ނަތީޖާ ނުނެރެވުނަސް ސިންގަޕޫރު މެޗުން ރާއްޖެ އަށް ހާސިލްވި ކަންކަން އެބަހުރި

Jun 6, 2025, 9:17 AM
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ސުޒޭން.--- ފޮޓޯ: އެފްއޭއެމް

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ސުޒޭން.--- ފޮޓޯ: އެފްއޭއެމް

ފީފާ ކަލަންޑަރު ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއްގައި ސިންގަޕޫރު އަތުން 3-1 އިން ރާއްޖެ ބަލިވި ކަމުގައި ވިޔަސް، އެ މެޗުގައި ރާއްޖޭގެ ގައުމީ ޓީމަށް ހާސިލްކުރެވުނު ކަންކަން އެބަހުރި ކަމަށް ޓީމުގެ ކޯޗު، އަލީ ސުޒޭން ބުނެފި އެވެ.

ސިންގަޕޫރުގެ ބިޝަން ސްޓޭޑިއަމްގައި އިއްޔެ ކުޅުނު މެޗުގައި، ސިންގަޕޫރުން ފުރަތަމަ ހާފު ނިންމާލީ ތިން ގޯލުން ކުރީގައި އޮވެ އެވެ. މި ހާފުގައި، ރާއްޖޭގެ އަލީ ފާސިރު (ސެންޓޭ) ޖެހި ބޯޅައެއް ވަނީ ދަނޑިއަށް އަމާޒުވެފަ އެވެ. ދެ ވަނަ ހާފުގައި، ރާއްޖޭން ކުޅުން ރަނގަޅުކޮށް، މެޗުގެ އިތުރު ވަގުުތުގައި ގޯލު ޖެހީ ޕެނަލްޓީ އަކުން އަހުމަދު ރިޒުވާން (ރިޒޭ) އެވެ.

Advertisement

މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސުޒޭން ބުނީ، މިއީ ސިންގަޕޫރުން ރަނގަޅަށް ކުޅުނު މެޗެއް ކަމަށާއި އެ ޓީމަށް މަރުހަބާ ކިޔާ ކަމަށެވެ.

"އެ ޓީމަށް، އަދި ކުރިއަށް އޮތް މެޗު (ބަންގްލަދޭޝާ ދެކޮޅަށް) ކާމިޔާބަށް ވެސް އެދެން. ވަރަށް ބޮޑަށް ޝުކުރު އަދާކުރަން މި މެޗަށް ސިންގަޕޫރުން ދައުވަތު ދިނީތީވެ، އެއީ، މި މެޗުން އަހަރެމެންނަށް ވަރަށް ބޮޑެތި ކަންކަން ހާސިލްވެއްޖެ ޓިމޯ ލެސްޓޭ މެޗުގެ ކުރިން. އަހަރެމެން ފުޓްބޯޅައަކާ ނުލައި ވަރަށް ގިނަ ދުވަސް ހޭދަކޮށްފިން، އެހެންވީމަ، ވަރަށް މުހިންމު މެޗެއް މިއީ މި ގޮތަށް އަހަރެމެންނަށް ކުޅެލެވުނު. ކުޅުންތެރިން ވެސް ވަރަށް ރަނގަޅަށް މަސައްކަތްކޮށްފި މި މެޗުތަކުގައި، ދެ ވަަނަ ހާފުގައި އަހަރެމެން ވަރަށް ރަނގަޅަށް ކުޅެފި ހާއްސަކޮށް،" ސުޒޭން ބުންޏެވެ.

ސުޒޭން ބުނީ، ރާއްޖެ އަށް ފުރަތަމަ ހާފުގައި ގޯލެއް ޖަހަން ލިބުނު ފުރުސަތުތަކުގެ ތެރެއިން ބޯޅައެއް ގޯލަށް ވައްދާލެވުނުނަމަ، މެޗުގެ ނަތީޖާ އަށް ބަދަލެއް ގެނެވުމުގެ ފުރުސަތު ރާއްޖެ އަށް އޮންނާނެ ކަމަށެވެ.

"ފުރަތަމަ ހާފުގައި ވެސް އަހަރެމެން ގޯލެއް ޖަހަން ޖެހޭ ހަގީގަތުގައި، އެއީ އަހަރެމެންނަށް ރަނގަޅު މަދު ފުރުސަތުތަކެއް ފުރަތަމަ ހާފުގައި ވެސް ލިބުނު، އެކަމަކު، އަހަރެެމެންނަށް ގޯލަކަށް ހަދައިނުލެވުނު،" ސުޒޭން ބުންޏެވެ.

"މިސާލަކަށް ފުރަތަމަ ހާފުގައި 3-1 ވި ނަމަ، ދެ ވަނަ ހާފުގައި މުޅިން ތަފާތު މެޗެއް ފެނުމުގެ ފުރުސަތު އޮންނާނެ. އަހަރެމެންނަށް ދެ ވަނަ ހާފުގައި ވެސް ވަރަށް ހުސް ފުރުސަަތުތަކެއް ނިންމައިނުލެވި ދިޔައީ، ނަސީބަކުން ޕެނަލްޓީއެއް ލިބި ރަނގަޅު ގޯލެއް ޖެހުނީ،"

ރާއްޖެއާ ދެކޮޅަށް ސިންގަޕޫރުން މި މެޗު ކުޅެފައިވަނީ، އޭޝިއަން ކަޕް ކޮލިފައިންގައި ފަސް ދުވަސް ފަހުން، ބަންގްލަދޭޝާ ދެކޮޅަށް ނުކުންނަން އޮތް މެޗަށް ތައްޔާރުވުމުގެ ގޮތުންނެވެ. އޭޝިއަން ކަޕް ކޮލިފައިންގައި ފަސް ދުވަސް ފަހުން، ރާއްޖޭން ޓިމޯ ލެސްޓޭއާ ކުޅޭނެ އެވެ. އެ މެޗު އޮތީ އޮސްޓްރޭލިއާގެ ޑާވިންގަ އެވެ.

ރޭގެ މެޗަށް ފަހު، ސިންގަޕޫރުގެ ކޯޗު، ޖަޕާނުގެ ސުޓޯމޫ އޮގޫރާ ބުނީ، މެޗު ފެށިގެން ގަޑިއިރެއްހާއިރު، ސިންގަޕޫރު ޓީމުން ރަނގަޅަށް މެޗުގެ ކޮންޓްރޯލް އޮވެގެން ކުޅުނު ކަމަށާއި އެހެން ނަމަވެސް، ދެ ވަނަ ހާފުގައި ވަކި ހިސާބަކުން ރާއްޖޭން ރަނގަޅަށް ކުޅުނު ކަމަށެވެ.

މިދިޔަ އަހަރު ކުރީކޮޅުގައި ސިންގަޕޫރާ ހަވާލުވި، އޮގޫރާ އަށް ރޭގެ މޮޅާ އެކު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭނެ އެވެ. މިއީ، ޑިސެމްބަރު މަހު، ޓިމޯ ލެސްޓޭ އާއި ކެމްބޯޑިއާ އަތުން މޮޅުވި ފަހުން، ދެން، ސިންގަޕޫރުން ކުޅުނު ހަތް މެޗުގެ ތެރެއިން މޮޅުވި ފުރަތަމަ ފަހަރެވެ. އެ މެޗުތަކުގެ ތެރެއިން، ސިންގަޕޫރު، މި އަހަރު ހަތަރު މެޗުން ބަލިވެފައިވާއިރު، މާޗް މަހު، އަމިއްލަ ދަނޑުގައި 1-0 އިން ނޭޕާލް އަތުން ބަލިވި މެޗު ވެސް ހިމެނެ އެވެ.

އެންމެ ފަހުން، 2022 ވަނަ އަހަރު ސިންގަޕޫރުން ރާއްޖޭގެ މައްޗަށް ކުރިހޯދީ ވެސް 3-1 އިންނެވެ. އޭގެ ކުރިން، 2018 ވަނަ އަހަރު، އެކުވެރިކަމުގެ މެޗެއްގައި، ސިންގަޕޫރުން ރާއްޖެ ބަލިކުރީ 3-2 އިންނެވެ.

ފީފާ އިން އެންމެ ފަހުން އާންމުކުރި ރޭންކިންގައި، ސިންގަޕޫރު އޮތީ ދުނިޔޭގެ 161 ވަނައިގަ އެވެ. ރާއްޖެ އޮތީ 164 ވަނައިގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިއްދޫ ކައިރިން އީގަލްސް އަށް ލިބުނީ ޕޮއިންޓެއް

ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫއާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އީގަލްސް އަށް ވަނީ ގެއްލިފައި. މި ނަތީޖާއާއެކު އީގަލްސް ތާވަލުގެ ދެވަނައިގައި އޮތީ އެއްވަނައިގައިވާ ވިކްޓަރީއާ އެއް އަދަދަކަށް ޕޮއިންޓް ލިބި، ލަނޑުގެ ތަފާތުން ފަހަތަށް ޖެހިގެން

ފީފާގެ ރައީސަކަށް ޔުއެފާގެ ކެންޑިޑޭޓަކީ ވެންގާ؟

ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އިން ނެރޭ ކެންޑިޑޭޓަކީ މަޝްހޫރު ކޯޗު އާސެން ވެންގާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި. އަންނަ އަހަރު ބާއްވާ އިންތިހާބަށް ވެންގާ ނެރުމާ ގުޅޭގޮތުން ޔުއެފާގެ އިސް އޮފިޝަލުން މަޝްވަރާ ކުރަމުންދާއިރު، އިންފަންޓީނޯ ވަނީ ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވާފައި

ފީފާ ކައުންސިލް ބައްދަލުވުމުގައި ނޭޕާލަށް ލުޔެއް ނެތް

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލަށް ކުރި ސަސްޕެންޝަން، އެންމެ ފަހުން ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުގައި ވެސް އުވާލާފައެއް ނުވޭ. މި ސަސްޕެންޝަނާ ގުޅިގެން، އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ނޭޕާލަށް ވަނީ ގެއްލިފައި

ރިސޯޓް ސުޕަ ލީގުގައި އޮޅުވެލި އަށް ބަރޮސް އަތުން ތަފާތު މޮޅެއް

ރިސޯޓް ސުޕަ ލީގުގައި ބަރޮސް އަތުން 7-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ސަން ސިޔާމް އޮޅުވެލިން ތަފާތު ބޮޑު ކާމިޔާބީއެއް ހޯދައިފި. މި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށްފަހު އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކުގެ މެދުގައި ސެމީ ފައިނަލާއި ފައިނަލް މެޗުތައް މި މަހުގެ ފަހުކޮޅު ކުޅުމަށް ވަނީ ތާވަލުކުރެވިފައި

ޔުނައިޓެޑްގެ ވެރިންނަށް ފާޑުކިޔުމުން މާޓިނޭޒް ހޫނު ފެނަށް

މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖްމަންޓަށް ފާޑުކިޔައި އިންޓަވިއު ދިނުމާ ގުޅިގެން، ލިސަންޑްރޯ މާޓިނޭޒްއަށް ފިޔަވަޅު އަޅަން ނިންމައި އޭނާ ކްލަބުން ދޫކޮށްލުމުގެ ވިސްނުން ގެންގުޅެން ފަށައިފި. މާޓިނޭޒް ފަހުން އެކަމަށް މައާފަށް އެދުނު ނަމަވެސް، ކްލަބްގެ ކޯޗުން ބަދަލުކުރުމާއި ސްކޮޑުގެ ފެންވަރާ މެދު އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން ހާލަތު ވަނީ ގޯސްވެފައި

މައާފަށް އެދުމުން ވެސް އިންފަންޓީނޯ އަށް ތާއީދެއް ނެތް!

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ހެދުނު ގޯސްތަކަށް މައާފަށް އެދިވަޑައިގެންނެވި ނަމަވެސް، އޭނާ ފީފާ ލީޑުކުރުމަށް ކައުންސިލްގެ ގިނަ މެމްބަރުންގެ ތާއީދެއް ނެތް. މީގެ މައިގަނޑު ސަބަބަކީ މަޝްވަރާނުކޮށް ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލަން އުޅުމާއި، ސިޔާސީ ނުފޫޒުން ކުޅުންތެރިއެއްގެ ސަސްޕެންޝަނަށް ލުއިދިނުން

ދިއްދޫ އާއި ގައްދޫ އަށް އެފްއޭއެމް ދާއިމީ މެމްބަރުކަން ދީފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ހއ. ދިއްދޫ އަދި ގދ. ގައްދޫ ފުޓްބޯޅަ ޓީމަށް އެފްއޭއެމްގެ ދާއިމީ މެމްބަރުކަން ދިނުމަށް އެ އެސޯސިއޭޝަނުގެ ކޮންގްރެސްއިން އިއްތިފާގުން ފާސްކޮށްފި. މިއީ ރާއްޖޭގެ ފުޓްބޯޅަ ލާމަރުކަޒީކޮށް އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު ފިޔަވަޅެއް ކަމަށް

Newsletter

Get the latest news delivered straight to your inbox