތަކަށް އޭސީސީއަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ. 'އިއްތިފާގަކުން' ހަމަ އެދުވަހު، އަލީ ހުސައިން ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުގައި ހިންގުމަށް ތާވަލުކުރެވިފައި އޮތެވެ. ފަނޑިޔާރުން ސަސްޕެންޑުކުރިކަން އެންގީ އެ އަޑުއެހުން ފެށުމަށް ވަކީލުންވެސް ޝަރީއަތުގެ މަޖިލީހަށް ވެއްދި ފަހުންނެވެ.

ސަރުކާރުން އދ. އަށް ފޮނުވި ސިޓީގައި ބުނީ އޭސީސީއަށް ޝަކުވާ ލިބުނީ ފަނޑިޔާރު ހުސްނުއްސުއޫދާ ގުޅިގެން ކަމަށެވެ. އަދި މަހާޒު އާއި އަޒްމިރަލްދާގެ މައްސަލައެއް ބަލަމުންދާ ކަމަށް އޭސީސީއަށް އެންގީ، ހަމަ އެ ދުވަހު، ފުލުހުން ކަމަށް ސިޓީގައި ބަޔާންކޮށްފައި ވެ އެވެ.

ސަރުކާރުގެ ސިޓީގައި، ފަނޑިޔާރުންގެ މައްސަލަތައް ބެލުމުގައި އޭސީސީން އަމަލުކުރަމުން އަންނަ ގޮތް ވަރަށް ބޮޑަށް ދިފާއުކޮށްފައި ވެ އެވެ. އަދި އޭސީސީން މައްސަލަ ބަލަން ފެށުމާއި، ބަލަން ފެށިކަން އެންގުމުގައި ކަންކުރި ގޮތާއި ތަހުގީގު ކުރިއަށް ގެންދިޔަ ގޮތް ވެސް ރަނގަޅު ކަމަށް ލިޔެފައި ވެ އެވެ.

އޭސީސީން ބަލަމުންދާ މައްސަލައިގައި ކުރެވޭ ތުހުމަތެއް ފަނޑިޔާރުންނަށް އަންގާފައި ނުވާ ކަމަށް ބުނާ ވާހަކަތަކާ ގުޅިގެން ވެސް ސަރުކާރުން ވަނީ އޭސީސީ ދިފާއުކޮށްފަ އެވެ. އަދި ބުނީ މައްސަލައިގެ ތަހުގީގު ހިންގާނެ ގޮތް އެނގޭނީ އޭސީސީއަށް ކަމަށާއި، މި މައްސަލައިގައި މިހާތަނަށް ގިނަ ބަޔަކާ ސުވާލުކޮށްފައިވާއިރު، ތުހުމަތުކުރެވޭ މީހުންނާ އާންމުކޮށް ސުވާލުކުރަނީ ތަހުގީގަށް ބޭނުންވާ މައުލޫމާތު އެއްކޮށް ނިންމުމަށް ފަހު ކަމަށެވެ.

ހާއްސަ ރެޕަޓުއާއަށް ފޮނުވި ސިޓީގައި ސަރުކާރުން ވަނީ ވަކިވަކި ފަނޑިޔާރުންނާ ގުޅިގެން ޖޭއެސްސީން ބެލި މައްސަލަތަކުގެ މައުލޫމާތު ވެސް ހިއްސާކޮށްފަ އެވެ.

ޖޭއެސްސީން ފުރަތަމަ ބަލަން ފެށި ސުލޫކީ މައްސަލައަކީ ހުސްނުއް ސުއޫދާ ދެކޮޅަށް އޮތް މައްސަލައެކެވެ. މި މައްސަލަ ޖޭއެސްސީގެ ސަމާލުކަމަށް އާންމުންގެ މީހަކު ގެނައުމުން ޖޭއެސްސީން ބަލަން ފެށިއިރު، މިއީ ދެ އަހަރަށް ވުރެ ގިނަ ދުވަސް ކުރިން ޖޭއެސްސީއަށް ހުށަހަޅާފައި އޮތް މައްސަލައެއް ކަމަށް ސަރުކާރުން ބުންޏެވެ.

މި މައްސަލަ ނޮވެމްބަރު، 2022 ގައި ހުށަހެޅުމުން ޖޭއެސްސީން ވަނީ މައްސަލަތައް ބެލުމާ މެދު ގޮތެއް ނިންމާ ކޮމިޓީއަށް އެ މައްސަލަ ބެލުމާ މެދު ގޮތެއް ނިންމަން ފޮނުވާފަ އެވެ. އަދި މައްސަލައާ ގުޅިގެން ކަމާ ގުޅުން ހުރި މީހުންގެ ބަޔާންތައް ނެގި އެވެ. ނަމަވެސް ތަހުގީގުކުރުމާ މެދު ގޮތެއް ނުނިންމަ އެވެ.

ސުއޫދާ ދެކޮޅަށް ހުށަހެޅި މައްސަލައާ މެދު ގޮތެއް ނުނިންމާ އޮއްވައި، އެ މައްސަލަ ފައިލްކުރަން އޭރު ޖޭއެސްސީގެ ރައީސަކަށް ހުންނެވި ހިސާން ހުސެއިން އެންގެވި ކަމަށް ސިޓީގައި ވެ އެވެ.

ނަމަވެސް މިއީ މިއީ ޖޭއެސްސީގެ ރައީސްއަށް އަމިއްލައަށް ނިންމޭނެ ކަމައް ނޫން ކަމަށާއި މިއީ މުޅި ކޮމިޝަނަށް އެކީގައި ނިންމޭނެ ކަމެއް ކަމަށް ޖޭއެސްސީގެ ލީގަލް ޑިޕާޓުމަންޓުން އެނގުމުން އެ މައްސަލަ އެ އޮތް ގޮތަށް އޮތީ ކަމަށް ސިޓީގައި ބުނެފައި ވެ އެވެ. މިހެން އޮއްވައި މި މައްސަލަ ވެސް ތަހުގީގުކުރަން ޖޭއެސްސީން ނިންމީ، އޭސީސީގެ ސިޓީ ލިބުނު ދުވަހު ކަމަށް ސަރުކާރުން ބުންޏެވެ.

ސުއޫދާ ދެކޮޅަށް ޖޭއެސްސީއަށް ގިނަ ޝަކުވާތަކެއް ލިބިފައިވާ ކަމަށް ވެސް ސިޓީގައި ބަޔާންކޮށްފައިވެ އެވެ. އެ ގޮތުން ސުއޫދު 2019 ގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަނުކުރި ފަހުން އޭނާއާ ދެކޮޅަށް 10 ޝަކުވާއެއް ލިބިފައިވާ ކަމަށް އދ. ގެ ސަމާލުކަމަށް ގެނެސްފައިވެ އެވެ. އޭގެ ތެރެއިން އެއް މައްސަލަ 2021 ގައި ފައިލްކުރިއިރު، 2024 ގައި ވަނީ ތިން މައްސަލަ ފައިލްކުރަން ނިންމާފަ އެވެ.

މީގެ ތެރެއިން އެއް ޝަކުވާއާ ގުޅިގެން ޖޭއެސްސީން ވަނީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ސުއޫދު ހިލާފުވެފައިވާ ކަމަށް ނިންމާފަ އެވެ. އެ ފަހަރު އޭނާއާ ދެކޮޅަށް އެޅި ފިޔަވަޅަކީ އުއްތަމަ ފަނޑިޔާރު މެދުވެރިކޮށް ނަސޭހަތްތެރިވުމެވެ.

ސަރުކާރުން ވަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ބަންޑާރަނައިބު އަހުމަދު އުޝާމް ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވި ކަމަށް ސުއޫދު ކުރެއްވި ތުހުމަތުތަކަށް ވެސް ސިޓީގައި ހަވާލާދީފަ އެވެ. މި ތުހުމަތުތަކުގައި އެއްވެސް އަސާސެއް ނެތް ކަމަށް ސިޓީގައި ބުނިއިރު، މިއިން ކަމަކަށް ބާރު ދޭނެ އެއްވެސް ހެއްކެއް ސުއޫދު ނުދައްކާ ކަމަށް ސިޓީގައި ލިޔެފައިވެ އެވެ.

"މި ތުހުމަތު ސާބިތުކުރުމަށް އެއްވެސް ހަގީގަތެއް، ރެކޯޑެއް، ނުވަތަ ހެއްކެއް ހުށަހަޅާފައެއް ނުވެ އެވެ. ސަރުކާރުން މި ތުހުމަތުތައް ބަލައިނުގަންނަ ކަމަށާއި، ޝަރުއީ ދާއިރާގެ މިނިވަންކަމަށް އޮންނަ އިހުތިރާމް ދެމެހެއްޓުމުގައި ސާބިތުވެ ތިބޭނެކަން އަލުން އަރުވަން،" ސިޓީގައި ލިޔެފައި ވެ އެވެ.

އަޒްމިރާލްދާ އާއި މަހާޒުގެ މައްޗަށް ޖޭއެސްސީން ހިންގި ތަހުގީގާ ގުޅޭ ގޮތުން ވެސް ސަރުކާރުން ބުނީ ޖޭއެސްސީން އެ މައްސަލަ ބެލީ އޮންނަ އިޖުރާއަތުތަކާ އެއް ގޮތަށް، ގާނޫނުނުގައި ބުނާ ހުރިހާ ފުރުސަތުތަކެއް ފަނޑިޔާރުންނަށް ދީގެން ކަމަށެވެ. ދެ ފަނޑިޔާރުންނަށް ވެސް ވަކީލެއްގެ ފުރުސަތު ލިބި، ކަންކަމުގައި ޖަވާބުދާރީވާށާއި ދިފާއުގައި ހެކި ހުށަހަޅަން ފުރުސަތު ދިން ކަމަށް ވެސް ސަރުކާރުން ބުނެފައި ވެ އެވެ.

ސަރުކާރުން ވަނީ މެންބަރުންގެ ގޮނޑި ގެއްލޭ މައްސަލަ އާއި ސުޕްރީމް ކޯޓުގެ ބެންޗު ކުޑަކުރުމުގައި އަމަލުކުރި ގޮތް ވެސް ސިޓީގައި ދިފާއުކޮށްފަ އެވެ.

ސުޕްރީމް ކޯޓުގެ ބެންޗު ކުޑަކުރުމާ ގުޅޭ ގޮތުން ސަރުކާރުން ބުނީ އެ ބިލު ފާސްކުރުމުގައި މަޖިލީހުން އާންމު އުސޫލުން ބޭރުން އެއްވެސް ކަމެއް ނުކުރާ ކަމަށެވެ. އެ ދުވަހު ބިލު ފާސްކުރުމާ މެދު ގޮތެއް ނިންމަން ނެގީ ރޯލް ކޯލް ވޯޓެކެވެ. އަދި މިހެން ވޯޓު ނަގަން ޖެހުނީ މަޖިލީހުގައި ތިބޭ އެމްޑީޕީގެ މެންބަރުން، މައިކު ސިސްޓަމްތަކުގެ ކޭބަލްތައް އުފުރާލުމުން އިލެކްޓްރޯނިކް ވޯޓިން ސިސްޓަމަށް މައްސަލަ ދިމާވެގެން ކަމަށް ބުންޏެވެ.

ރެޕަޓުއާއަށް ފޮނުވި ސިޓީގައި މި ބިލު އަނބުރާ ފޮނުވާލި ސަބަބުގެ ތަފުސީލެއް ނުދެ އެވެ. ހަމައެކަނި ލިޔެފައި އޮތީ، ބަންޑާރަނައިބުގެ ލަފާގެ މަތިން އަލުން ވިސްނަން މަޖިލީހަށް އަނބުރާ ފޮނުވާލި ކަމަށެވެ.

ޕާޓީތަކަށް މެންބަރުންގެ ގޮނޑި ގެއްލުވާލެވޭ ގޮތަށް ގާނޫނު އަސާސީ ބަދަލުކުރި މައްސަލައިގައި ސަރުކާރުން ގޯސްކުރީ ސުޕްރީމް ކޯޓުން އަމަލުކުރި ގޮތެވެ. އަދި މި މައްސަލަ ސުޕްރީމް ކޯޓުގެ ފުލް ބެންޗުން ބަލަން ނިންމުމާއި މައްސަލަ ބެލޭނެ ކަމަށް ނިންމި ސަބަބު ލިޔުމުން ނުދިން މައްސަލަ ސިޓީގައި ފާހަގަކުރި އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްސަލައިގައި ގޯހެއް ނަހަދާ ކަމަށް ސަރުކާރުން ބުނާއިރު، މީގެ ކުރިން އދ. އިން ވަނީ ފަނޑިޔާރުން ސަސްޕެންޑުކުރީ ޖުޑީޝަރީއަށް ނުފޫޒުފޯރުވުމުގެ ޝައްކުއުފެދޭ ގޮތަށް ކަމަށް ބުނެފަ އެވެ. އަދި ފަނޑިޔާރުންގެ މިނިވަންކަމަށް އަރައިނުގަތުމަށް ވެސް އދ. އިން ގޮވާލާފައި ވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox