ބެސްޓިނެޓްގެ އެކްސްޕެޓް ސިސްޓަމް ބޭނުންކުރަން ނުފަށަނީ ބަދަލުތަކެއް ގެންނާތީ: އިހުސާން

ހޯމް މިނިސްޓަރު އިހުސާން. އިކޮނޮމިކް މިނިސްޓްރީން ބަލަހައްޓަމުން ދިޔަ ބިދޭސީ މަސައްކަތްތެރިންނާ ގުޅޭ އެންމެހާ ކަމެއް މި ސަރުކާރުގައި ބަލަހައްޓަމުން ދަނީ ހޯމް މިނިސްޓްރީން --- އާޓްވޯކް: އިމްދާދު/އަަދަދު

ހޯމް މިނިސްޓަރު އިހުސާން. އިކޮނޮމިކް މިނިސްޓްރީން ބަލަހައްޓަމުން ދިޔަ ބިދޭސީ މަސައްކަތްތެރިންނާ ގުޅޭ އެންމެހާ ކަމެއް މި ސަރުކާރުގައި ބަލަހައްޓަމުން ދަނީ ހޯމް މިނިސްޓްރީން --- އާޓްވޯކް: އިމްދާދު/އަަދަދު

ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީ މުވައްޒަފުންގެ ކަންކަން ބަލަހައްޓަން ސަރުކާރުން ހަރަދު ކޮށްގެން ތައްޔާރުކުރި އޮންލައިން އެކްސްޕެޓު ސިސްޓަމް ބޭނުން ކުރުން ހުއްޓާލައި، މެލޭޝިއާގެ ބެސްޓިނެޓްގެ އެކްސްޕެޓް ސިސްޓަމް ބޭނުންކުރަން ފަށަން ތާވަލުކުރި މެއި މަހު އެ ކަން ނުފެށުނީ އެ ސިސްޓަމަށް ބައެއް ބަދަލުތައް ގެންނާތީ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

ބެސްޓިނެޓްގެ އެކްސްޕެޓް ސިސްޓަމުން މެއި މަހު ހިދުމަތް ދޭން ފަށަން ސަރުކާރުން އަމާޒު ހިފި ނަމަވެސް، ހިދުމަތް ދޭން ނުފެށި ދިގުލައިގެންދަނީ ކީއްވެތޯ އަދަދު އިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން އިހުސާން ވިދާޅުވީ ލަސްތަކެއް ދިމާވެގެން އުޅެނީ ސިސްޓަމުން ދޭ ހިދުމަތް އަވަސްވާނެ ބަދަލުތަކެއް ގެންނާތީ ކަމަށެވެ.

"މެއި މަހު އަޅުގަނޑުމެންގެ ކުޑަކުޑަ ޑިވެލޮޕްމަންޓަލް ޑިލޭއެއް އުޅޭ. އަޅުގަނޑުމެންގެ މިހާރު މިއިނީތާ ދެމުންދާ ބައެއް ސާވިސްތަކާއި ފިންގާ ޕްރިންޓް މި ނެގީތާ މީހުންގެ. ނަގައިގެން ފެންނަ ބައެއް ކަހަލަ ކަންކަމަށް އެޑްރެސް ކުރެވޭ ގޮތަށް ބައެއް ކަހަލަ ޗޭންޖަސްތައް ގެންނަން އަޅުގަނޑުމެން ރިކުއެސްޓް ކޮށްގެން މިއުޅެނީ އެމީހުން ކައިރީގައި،" މިނިސްޓަރު އިހުސާން ވިދާޅުވި އެވެ.

އިހުސާން އިތުރަށް ވިދާޅުވީ މިހާރު ސިސްޓަމް އޮތް ގޮތުން މެނުއަލްކޮށް ކުރަން ޖެހޭ ކަންކަން އާ ސިސްޓަމް އިންޓަގްރޭޓްކުރާއިރު އޭގެ ތެރެއިން އިވެލުއޭޝަންތައް ހެދޭ ގޮތަށް މަގުފަހިކޮށް، ޗެކްސްތައް އިތުރުކުރުމުން ހިދުމަތްތައް އަވަސްވާނެ ކަމަށެވެ.

"ލޯކަލް ޕާޓީތަކާއި މީހުން ގެނެސް މަގުމައްޗަށް އެއްލާލާއި މީހުންނާ ދޭތެރޭގައި ވެސް ފިޔަވަޅުތަކާ އެއްޗެހި ސިސްޓަމް ތެރެއިން އެޅޭގޮތަށް ދެއްތޯ. ބަންގްލަދޭޝް ކަހަލަ ބައިވަރު މީހުން ދޫކޮށްފައި ތިބޭ ގައުމުތަކުގައި އެމީހުން ގެންނަ ކުންފުނިތަކަށް ވެސް މިހާރު މި އެޕްލައި ކުރަމުންދަނީ ވަރަށް މެނުއަލް މެތަޑަކުންތާ. އެހެންވީމަ ސިސްޓަމް ތެރެއަށް ޗެކްސްތަކާއި އެއްޗެހި ލާން،" މިނިސްޓަރު ވިދާޅުވި އެވެ.

އޭގެއިތުރުން އިހުސާން ވިދާޅުވީ އެކްސްޕެޓް ސިސްޓަމްގެ މަސައްކަތް ފަށާނީ އިތުރު ފަސޭހަ ފަންކްޝަންސްތައް ވެސް އިތުރުކޮށްގެން ކަމަށެވެ.

އެކްސްޕެޓް ސިސްޓަމަށް ގެންނަން މިނިސްޓްރީން އެދިފައިވާ ބަދަލުތައް މި މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ބެސްޓިނެޓުން ބުނެފައިވާ ކަމަށް އިހުސާން ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ އަންނަ ޖުލައި މަހު އެ ސިސްޓަމް ބޭނުން ކުރަން ފެށޭނެ ކަމަށެވެ.

މެލޭޝިއާގެ ބެސްޓިނެޓް ކުންފުންޏާއެކު އެކްސްޕެޓް ސިސްޓަމެއް ހަދަން އެއްބަސްވީ، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން ހެދި އެއްބަސްވުން ކުރިއަށް ނުގޮސް، ގެއްލުމުގެ ބަދަލު ދޭން ޖެހޭތީ ކަމަށް އިހުސާން މީގެ ކުރިން ވިދާޅުވެފައިވެ އެވެ.

އިހުސާން ވިދާޅުވީ އެ އެއްބަސްވުމާ ގުޅިގެން ގެއްލުމުގެ ބަދަލުގެ ގޮތުގައި 13.7 މިލިއަން ޑޮލަރު އެ ކުންފުންޏަށް ދޭންޖެހޭތީ، އެއްފަހަރާ އެ ފައިސާ ދެއްކެން ނެތުމުން އޭގެ ބަދަލުގައި އާ އެކްސްޕެޓް ސިސްޓަމެއް ގާއިމުކުރުމުގެ އެއްބަސްވުމަކަށް ދިޔައީ ކަމަށެވެ.

ރާއްޖޭގައި ވަޒީފާ އަދާކުރަން އަންނަ ބިދޭސީއެއްގެ އަތުން މިހާރު އަހަރަކު 6,200ރ. ދައުލަތަށް ވަދެ އެވެ. އެއީ 2,000ރ. ގެ ކޯޓާ ފީ އާއި ކޮންމެ މަހަކު 350ރ. ގެ ރޭޓުން ނަގާ 4,200ރ. ގެ ވޯކް ޕާމިޓް ފީ އެވެ.

ބެސްޓިނެޓާއެކު ސޮއިކުރި އެއްބަސްވުމުގައިވާ ގޮތުން ބިދޭސީއެއްގެ ބޮލަކަށް އަހަރަކު 100 ޑޮލަރު ނުވަތަ 1,542ރ. ސަރުކާރުން އެ ކުންފުންޏަށް ދައްކަން ޖެހޭނެ އެވެ. އަދި މެޑިކަލް އިންޝޫރަންސްގެ ކަންކަމަށް ބޮލަކަށް 50 ޑޮލަރު (771ރ.) ވަޒީފާ އަށް އަންނަ ފަރާތުން ބެސްޓިނެޓަށް ދައްކަން ޖެހޭނެ އެވެ. މިއީ މިހާތަނަށް އެނގިފައިވާ މިންވަރެވެ.

އެހެންވެ، 15 އަހަރުގެ މުއްދަތުގައި ބެސްޓިނެޓަށް 6.9 ބިލިއަން ރުފިޔާ ލިބޭނެ އެވެ

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox