ސިންގަޕޫރާ ދެކޮޅަށް ތާރީހީ ކަމެއް ހާސިލްކުރަން ސުޒޭނުގެ އަމާޒެއް

Jun 4, 2025, 5:50 PM
ގައުމީ ޓީމުގެ ކޯޗު އަލީ ސުޒޭން: ސިންގަޕޫރާއި ޓިމޯ ލެސްޓޭއާ ދެކޮޅަށް ކުޅޭ މެޗުތަކަށް މާލޭގައި ބޭއްވި ޕްރެކްޓިހެއްގެ ތެރެއިން.-- ފޮޓޯ: އަތޫފް އާތިފް/ އަދަދު ސްޕޯޓްސް

ގައުމީ ޓީމުގެ ކޯޗު އަލީ ސުޒޭން: ސިންގަޕޫރާއި ޓިމޯ ލެސްޓޭއާ ދެކޮޅަށް ކުޅޭ މެޗުތަކަށް މާލޭގައި ބޭއްވި ޕްރެކްޓިހެއްގެ ތެރެއިން.-- ފޮޓޯ: އަތޫފް އާތިފް/ އަދަދު ސްޕޯޓްސް

ރާއްޖޭން ސިންގަޕޫރާ ދެކޮޅަށް 1992 ވަނަ އަހަރުގެ އޮލިމްޕިކްސްގެ ކޮލިފައިން ބުރުގައި، އޭގެ އެއް އަހަރު ކުރިން ކުޅުނު ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗުން އެއްވަރުކުރި ފަހުން، ކުޅުނު އަށް މެޗުން ވެސް ވީ ބައްޔެވެ. އެހެންކަމުން، ފީފާ ކަލަންޑަރު، ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއްގައި، މާދަމާ ހަވީރު ސިންގަޕޫރާ ދެކޮޅަށް އެ ގައުމުގައި ރާއްޖޭން ކުޅޭއިރު، ގައުމީ ޓީމުން ރަނގަޅު ނަތީޖާއެއް ނެރޭނަމަ އަމާޒުހިފާނީ ތާރީހީ ކަމެއް ހާސިލްކުރުމަށެވެ.

ސިންގަޕޫރާ ދެކޮޅަށް މާދަމާ ހަވީރު ރާއްޖެ ގަޑިން 16:30 ގައި ކުޅޭ މެޗުގެ ކުރިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު، ސުޒޭން ބުނީ އެންމެ ފަހުން ރާއްޖޭން ސިންގަޕޫރާ ދެކޮޅަށް ނަތީޖާއެއް ނެރުނުއިރު، އޭނާ އަކީ ޓީމުގެ ކުޅުންތެރިއެއް ކަމަށެވެ.

އަދި، މި ފަހަރު ގައުމީ ޓީމުގެ ކޯޗެއްގެ ގޮތުގައި ހުރެ ވެސް ނަތީޖާއެއް ހާސިލްކުރަން މަސައްކަތް ކުރާނެ ކަމަށް ސުޒޭން ވަނީ ބުނެފަ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ސުޒޭން.--- ފޮޓޯ: އެފްއޭއެމް

"ތި ބުނި ގޮތަށް އަހަރެމެންނަށް ސިންގަޕޫރު އަތުން މޮޅުވެވިފައި ނެތް. އަހަންނަށް ހީވާ ގޮތުގައި، އަހަރެމެން ސިންގަޕޫރާ ދެކޮޅަށް ކުޅުނު އެންމެ ފުރަތަމަ މެޗުގައި، 1991 ވަނަ އަހަރު އޮލިމްޕިކް ކޮލިފައިންގައި ބެއިޖިންގައި، ޕިޔޮންޔަންގައި، އެ މެޗުގައި، އަހަރެމެން ސިންގަޕޫރާ 2-2 އިން އެއްވަރުވީ އެ ފަހުން، އަހަންނަށް ހިއެއްނުވޭ ރާއްޖޭން ސިންގަޕޫރާ ދެކޮޅަށް ރަނގަޅު ނަތީޖާއެއް ނެރުނުހެން،" 1991 ވަނަ އަހަރުގެ އޮލިމްޕިކްސް ކޮލިފައިން އޭޝިއާ ބުރުގެ ގްރޫޕްގެ ފުރަތަމަ މެޗުގައި، ސިންގަޕޫރާ 1-1 އިން އެއްވަރުވި މެޗަށް އިޝާރާތްކޮށް ސުޒޭން ބުންޏެވެ.

"ހިނގާ ބަލަމާ، މި ފަހަރު (މާދަމާގެ މެޗުގައި) އަހަރެން މި ހުރީ ކޯޗެއްގެ ގޮތުގައި، ފެނިގެންދާނެ ދެން، އަހަރެމެންނަށް ރަނގަޅު ނަތީޖާއެއް ހާސިލްކުރެވެންޏާ،"

އޮލިމްޕިކްސްގެ ފުޓްބޯޅަ އިވެންޓަކީ، ސީނިއާ ފުޓްބޯޅަ އަށް ވުރެ، 23 އަހަރުން ދަށުގެ ކުޅުންތެރިންނަށް ހާއްސަކޮށް، ސީނިއާ ތިން ކުޅުންތެރިންނަށް ފުރުސަތު ދޭ ގޮތަށް ރޭވިފައި އޮންނަ ކަމެކެވެ. ސީނިއާ ފުޓްބޯޅައިގައި، ރާއްޖެ އަށް އަދި ސިންގަޕޫރު ކައިރިން ނަތީޖާއެއް ނުހޯދެ އެވެ.

ސުޒޭން ބުނީ ހަގީގަތުގައި، ރާއްޖެ ޓީމުގެ މައިގަނޑު ފޯކަސް ހުރީ، މި މަހު 10 ވަނަ ދުވަހު ޓިމޯ ލެސްޓޭއާ ކުޅޭ އޭޝިއަން ކަޕް ކޮލިފިކޭޝަން މެޗަށް ކަމަށެވެ. އަދި، އެ މެޗަށް ދާއިރު މިއީ، ރާއްޖެ އަށް ލިބުނު ބޭނުންހިފޭނެ ރަނގަޅު މެޗެއްގެ ގޮތުގައި، ސުޒޭން ފާހަގަކުރި އެވެ.

ރާއްޖޭގައި ލީގު ފުޓްބޯޅަ ނުކުޅޭތާ ދެ އަހަރެއްހާ ދުވަސް ވެފައިވާއިރު، ދާދި ފަހުން، ކުޅުނު އެފްއޭއެމް ލީގު ކަޕްގެ ސަބަބުން ކުޅުންތެރިންގެ ކޮންފިޑެންސަށް ކޮންމެ ވެސް ވަރެއްގެ ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ސުޒޭން ގަބޫލުކުރެ އެވެ. އަދި، މާޗްް މަހު، ރާއްޖޭގައި ފުޓްބޯޅައިގެ މަތީ ލެވަލްގެ އެއްވެސް ކަމެއް ނެތި، ފިލިޕީންސާ ދެކޮޅަށް އޭޝިއަން ކަޕް ކޮލިފައިންގައި ކުޅުނު މެޗާ އަޅާކިޔާއިރު، ކުރިއަށް ހުރި މެޗުތަކުގައި ގައުމީ ޓީމު ކުރިއަށްވުރެ ރަނގަޅުވާނެ ކަމަށް ސުޒޭން ވަނީ ބުނެފަ އެވެ.

"(މާޗް މަހު) ފިިލިޕީންސާ ވެސް ކުޅުނިން ލީގު ފުޓްބޯޅަ ނެތި، އެ މެޗު ހަގީގަތުގައި އުނދަގޫވި، ލީގެއް ނެތި ކުޅެންޖެހުނީމަ، އެކަމަކު، މި ފަހަރު މި ކުުޅުނު ކުރު މުބާރާތަށް ފަހު، ކުޅުންތެރިންގެ ކޮންފިޑެންސް ރަނގަޅު، އަހަރެން މަސައްކަތް މި ކުރަނީ، ޑިފެންސިވްކޮށް، ދެން، މެދުތެރޭގެ ރޭވުންތެރިކަން މި މެޗުން (ސިންގަޕޫރު މެޗުން) ރަނގަޅުކޮށްލަން، އެއީ، ޓިމޯ ލެސްޓޭއާ ކުޅޭއިރު، އަހަރެމެންގެ މިޑްފީލްޑް ރަނގަޅަށް އޮތުން މުހިންމު، އެ ކަންކަމަށް އަހަރެމެން ސަމާލުކަން ދޭނަން،" ސުޒޭން ބުންޏެވެ.

ސިންގަޕޫރު މި ވަގުތު އޮތީ ފީފާ ރޭންކިންގެ 160 ވަނައިގަ އެވެ. އަދި، ރާއްޖެ އޮތީ 162 ވަނައިގަ އެވެ. ސުޒޭން ބުނީ، ސިންގަޕޫރުން ވެސް ރާއްޖެ އެކޭ އެއްގޮތަށް މި އޮތީ އެންމެ ފަހުން ކުޅުނު އިންޓަނޭޝަނަލް މެޗުތަކުގައި އެކަށީގެންވާ ނަތީޖާއެއް ނުނެރެވި ކަމަށާއި ބެލެވޭ ގޮތުގައި، އެ ކަންކަމަށް ބަލާނަމަ، ދެ ގައުމީ ޓީމު ވެސް މި އޮތީ އެއް ހާލަތެއްގައި ކަމަށެވެ.

"އަހަރެމެން ދެ ގައުމު ވެސް މި އޮތީ އެއް ހާލަތެއްގައި، އަހަރެމެންގެ އުންމީދުކުރަނީ، އަހަރެމެން މި ކުޅުނު ކުރު ކްލަބް މުބާރާތް (އެފްއޭއެމް ލީގު ކަޕް) އަށް ފަހު ރަނގަޅުވާނެ ކަމަށް. ކުޅުންތެރިންގެ ކޮންފިޑެންސް ވެސް ރަނގަޅު، އެހެންވީމަ، ފިލިޕީންސް މެޗަށް ވުރެން ރަނގަޅުވާނެ،" ސުޒޭން ބުންޏެވެ.

ސިންގަޕޫރުން އެންމެ ފަހުން ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކުރީ، 2022 ވަނަ އަހަރު، 3-1 އިންނެވެ. އެ މެޗު ވެސް ކުޅުނީ ސިންގަޕޫރުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox