ސިންގަޕޫރާއި ޓިމޯ ލެސްޓޭ މެޗަށް އައިހު ސީނިއާ ގައުމީ ފުޓްބޯޅަ ޓީމަށް

May 30, 2025, 3:26 PM
ގައުމީ ޕްރެކްޓިހުގެ ތެރެއިން އައިހު.--- ފޮޓޯ: މުހައްމަދު ނަވާޒް / އަދަދު ސްޕޯޓްސް

ގައުމީ ޕްރެކްޓިހުގެ ތެރެއިން އައިހު.--- ފޮޓޯ: މުހައްމަދު ނަވާޒް / އަދަދު ސްޕޯޓްސް

އެކުވެރި ކަމުގެ މެޗެއްގައި ސިންގަޕޫރާ ދެކޮޅަށާއި އޭޝިއަން ކަޕް ކޮލިފައިންގައި ޓިމޯ ލެސްޓޭއާ ކުޅެން އޮތް މެޗަށް ގައުމީ ފުޓްބޯޅަ ޓީމަށް ނެގި ސްކޮޑުގައި، އޮޑި ސްޕޯޓްސް ކްލަބްގެ ފުލްބެކް، އަހުމަދު އައިހަމް (އައިހު) ހިމަނައިފި އެެވެ.

އައިހުގެ އިތުރުން ދެން، މުޅިން އަލަށް ސީނިއާ ގައުމީ ސްކޮޑަށް އެރީ ޓީސީ ސްޕޯޓްސް ކްލަބްގެ ޑިފެންޑަރު، ހަސަން އީނާޒް އާއި އޮޑިގެ ހައިޝަމް ރަޝީދު (ހައި) އެވެ.

ސްކޮޑުގައި ހިމެނޭ 23 ކުޅުންތެރިންނަށް ބަލާއިރު، މާޒިޔާގެ 13 ކުޅުންތެރިން ހިމެނެ އެވެ. ދެން، ސްކޮޑުގައި ތިބީ އޮޑިގެ ފަސް ކުޅުންތެރިންނާއި ބުރު ސްޕޯޓްސް ކްލަބްގެ ދެ ކުޅުންތެރިންނާއި ވިކްޓަރީ ސްޕޯޓްސް ކްލަބާއި ކްލަބް އީގަލްސް އަދި ޓީސީގެ ތެރެއިން ކޮންމެ ކްލަބަކުން ކުޅުންތެރިއެކެވެ.

އައިހު އަކީ މީގެ އަށް އަހަރު ކުރިން، ޓީސީން ފުރަތަމަ ޑިވިޝަނުގައި ކުޅެން ފެށި ކުުޅުންތެރިއެކެވެ. ރ. އިނގުރައިދޫ އަށް އުފަން، އައިހު، މި ސީޒަނުގައި އޮޑިއަށް ކުޅެން ފެށުމުގެ ކުރިން، އޭނާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިންނެވެ. އަދި، މިދިޔަ އަހަރު، ބ. އޭދަފުށިން ގޯލްޑް ކަޕް ކާމިޔާބުކުރިއިރު އެ ޓީމަށް ވެސް އައިހު ކުޅުނެވެ.

އީނާޒް އަންނަނީ ފާއިތުވި ސީޒަންތަކުގައި ޓީސީ ފަަހަތުގައި ގިނަ މެޗުތަކެއް ކުޅެފަ އެވެ. ހައި، އެންމެ ފުރަތަމަ ސަސް އަށް ފުރަތަމަ ޑިވިޝަނުގައި ކުުޅުނުއިރު، މިހާރު ކުޅެމުން އަންނަ އޮޑި އަށް ބަދަލުވުމުގެ ކުރިން، އޭނާ ވެސް ވަނީ ޓީސީ އަށް ކުޅެފަ އެވެ.

ގައުމީ ފުޓްބޯޅަ ޓީމަށް ކުޅުންތެރިން ނެގުމަށާއި ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވާން، ކުޅުނު އެފްއޭއެމް ލީގު ކަޕްގައި ވާދަނުކުރާ ފުރަތަމަ ޑިވިޝަންގެ ޓީމުތައް ކަމަށްވާ ވިކްޓަރީ، އީގަލްސް އަދި ބުރުގެ ކުޅުންތެރިން ވަނީ، ގައުމީ ސްކޮޑުގައި ހިމެނިފަ އެވެ.

ގައުމީ ސްކޮޑު:

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން: ސަމޫހު އަލީ (ސަމުއްޓެ)، ހުސެއިން ޝިފާއު ޔޫސުފް (ކުރޯ)، ހަސަން ނަޒީމް (ޗޯޓު)، ހަސަން ޝިފާޒް (ޑުންގާ)، ނާއިޒް ހަސަން (ދާދު)، އިޔާން އަބްދުލް އަލީމް (ޗިކީ)، ހަމްޒާ މުހައްމަދު (ހަމްޕު)، ހައިޝަމް ހަސަން (ބިޑި)، އަހުމަދު އައިހަމް (ފަތޯ)، ހުސެން ޝަރީފް (ހުސެން)، އަލީ ފާސިރު (ސެންޓޭ)، އައިސަމް އިބްރާހިމް، މުހައްމަދު އިރުފާން (އިރޭ)

އޮޑި ސްޕޯޓް ކްލަބް: އަހުމަދު ނޫމާން (ހެލްމެޓް)، ހުސެއިން ނިހާން (ނިހާޓް)، މުޒްދާން ހަސަން، އަހުމަދު އައިހަމް (އައިހު)، ހައިސަމް ރަޝީދު (ހައި)

ބުރު ސްޕޯޓްސް ކްލަބް: މުހައްމަދު ނާއިމް، އިބްރާހިމް އުސާމާ ހަސަން މަޖީދު

ކްލަބް އީގަލްސް: އަހުމަދު ރިޒްވާން (ރިޒޭ)

ވިކްޓްރީ ސްޕޯޓްސް ކްލަބް: މުހައްމަދު ޔާމީން

ޓީސީ ސްޕޯޓްސް ކްލަބް: ހަސަން އީނާޒް

ގައުމީ ފުޓްބޯޅަ ޓީމުން އެކުވެރިކަމުގެ މެޗުގައި، ސިންގަޕޫރާ ދެކޮޅަށް އެ ގައުމުގައި ކުޅޭނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު އެވެ. މިއީ، ސިންގަޕޫރާއި ރާއްޖޭން ތިން އަހަރު ތެރޭ ކުޅޭ ފުރަތަމަ މެޗެވެ. މީގެ ކުރިން، 2022 ވަނަ އަހަރު ރާއްޖެ އަތުން އެކުވެރިކަމުގެ މެޗެއްގައި ސިންގަޕޫރު ވަނީ 3-1 އިން މޮޅުވެފަ އެވެ.

އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅެން އޮތް ޓިމޯ ލެސްޓޭ (އީސްޓް ޓިމޯ)ގެ ހޯމް މެޗު އޮތީ އޮސްޓްރޭލިއާގަ އެވެ. ފީފާ/އޭއެފްސީ މިންގަނޑުތަކަށް ފެތޭ ދަނޑެއް ޓިމޯ ލެސްޓޭގައި ނެތުމުން، އޭޝިއަން ކަޕް ކޮލިފައިންގައި ޓިމޯ ލެސްޓޭގެ ހޯމް މެޗުތައް ކުޅޭނެ ދަނޑެއް ހޯދުމަށް އޮތީ އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނަށެވެ. އެ ގޮތުން، އަންނަ މަހު 10 ވަނަ ދުވަހު، ރާއްޖެއާ ދެކޮޅަށް ކުޅެން އޮތް މެޗު އެންމެ ފުރަތަމަ ޝެޑިއުލްކުރެވޭތޯ މަސައްކަތް ކުރީ ތައިލެންޑްގައި ކުޅުމަށެވެ. އެކަމަކު، އެ ނިންމުން ކޮޅެއްގައި ނުޖެހި، އެންމެ ފަހުން އޮސްޓްރޭލިއާގައި ކުޅޭ ގޮތަށް ޓިމޯ ލެސްޓޭ އިން ނިންމީ އެވެ.

ޓިމޯ ލެސްޓޭ އިން ރާއްޖެއާ ދެކޮޅަށް ނުކުންނަ މެޗު، އޮތީ، އޮސްޓްރޭލިއާގެ ޑާވިންގެ ޓެރިޓަރީ ރަގްބީ ލީގު ސްޓޭޑިއަމްގަ އެވެ. ޖުމްލަ އެކު، 10،000 މީހުންނަށް ވަދެވޭ މި ސްޓޭޑިއަމަކީ ރަގްބީ އަށް ބޭނުންކުރި ދަނޑެއް ނަމަވެސް، ފުޓްބޯޅަ މެޗުތައް ވެސް ކުޅޭ ސްޓޭޑިއަމެކެވެ. މި މެޗު ވެގެންދާނީ އޮސްޓްރޭލިއާގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗަށެވެ.

ކޮލިފައިންގައި ރާއްޖެ ކުޅޭ ފުރަތަމަ ތިން މެޗު ވެސް އޮތީ ރަށުންބޭރުގަ އެވެ. އެ ގޮތުން، މާޗް މަހު ފިލިޕީންސާ ދެކޮޅަށް އެ ގައުމުގައި ކުޅުނު މެޗުން ރާއްޖެ ވަނީ 4-1 އިން ބަލިވެފަ އެވެ. ޓިމޯ ލެސްޓޭ ފުރަތަމަ މެޗުން ތަޖިކިސްތާން އަތުން ބަލިވީ 1-0 އިންނެވެ

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox