އީދުގެ ތިން ދުވަހު އެސްއޯއީތަކާއި ސިފައިން ގުޅިގެން މާލެ އާއި ހުޅުމާލޭގައި އީދު ހަވީރުތަކެއް ބާއްވަނީ

މީގެ ކުރިން އީދެއްގައި މާލޭގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރެއިން -- ފޮޓޯ: އަދަދު ފައިލް

މީގެ ކުރިން އީދެއްގައި މާލޭގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރެއިން -- ފޮޓޯ: އަދަދު ފައިލް

ބޮޑު އީދު ފާހަގަ ކުރުމުގެ ގޮތުން މާދަމާއިން ފެށިގެން އަންނަ އާދީއްތަ ދުވަހުގެ ރެއާ ހަމައަށް މާލެ އާއި ހުޅުމާލޭގައި އާއިލީ ހަވީރުތަކެއް ބާއްވަން ތައްޔާރުވެއްޖެ އެވެ.

އާއިލީ ހަވީރު މާލޭގައި އޮންނަނީ ޖުމްހޫރީ މައިދާނުގަ އާއި ސަލްޓަން ޕާކުގަ އެވެ. ހުޅުމާލޭގައި އޮންނަނީ ސެންޓްރަލް ޕާކުގަ އާއި ފޭސް ދޭއްގެ ހިޔާ ޕާކުގަ އެވެ. އާއިލީ ހަވީރު ކުރިއަށް ގެންދަން ނިންމާފައި ވަނީ ކޮންމެ ދުވަހެއްގެ ވެސް ހަވީރު 4:00 އިން އިރުއޮއްސި 6:00 އަށެވެ. ނަމަވެސް ބައެއް ސްޓޯލްތައް ރޭގަނޑު ވެސް ހުޅުވާފައި ހުންނާނެ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މާލެ އާއި ހުޅުމާލޭގައި އީދުގެ ތިން ދުވަހު އާއިލީ ހަވީރުތަކެއް ބާއްވަނީ އެމްއެންޑީއެފް އިސްވެ އޮވެ، ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ބައެއް ވުޒާތާތަކުގެ ބައިވެރިވުމާ ވެސް އެކު އެވެ.

އެމްއެންޑީއެފުން ބުނީ އެ އާއިލީ ހަވީރުތަކުގައި ރާއްޖޭގެ ސަގާފަތާއި އިހުގައި ދިވެހީން ކުޅެއުޅުނު ކުޅިވަރުތައް ދައްކައިލުން އޮންނާނެ ކަމަށެވެ. އަދި ޒަމާނީ ކެރެކްޓާތަކާއި އެމްއެންޑީއެފް ބޭންޑުގެ ހަރަކާތްތަކުގެ އިތުރުން އެ މުއައްސަސާއިން ބެނުންކުރާ ބައެއް ހަތިޔާރުތަކާއެކު ފޮޓޯ ނެގުން ފަދަ ކަންކަން ވެސް އާއިލީ ހަވީރުގެ ތެރެއިން ކުރިއަށް ދާނެ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އޭގެއިތުރުން ސަރުކާރު ކުންފުނިތަކާއި މިނިސްޓްރީތަކުން ތައްޔާރުކުރާ ސްޓޯލްތަކުގައި ތަފާތު ގޭމުތަކާއި ކުޅިވަރު ހަރަކާތްތައް ވެސް އޮންނާނެ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މީގެ ކުރިން މިދިޔަ ކުޑަ އީދުގައި ބޭއްވި އާއިލީ ހަވީރަށް ވެސް ގިނަ ބައެއްގެ ތަރުހީބު ލިބުނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox