ރާއްޖެ އަށް ޓައެކްވޮންޑޯ އިން ކާމިޔާބު ހޯދައިދޭން ޔޫނުސް އެދެނީ އިތުރު ފުރުސަތަށް

Jun 3, 2025, 8:03 AM
ރާއްޖެ އަށް ޓައެކްވޮންޑޯ އިން ކާމިޔާބު ހޯދައިދޭން ޔޫނުސް އެދެނީ އިތުރު ފުރުސަތަށް

ދާދި ފަހުން، މެލޭޝިއާގައި ކުރިއަށްދިޔަ، ހަނާ އޯޕަން ޓައެކްވޮންޑޯ ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ޖޫނިއާ އެތުލީޓް، ޔޫނުސް ބިން މުހައްމަދު ގުރައިޝީ ތިން ވަނަ ހޯދިއިރު، މި ކުޅިވަރު ރާއްޖޭގައި ކުރިއެރުވުމަށް މުހިންމު ކަންތައްތަކެއް ފާހަގަކޮށްފި އެވެ.

މެލޭޝިއާގައި ބާއްވާ އެންމެ ބޮޑު އެއް ޓައެކްވޮންޑޯ މުބާރާތް، ހަނާ އޯޕަންގައި މި ފަހަރު ދެހާހެއްހާ އެތުލީޓުން ވާދަކުރި އެވެ. ހަނާ އޯޕަންގައި، ޔޫނުސް ނުކުތް ގޭމްތަކަށް ބަލާއިރު، އޭނާ ވަނީ ތިން ގޭމުން މޮޅުވެ، ހަތަރު ވަނަ ރައުންޑް/ސެމީ ފައިނަލަށް ދަތުރުކޮށްފަ އެވެ.

ސެމީން ޖާގަ ހޯދި ނަމަވެސް، އެ ފައިޓް ފުރިހަމަ ކުރެވޭ ގޮތެއްނުވި އެވެ. ސެމީގެ މެޗުގެ ތެރެއިން، ޔޫނުންސްގެ ކޮނޑަށް ލިބުނު އަނިޔާއަކާ ހެދި އެ ފައިޓް ކުރިއަކަށް ނުގެންދެވި ޖެހުނީ ނިންމާލާށެވެ.

ޔޫނުސް މޮޅުވި ފައިޓްތަަކަށް ބަލާއިރު، ތިން ފައިޓްގައި ވެސް ވަނީ ސީދާ ދެ ރައުންޑުން ކާމިޔާބުކޮށްފަ އެވެ. ސެމީގެ ފުރަތަމަ ރައުންޑުގައި ޔޫނުސް އަށް ނާކާމިޔާބުވިއިރު، ދެ ވަނަ ރައުންޑުން މޮޅުވި އެވެ. އެކަމަކު އޭގެ ކުރިން ލިބުނު އަނިޔާގެ ސަބަބުން ތިންވަނަ ރައުންޑުން ބަލިވެ ފައިނަލުގެ ފުރުސަތު ގެއްލުނެވެ.

ޔޫނުސް ބުނީ، ލިބުނު ކާމިޔާބަށް މާތް ﷲ އަށް ހަމްދު ކުރާ ކަމަށާއި އަދި މި ކާމިޔާބީ ހޯދައިދޭން މަންމަ އާއި ބައްޕަގެ އިތުރުން، ޕްރަދީޕް ކޯޗާއި ޒުހެއިރު ސާ ވެދިން އެހީތެރިކަން ފާހަގަކުރާ ކަމަށެވެ. އަދި، ޔޫނުސް ވަނީ، މި މުބާރާތުގައި އޭނާގެ ކޮއްކޮ، ހޫދު އަށް ބައިވެރިނުވެވުނީ ބަލިވެ އުޅޭތީކަން ހާމަކޮށް، އެކަމާ ހިތާމަކުރާ ކަމަށް ބުނެފަ އެވެ.

"ދެން، އަޅުގަނޑު ބޭނުން، މި ކަމުގައި ކުރިއަށްދާން ބޭނުންވާ ރަށްޓެހިންނަށް ވެސް މި ފުރުސަތުތައް އިންޓަނޭޝަނަލީ ލިބެން. އަޅުގަނޑާއި ކޮއްކޮ (ހޫދު) އަށް މި ފުރުސަތު މި ލިބެނީ މައިންބަފައިންގެ ސަބަބުން. އަޅުގަނޑު ބޭނުން މި ކުޅިވަރު ވެސް އެހެން ސްޕޯޓްސްތައް މިިސާލަކަށް ޓޭބަލް ޓެނިސް، ބެޑްމިންޓަން ކަހަލަ އިންޑިވިޖުއަލް ސްޕޯޓްސްތައް ގޮތަށް ހެލްޕް ލިބިގެން ކުރިއަށްދާން،" ޔޫނުސް ބުންޏެވެ.

ރާއްޖޭގައި ކުޅޭ އެހެން ކުޅިވަރުތައް ގޮތަށް ރަސްމީކޮށް، ޓައެކްވޮންޑޯ ވެސް ފެށިގެން ކުރިއަށް ގޮސް، ރަނގަޅު ތަމްރީންތައް ގިނަ ކުދިންތަކަކަށް ލިބޭނަމަ، ބޮޑެތި ކާމިޔާބީތަކެއް ހޯދޭނެ ކަމަށް ޔޫނުސް ގަބޫލުކުރެ އެވެ. އޭނާ ބުނީ، ހަނާ އޯޕަން ޓައެކްވޮންޑޯ ޗެމްޕިއަންޝިޕްގައި ވާދަކުރަން ޖެހުނުއިރު، ދެން ތިބި އެތުލީޓުން ރަނގަޅު ޓްރެއިނިންތައް ލިބިގެން ވާދަކުރާ ލެވަލް ފެނިފައި ހައިރާންވި ކަމަށާއި ބޭނުންވަނީ، އެ ފަދަ ޓްރެއިނިންތައް ލިބިގެން، ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެ ތަމްސީލްކުރުމަށް ކަމަށެވެ.

"ހުވަފެނަކީ ކޮންމެ ވެސް ދުވަހަކުން އޮލިމްޕިކް އެތުލީޓަކަށް ވުން. އިންޝާﷲ. ހަނާ އެކަޑަމީ އަށް ވެސް ވަރަށް ޝުކުރު އަދާކުރަން. ހާއްސަކޮށް ކޯޗު އައް ބޫން، ކޯޗު ބްރަޔަން، މާސްޓާ ލީ ވަން ޔުއެން، ދެން، ވަރަށް ހާއްސަ ޝުކުރެއް އަދާކުރަން ބޭނުން. މާސްޓާ ރަޖެންދުރަން، މެލޭޝިއާގެ ޓައެކްވަންޑޯގެ ނައިބު ރައީސް، މި ފުރުސަތު ތަނަވަސްކޮށްދިނީތީވެ،" ޔޫނުސް ބުންޏެވެ.

މީގެ ކުރިން، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގައި، މީގެ ދެ އަހަރު ކުރިން، ޖުލައި 2023 ގައި ބޭއްވި އިންޓްރާ ކްލަބް ކިރުގީ ޓައެކްވޮންޑޯ ޗެމްޕިއަންޝިޕްގައި ޔޫނުސް ވަނީ ރަން މެޑަލް ހޯދައިފަ އެވެ. އަދި، އޭނާގެ އެއް ބަނޑު އެއްބަފާ ކޮއްކޮ، ހޫދު ބިން މުހައްމަދު ގުރައިޝީ ވަނީ މިދިޔަ، އަހަރު ގައުމީ މާޝަލް އާޓްސް ސެންޓަރުގައި، ކުރިއަށްދިޔަ ބްލެކް އިވެންޓްގައި ވާދަކޮށް އުމުރުން، ނުވަ އަހަރާއި ހަ މަހާއި 10 ދުވަހުގައި، ބްލެކް ބެލްޓް ހާސިލްކޮށް، ރެކޯޑެއް ގާއިމްކޮށްފަ އެވެ.

ރާއްޖޭގެ ސީނިއާ ޓައެކްވަންޑޯ ޓީމުން ވަނީ، 2023 ވަނަ އަހަރު މަޑަގަސްކަރާގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އަައިއޯއައިޖީ)ގައި ވާދަކޮށް ރަނގަޅު ކާމިޔާބެއް ހޯދައިފަ އެވެ. އެ ގޮތުން، ރާއްޖޭން އެ ގޭމްސްގައި ހަތަރު މެޑަލް ހޯދި އެވެ.

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox