ވިޔަފާރިވެރިންގެ އޮތީ ރައްޔިތުންނަށް ދެރަ ނިކަމެތިކަން ދިނުމުގެ އާދައެއް ކަމަށް ރައީސް ވިދާޅުވެއްޖެ

ވިޔަފާރިވެރިންގެ އޮތީ ރައްޔިތުންނަށް ދެރަ ނިކަމެތިކަން ދިނުމުގެ އާދައެއް ކަމަށް ރައީސް ވިދާޅުވެއްޖެ

ރާއްޖޭގައި ވިޔަފާރި ކުރާ ބައެއް ވިޔަފާރިވެރިންގެ އޮތީ ރައްޔިތުންނަށް ދެރަ ނިކަމެތިކަން ދިނުމުގެ އާދައެއް ކަމަށް ވިދާޅުވެ އެ އާދައިން ދުރުވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިޔަފާރިތަކަށް ގޮވާލައްވައިފި އެވެ.

މިއީ ވިޔަފާރިތަކުން ރައްޔިތުންނަށް ގެއްލުން ލިބޭ ގޮތަށް އަމަލު ކުރަމުންދާ ގޮތަށް މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވި ފުރަތަމަ ފަހަރެއް ނޫނެވެ. ރާއްޖޭގެ ބޭސްފިހާރަތަކުން ބޭސް ލިބުން ދަތިވެ އެތައް ބަޔަކު ތަކުލީފުތަކެއް އުފުލަން ޖެހުމުގައި ސަރުކާރުގެ އެއްވެސް ދައުރެއް ނެތް ކަމަށާއި ބޭސް މަދުވެ ރާއްޖެ ބޭހަށް ޖެހުނީ އެ ވިޔަފާރި ކުރާ ފަރާތްތަކުން ދަތިކުރަން ފެށުމުން ކަމަށް ފެބްރުއަރީ މަހު ރައީސް ވިދާޅުވި އެވެ.

މިއަދު ޕީއެސްއެމްއަށް ރައީސް ދެއްވި އިންޓަވިއުގައި ވެސް ވަނީ ވިޔަފާރިތަކަށް ބަހުގެ ހަމަލާއެއް އަމާޒު ކުރައްވާފަ އެވެ. އައިނު ވިޔަފާރިތަކުން "ފީކަޅާ ދުނިގަނޑު" ވިއްކާތީ އައިޖީއެމްއެޗު މެދުވެރިވެ ސަރުކާރުން އައިނު ވިއްކަން ފަށާނެކަން މިއަދު އެ އިންޓަވިއުގައި ރައީސް އިއުލާނު ކުރެއްވި އެވެ.

"ޕްރައިވެޓް ސެކްޓަރުގެ އައިނު ވިޔަފާރި ކުރާ މީހުން ކިތަންމެ ހިތްހަމަނުޖެހުނަސް އަޅުގަނޑަށް މައްސަލައެއް ނެތް. އަޅުގަނޑަށް މުހިންމީ ރައްޔިތުންނަށް އެ ދެރަ ނިކަމެތިކަން ދިނުމުގެ އާދަ މި ގައުމުން ފިލުވާލަން. އެހެންވެ ސިނގިރޭޓު ބިޒްނަސް ވެސް ހުއްޓާލާފައި އެހެން ކަމަކާ ވަޑައިގަންނަވާށޭ،" ރައީސް ވިދާޅުވި އެވެ.

ވަކިން ހާއްސަކޮށް ސިއްހީ ދާއިރާގައި ހަރަކާތްތެރިވާ އަމިއްލަ ވިޔަފާރިތަކަށް ރައީސް މުއިއްޒު ގެންދަވަނީ ފާޑުވިދާޅުވަމުންނެވެ. ރަށެއްގައި ކުޑަ ބޭސްފިހާރައެއް ހުޅުވާ ވިޔަފާރިވެރިޔަކު ވެސް އެއް އަހަރު ދުވަސް ފަހުން އޮޑިދޯނިފަހަރު ބަންނަ މަންޒަރު ފެންނަ ކަމަށް މީގެ ކުރިން ރައީސް ވިދާޅުވެފައި ވެއެވެ.

ސަރުކާރުން އަނެއްކާ ވެސް އާ ވިޔަފާރިއެއްގެ ތެރެއަށް ވަންނާނެކަން ރައީސް މުއިއްޒު މިއަދު އިއުލާނު ކުރެއްވި އިރު އަމިއްލަ ކުންފުނިތަކުން ކުރަމުންދާ ބައެއް ވިޔަފާރިތައް ހުއްޓާލުމަށް ވެސް ރައީސް މުއިއްޒު ގޮވާލައްވާފައި ވެއެވެ. އެގޮތުން، ކުއްލި ގޮތަކަށް ގާނޫނާއި ގަވާއިދުތައް ވުޖޫދުކޮށް ބައެއް ވިޔަފާރިތައް ހުއްޓުމަކަށް ގެންނަން މަޖުބޫރުކޮށްފައިވެސް އެބަހުއްޓެވެ.

ރާއްޖޭގައި ޒަމާނުއްސުރެ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް މިނިވަން ވިޔަފާރިތަކަށް ރައީސް މުއިއްޒު ގެންދަވަނީ ދޭތެރެ ދޭތެރެއިން ޕޯޑިއަމްތަކުގައި އިންޒާރު ދެއްވަމުންނެވެ. އެގޮތުން، ބައެއް ވިޔަފާރިތައް "ސިންގަލް އައުޓް" ކޮށް "އެހެން ކަމަކައިގެން އުޅެން" ރައީސް ވަނީ ވިދާޅުވެފަ އެވެ

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox