ޔޫކޭގެ ކަނޑުތަކުން ހުސްވާން ގާތްވި ނޫއުރަހަ ކަންނެލި އަލުން ފެންނަން ފަށައިފި

Oct 9, 2026, 8:04 AM
ފޮޓޯ: ބީބީސީ

ފޮޓޯ: ބީބީސީ

ޔޫކޭގެ ކަނޑުގެ ސަރަހައްދުން މުޅިންހެން ހުސްވެފައިވާ ބްލޫފިން ޓޫނާ (ނޫ އުރަހަ ކަންނެލި) ވަރަށް ގިނަ އަދަދަކަށް އަލުން ފެންނަން ފަށައިފި އެވެ.

މި ބޮޑެތި މަސްތައް އަލުން ފެންނަން ފެށުމަކީ، ދުނިޔޭގެ ޖަންގަލިތަކާއި ދިރުންތައް ހިމާޔަތްކުރާ ޖަމިއްޔާ، ޑަބްލިއުޑަބްލިއުއެފް އިން ނެރުނު އާ ރިޕޯޓެއްގައި ފާހަގަކޮށްފައިވާ ކުރިއެރުންތަކުގެ ތެރެއިން އެއް ކަމެވެ. އެ ޖަމިއްޔާއިން ބުނާ ގޮތުގައި މިއީ ތިމާވެށި ހިމާޔަތްކުރުމަށް ކުރާ މަސައްކަތުން ނަތީޖާ ނެރެވިދާނެކަމުގެ ހެއްކެކެވެ.

އެހެންނަމަވެސް، "ލިވިން ޕްލެނެޓް ރިޕޯޓް 2026" އިން ދައްކާ ގޮތުގައި 1970 ވަނަ އަހަރުން ފެށިގެން މިހާތަނަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މޮނިޓާ ކުރަމުންދާ ދިރުންތަކުގެ އާބާދީ ވަނީ އެވްރެޖްކޮށް 73 އިންސައްތަ ދަށަށް ގޮސްފަ އެވެ.

ތިމާވެށި ހިމާޔަތްކުރާ އެ ޖަމިއްޔާއިން ބުނި ގޮތުގައި ގުދުރަތީ ދިރުންތައް އަދިވެސް ދަނީ ވަރަށް ބާރަށް މަދުވަމުންނެވެ. އެހެންނަމަވެސް، މި ރިޕޯޓަކީ އުންމީދީ މެސެޖެއް ދޭ ރިޕޯޓެއްގެ ގޮތުގައި އެ ޖަމިއްޔާއިން ސިފަކުރެ އެވެ.

ޔޫކޭގެ ޑަބްލިއުޑަބްލިއުއެފްގެ ޗީފް ސައިންޓިފިކް އެޑްވައިޒަރު މައިކް ބެރެޓް ވިދާޅުވީ، ކަންކަން އިސްލާހުކުރުމުގެ ވަގުތު އަދި ފާއިތުނުވާ ކަމަށެވެ.

އިނގިރޭސިވިލާތަކީ މީގެ ކުރިން ގިނަ އަދަދަކަށް ކަންނެލީގެ މަސްވެރިކަން ކުރި ގައުމެކެވެ. ނަމަވެސް، ކަންނެއްޔާއި އެ މަސްތައް ކައިއުޅޭ ކުދި މަސްތައް މިންވަރަށް ވުރެ އިތުރަށް ބޭނުމުގެ ސަބަބުން، 1960 ގެ އަހަރުތަކާ ހަމައަށް އައިއިރު އެ ސަރަހައްދުން އެ މަސްތައް ވަނީ މުޅިންހެން ހުސްވެފަ އެވެ.

މި މަސްތަކުގެ އާބާދީ އަލުން އިތުރުވާން ފެށީ ބައިނަލްއަގުވާމީ ފެންވަރުގައި ކުރެވުނު ގިނަ މަސައްކަތްތަކެއްގެ ސަބަބުން ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ. އޭގެ ތެރޭގައި މަސް ބޭނޭނެ މިންވަރު (ކޯޓާ) މަދުކުރުމާއި، ބޭނޭނެ މަހުގެ ސައިޒު ކަނޑައެޅުމާއި، މަސް އަލާވާ ސަރަހައްދުތައް ހިމާޔަތްކުރުން ހިމެނެ އެވެ. 

ޑަބްލިއުޑަބްލިއުއެފްގެ ރިޕޯޓުގައި ދުނިޔޭގެ އެހެން ސަރަހައްދުތަކުން ފެނުނު ކުރިއެރުންތަކަށް ވެސް އަލިއަޅުވާލާފައިވެ އެވެ. އޭގެ ތެރޭގައި މިނިވަންކަމާއެކު އުޅޭ މިނިކާވަގުގެ އާބާދީ 70 އިންސައްތައަށް ވުރެ އިތުރުވުން ހިމެނެ އެވެ. އެގޮތުން 2010 ވަނަ އަހަރު 3،200 ގައި ހުރި މިނިކާވަގުގެ އަދަދު 2025 ވަނަ އަހަރާ ހަމައަށް އައިއިރު ވަނީ 5،700 އަށް އިތުރުވެފަ އެވެ.

ވަކިވަކި ދިރުންތަކަށް ބައެއް ކުރިއެރުންތައް ލިބުނު ނަމަވެސް، ގުދުރަތީ ދިރުންތަކުގެ ޖުމްލަ ހާލަތު އަދިވެސް އޮތީ ވަރަށް ނުރައްކާތެރި ފައްތަރެއްގަ އެވެ.

ފަހުގެ ޚަބަރު

އަޅުގަނޑަކީ ބްރެޒިލްގެ "ހައްގުވެރި" ލީޑަރު: ބޮލްސޮނާރޯ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ފްލާވިއޯ ބޮލްސޮނާރޯ، ޕާސްޕޯޓް ހަވާލުކުރުމުގެ އަމުރަށް އިންކާރުކޮށް އެމެރިކާއަށް ވަޑައިގަތުމަށްފަހު އޭނާއަކީ ގައުމުގެ "ހައްގުވެރި ލީޑަރު" ކަމަށް އިއުލާންކުރައްވައިފިއެވެ. އިންތިޚާބަކީ ބަޣާވާތެއް ކަމަށް އޭނާ ތުހުމަތުކުރެއްވި ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައާއި ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން ވަނީ ރައީސް ލޫލާގެ ކާމިޔާބީ ގަބޫލުކޮށްފައެވެ.

މެޖޯރިޓީ ގެއްލުނަސް ނަތަންޔާހޫއަށް ޔަހޫދީންގެ ތާއީދު ބޮޑު

އިސްރާއީލުގެ އިންތިޚާބުގައި ނަތަންޔާހޫގެ އިއްތިހާދަށް އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް، އިދިކޮޅު ފަރާތްތަކަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް އޭނާ މަގާމުގައި ދެމިހުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. އަރަބި ޕާޓީތަކުގެ އެހީތެރިކަމާ ނުލައި ސަރުކާރެއް އެކުލަވާލުން އިދިކޮޅު ފަރާތްތަކަށް ދަތިވެފައިވާއިރު، އާ ސަރުކާރެއް އުފެދެންދެން ނަތަންޔާހޫ ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ހުންނާނެ ކަމަށް ބެލެވެއެވެ.

ސްޕެއިންގައި ދެ ރޭލެއް ޖެހި 68 މީހުން މަރުވެއްޖެ

ސްޕެއިންގައި ބާރު ދުވެލީގައި ދަތުރުކުރި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 68 މީހުން މަރުވެ، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކޮންޓްރޯލް ސެންޓަރުން ދިން ނުބައި އިރުޝާދަކުން ހެދުނު އިންސާނީ ގޯހެއްގެ ސަބަބުންނެވެ.

ތޫފާނާ ގުޅިގެން އިންޑިއާގައި 180،000 މީހުން އެހެން ހިސާބުތަކަށް

އިންޑިއާގެ އިރުމަތީ އައްސޭރިފަށަށް އެރި ބާރުގަދަ ތޫފާން "އަރުނަބް" އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން 180،000 އަށް ވުރެ ގިނަ މީހުން ވަނީ ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފައެވެ. މި ތޫފާނުގެ ސަބަބުން ގަސްތައް ވެއްޓި ކަރަންޓުގެ ޚިދުމަތަށް ބުރޫއަރައި، ދަތުރުފަތުރުތައް މެދުކަނޑާލަން ޖެހުނު ނަމަވެސް، މިހާތަނަށް އެއްވެސް މީހަކު މަރުވި ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.

ނަތަންޔާހޫގެ ޕާޓީއަށް މެޖޯރިޓީއެއް ނުލިބޭނެ

އިސްރާއީލުގެ އިންތިޚާބުގެ އެގްޒިޓް ޕޯލްތަކުން ދައްކާގޮތުގައި، ބޮޑުވަޒީރު ނަތަންޔާހޫގެ ކޯލިޝަނަށާއި އިދިކޮޅު ކޯލިޝަނަށް ވެސް ސަރުކާރެއް އެކުލަވައިލުމަށް ބޭނުންވާ 61 ގޮނޑީގެ އަޣުލަބިއްޔަތެއް ނުލިބެއެވެ. ދެ ފަރާތަށް ވެސް ލިބޭނެ ކަމަށް ލަފާކުރެވެނީ 51 ގޮނޑި ކަމަށްވާއިރު، ސަރުކާރެއް އެކުލަވައިލުމުގައި އަރަބި ޕާޓީތަކުގެ ދައުރު ބޮޑުވާނެ ކަމަށް ބެލެވެއެވެ. މި ނަތީޖާގެ ސަބަބުން އިސްރާއީލުގެ ސިޔާސީ މަސްރަހު އިތުރަށް އޮޅުންބޮޅުންވުމުގެ ފުރުސަތު އެބައޮތެވެ.

ބްރެޒިލްގެ އިދިކޮޅު ލީޑަރު ފިލައިގެން އެމެރިކާއަށް އެތެރެވެއްޖެ

މަނީ ލޯންޑަރިންގެ ތުހުމަތުތަކަކާ ގުޅިގެން ޕާސްޕޯޓް ހަވާލުކުރަން ބްރެޒިލްގެ ސުޕްރީމް ކޯޓުން އަމުރުކޮށްފައި ވަނިކޮށް، އެ ގައުމުގެ އިދިކޮޅު ލީޑަރު ފްލާވިއޯ ބޮލްސޮނާރޯ ފިލައިގެން އެމެރިކާއަށް އެތެރެވެއްޖެއެވެ. އޭނާގެ ޕާސްޕޯޓް ބާތިލްކުރިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި އެމެރިކާއަށް ގޮސްފައިވަނީ، އެ ގައުމުން އޭނާއަށް ވިސާ ދޫކޮށްފައިވާކަން ކަށަވަރުވިތާ މާގިނަ އިރުތަކެއް ނުވަނީހެވެ.

މި އަހަރު އެންމެ މަގުބޫލު ލަފުޒަކަށް "މެކްސިންގް" ހޮވައިފި

ޑިކްޝަނަރީ ޑޮޓް ކޮމް އިން 2026 ވަނަ އަހަރުގެ އެންމެ މަގުބޫލު ލަފުޒަކަށް، ކަމެއް އެންމެ ފުރިހަމައަށް ކުރުމުގެ މާނަ ދޭހަވާ "މެކްސިންގް" (maxxing) ހޮވައިފިއެވެ. މި ލަފުޒު ބޭނުންކުރާ މިންވަރު ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު 19 ގުނަ އިތުރުވެފައިވާއިރު، މިއީ ހާއްސަކޮށް ޒުވާނުންގެ މެދުގައި އެކި ކަންކަން އެންމެ މަތީ ދަރަޖައަށް ފުރިހަމަކުރުމަށް ބޭނުންކުރާ އިސްތިލާހެކެވެ.

Newsletter

Get the latest news delivered straight to your inbox