ދަނޑަށް ނާދެވުނަސް ގޭގައި ތިބެ ޓީމަށް ސަޕޯޓްކުރާނެ: އައިހަމް

Jun 9, 2025, 4:01 PM
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އައިހަމް ވާހަކަ ދައްކަނީ.---- ފޮޓޯ: އެފްއޭއެމް

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އައިހަމް ވާހަކަ ދައްކަނީ.---- ފޮޓޯ: އެފްއޭއެމް

އޭޝިއަން ކަޕް ކޮލިފައިންގައި، މާދަމާ އޮސްޓްރޭލިއާގެ ޑާވިންގައި ޓިމޯ ލެސްޓޭއާ ދެކޮޅަށް ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުން ކުޅޭ މެޗުގައި، ދަނޑުގައި ނެތް ކަމުގައި ވިޔަސް، ރާއްޖޭގެ ސަޕޯޓަރުން ޓީމަށް ސަޕޯޓްކުރާނެ ކަމަށް ޓީމުގެ މިޑްފީލްޑަރު، އަހުމަދު އައިހަމް (ފަތޯ) ބުނެފި އެވެ.

ފީފާ/އޭއެފްސީ މިންގަނޑުތަކަށް ފެތޭ ދަނޑެއް ޓިމޯ ލެސްޓޭގައި ނެތުމުން، އޭޝިއަން ކަޕް ކޮލިފައިންގައި ޓިމޯ ލެސްޓޭގެ ހޯމް މެޗުތައް ކުޅޭނެ ދަނޑެއް ހޯދުމަށް އޮތީ އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނަށެވެ. އެ ގޮތުން، މާދަމާ ރާއްޖެއާ ދެކޮޅަށް ކުޅެން އޮތް މެޗު އެންމެ ފުރަތަމަ ޝެޑިއުލްކުރެވޭތޯ މަސައްކަތް ކުރީ ތައިލެންޑްގައި ކުޅުމަށެވެ. އެކަމަކު، އެ ނިންމުން ކޮޅެއްގައި ނުޖެހި، އެންމެ ފަހުން އޮސްޓްރޭލިއާގައި ކުޅޭ ގޮތަށް ޓިމޯ ލެސްޓޭ އިން ނިންމީ އެވެ.

ޓިމޯ ލެސްޓޭ އާއި ރާއްޖެއާ ކުޅޭ މެޗު އޮތީ، އޮސްޓްރޭލިއާގެ ޑާވިންގެ ޓެރިޓަރީ ރަގްބީ ލީގު ސްޓޭޑިއަމްގަ އެވެ. ޖުމްލަ އެކު، 10،000 މީހުންނަށް ވަދެވޭ މި ސްޓޭޑިއަމަކީ ރަގްބީ އަށް ބޭނުންކުރި ދަނޑެއް ނަމަވެސް، ފުޓްބޯޅަ މެޗުތައް ވެސް ކުޅޭ ސްޓޭޑިއަމެކެވެ. މި މެޗު ވެގެންދާނީ އޮސްޓްރޭލިއާގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗަށެވެ. މެޗު ފަށާނީ، ރާއްޖެ ގަޑިން މާދަމާ ހެނދުނު 11:30 ގަ އެވެ.

ސިންގަޕޫރުގެ ދެ ކުޅުންތެރިން ކައިރިން ބޯޅަހިފައިގެންދާން ރާއްޖޭގެ އައިހަމް މަސައްކަތް ކުރަނީ.

އެ މެޗުގެ ކުރިން މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވި، އައިހަމަށް އަމާޒުވި ސުވާލަކީ، ރާއްޖެއާ އެހާ ދުރުގައި އޮތް ގައުމެއްގައި މި ކުޅޭ މެޗުގައި، ޓީމަށް އޮތް ސަޕޯޓާ މެދުގަ އެވެ.

"ތި ބުނިގޮތަށް، މިއީ އަހަރެެމެންގެ ގައުމާ ވަރަށް ދުުރު، އެހެންވިމަ، ސަޕޯޓަރުން ދަނޑަށް އައިސް ޓީމަށް ސަޕޯޓް ކުރާނެ ކަމަށް ގަބޫލެއް ނުކުރެވޭ، އެކަމަކު، ގޭގައި ތިބެ އެންމެން ވެސް ގައުމީ ޓީމަށް ސަޕޯޓް ކުރާނެ. އުންމީދަކީ ވަރަށް ރަނގަޅު މެޗެއް ކުޅުން (ކާމިޔާބު ހޯދުން)،" ދާދި ފަހުން ނިމުނު އެފްއޭއެމް ލީގު ކަޕްގެ ޗެމްޕިއަންކަން ހޯދި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް މޮޅު ކުޅުމެއް ދައްކައި، އެ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އައިހަމް ބުންޏެވެ.

އިންޑިއާގެ ބެންގަލޫރުގައި 2023 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ސްކޮޑުގައި އައިހަމް ހިމެނުނު ނަމަވެސް، އޭނާ އަށް ގައުމީ ޓީމުގެ ފުރަތަމަ އެގާރައިން ފުރުސަތު ލިބެން ފެށީ މިދިޔަ އަހަރުގެ ބަންގްލަދޭޝާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުން ފެށިގެންނެވެ. އޭގެ ފަހުން، ގިނަ މެޗުތަކެއްގައި އައިހަމް އަންނަނީ ޓީމުގެ ފުރަތަމަ އެގާރައިގައި ކުޅެމުންނެވެ.

މިއީ، ސީނިއާ ފުޓްބޯޅައިގައި ރާއްޖެ އާއި ޓިމޯ ލެސްޓޭ ކުޅޭނެ ފުރަތަމަ މެޗެވެ. މީގެ ކުރިން، ޓިމޯ ލެސްޓޭއާ ދެކޮޅަށް ރާއްޖޭގެ 20 އަހަރުން ދަށުގެ ޓީމާއި 23 އަހަރުން ދަށުގެ ޓީމު ވަނީ ކުޅެފަ އެވެ.

އެ ގޮތުން، 2014 ވަނަ އަހަރު އޭޝިއަން ގޭމްސްގައި، ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމުން ވަނީ އޭޝިއަން ގޭމްސްގެ ފުޓްބޯޅަ އިވެންޓުގައި، 3-2 އިން ޓިމޯ ލެސްޓޭ ބަލިކޮށްފަ އެވެ. އަދި، މިދިޔަ އަހަރު 20 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގައި، ޓިމޯ ލެސްޓޭ އަތުން ރާއްޖެ ބަލިވީ 4-1 އިންނެވެ. ރާއްޖޭން ޓިމޯ ލެސްޓޭއާ ދެކޮޅަށް މީގެ ކުރިން ކުޅުނު ދެ މެޗުގައި، ވެސް ކުޅުނު ކުޅުންތެރިން މި ފަހަރުގެ ސްކޮޑުގައި ހިމެނެ އެވެ.

ޓިމޯ ލެސްޓޭ މެޗަށް ތައްޔާރުވާން ރާއްޖޭން ސިންގަޕޫރާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުން 3-1 އިން ބަލިވެފައިވެ އެވެ. މިދިޔަ ޑިސެމްބަރު މަހު، އާސިއާން ޗެމްޕިއަންޝިޕްގައި، ސިންގަޕޫރުން ވަނީ 3-0 އިން ޓިމޯ ލެސްޓޭ ބަލިކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox