ކެމިކަލް ގުދަނުގެ އަލިފާން: ތިން ގެއެއް އަނދައި އަޅިއަށްވީ ގްރީން ޕާތުގެ އިހުމާލުން ކަމަށް ހައި ކޯޓުން ވެސް ކަނޑައަޅައިފި

ތިލަފުށީގޭގައި ހުރި ކެމިކަލް ގުދަނުގައި ރޯވި އަލިފާންގަނޑު ފެތުރި ޖެހިގެން ހުރި ގެ އަނދައި އަޅިއަށް ވެފައި. އެ ގުދަނަކީ ކެމިކަލް ރައްކާ ކުރުމަށް އެކަށީގެންވާ ގޮތަށް ހަދާފައި ހުރި ތަނެއް ނޫންކަން ތަހުގީގުން ވަނީ ހާމަވެފައި --- ފޮޓޯ: އަދަދު ފައިލް

ތިލަފުށީގޭގައި ހުރި ކެމިކަލް ގުދަނުގައި ރޯވި އަލިފާންގަނޑު ފެތުރި ޖެހިގެން ހުރި ގެ އަނދައި އަޅިއަށް ވެފައި. އެ ގުދަނަކީ ކެމިކަލް ރައްކާ ކުރުމަށް އެކަށީގެންވާ ގޮތަށް ހަދާފައި ހުރި ތަނެއް ނޫންކަން ތަހުގީގުން ވަނީ ހާމަވެފައި --- ފޮޓޯ: އަދަދު ފައިލް

ސެޕްޓެމްބަރު 20، 2019 ވަނަ ދުވަހު ހ. ތިލަފުށީގޭގައި ހުރި ކެމިކަލް ގުދަނެއްގައި އަލިފާން ރޯވެ، މުޅި ސަރަހައްދަށް އެ އަލިފާންގަނޑު ފެތުރި ތިން ގެއެއް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެ އަނދައި އަޅިއަށްވީ އެ ގުދަން ހިންގި ގްރީން ޕާތު ޕްރައިވެޓް ލިމިޓެޑްގެ އިހުމާލު ކަމަށް ސިވިލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން ވެސް ތާއީދުކޮށްފި އެވެ.

އެ އަލިފާނުގެ ހާދިސާގައި ބޭނުން ނުކުރެވޭ ވަރަށް ހަލާކުވީ ހ. ރަދުވާނިއާ، ހ. އީވާއުގެ އަދި ހ. އީރާނުގެ އެވެ. އެ ތިން ގޭގެ ވެރިފަރާތްތަކުން ގްރީން ޕާތާ ދެކޮޅަށް ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ ސެޕްޓެމްބަރު 2020، ގަ އެވެ.

އެ ތިން ގެ ވެސް ދިރިނޫޅެވޭ ވަރަށް ހަލާކުވީ ގްރީން ޕާތުގެ އިހުމާލުން ކަމަށް ސިވިލް ކޯޓުން ކަނޑައެޅީ ނޮވެމްބަރު 28، 2021 ގަ އެވެ. ގްރީން ޕާތުން މި ތިން ގަޒިއްޔާގެ އިސްތިއުނާފު ހުށަހެޅުމުން އަޑުއެހުންތައް ހައި ކޯޓުގައި ކުރިއަށްގެންދިޔައީ އެކުއެކީގަ އެވެ.

އަލިފާން ރޯވި ގުދަނުގައި ކަރަންޓު ނުހުންނަ ކަމަށާއި، އެ ތަނުގައި ވައި ބޭރުކުރަން ހަރުކޮށްފައި ހުރި އެގްޒޯސްޓް މަސައްކަތް ނުކުރާތީ އަލިފާން ރޯވުމަށް ބޭނުންވާ ހީޓް އެނާޖީ ލިބުނު ކަމަށް ފުލުހުންގެ ތަހުގީގަށް ވަނީ ހޯދިފަ އެވެ. އަދި ގުދަނުގެ ތަޅުންގަނޑު ތައްޔާރުކޮށްފައި ވަނީ ކެމިކަލް ރައްކާ ކުރަން އެންމެ އެކަށީގެންވާ ގޮތަށް ނޫން ކަމަށް ވެސް ތަހުގީގަށް އެނގިފައިވެ އެވެ.

އޭގެ އިތުރުން، "ނުރައްކާތެރި ކެމިކަލާ ބެހޭ ގަވާއިދު" ވުޖޫދުވީ މި ހާދިސާއަށް ފަހު ކަމަށާއި އިހުމާލުގެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅިއިރު ވެސް ފުލުހުންގެ ތަހުގީގު ނިމިފައި ނުވާތީ އެއީ ތަހުގީގަށް ހުރަސް އެޅޭނެ ކަމެއް ކަމަށް އެ ކޯޓުގައި ދިފާއުވަމުން ގްރީން ޕާތުން ބުނެފައި ވެއެވެ.

އެ ނުކުތާއާ ގުޅިގެން ފުލުހުން މައްސަލަ ނިންމި ގޮތް ސިޓީއެއް މެދުވެރިކޮށް ސިވިލް ކޯޓުން ސާފުކޮށްފައި ވެއެވެ. އެ ސިޓީގައިވާ ގޮތުން އަލިފާންގަނޑު ފެށުނީ ތިލަފުށީގޭގެ ގުދަނުގައި އުތުރު ފަރާތުގައި ފާރު ކައިރިން މެދަކާ ހިސާބުން ކަމަށް ބަޔާންކޮށްފައިވެ އެވެ.

މި ދައުވާއަށް އިންކާރު ކޮށް ގްރީން ޕާތުން ބުނެފައިވަނީ މެއި 21، 2019 ގައި "ކެމިކަލް ގުދަންކުރާ ތަނުގެ ހުއްދަ" އެއް އަހަރު ދުވަހުގެ މުއްދަތަށް ޑިފެންސް މިނިސްޓްރީން އައު ކޮށްދީފައިވާ ކަމަށެވެ. އަދި، އެފަދަ ގުދަނެއްގައި ހުންނަން ޖެހޭ ރައްކާތެރިކަމާއި، ސަލާމަތީ ކަންކަން ބަލަހައްޓާފައި ނުވާނަމަ ޑިފެންސް މިނިސްޓްރީން ހުއްދަ އައު ނުކޮށްދޭނެ ކަމަށް ގްރީން ޕާތުން ދިފާއުގައި ބުނެފައިވެ އެވެ.

މި މައްސަލައިގެ ތަހުގީގު ނިންމައި ޕޮލިސް ރިޕޯޓު ފޮނުވީ އެޕްރީލް 24، 2024 ގަ އެވެ. އެ ރިޕޯޓުގައި އޮތް ހަމައެކަނި ތަފާތަކީ، މައްސަލަ ތަހުގީގު ކުރާ ކަމަށް ކުރިން އޮތް ޖުމުލައިގެ ބަދަލުގައި، އަލިފާނުގެ ހާދިސާއަކީ މީހަކު ނުވަތަ ބަޔަކު ގަސްދުގައި ކޮށްފައިވާ އަމަލެއް ކަމަށް ތަހުގީގު ކުރި ފަރާތަށް ނުފެންނަ ކަމަށް ބަޔާންކޮށްފައިވުން ކަމަށް ހައި ކޯޓުގެ ނިންމުމުން އެނގެ އެވެ.

މި މައްސަލަ ހައި ކޯޓުގައި އިސްއިތުނާފު ކުރަމުން ގްރީން ޕާތުން އެދުނީ ސިވިލް ކޯޓުން މައްސަލަ ނިންމީ އިހުމާލުގެ އުންސުރުތަކަށް ރިއާޔަތް ކުރުމެއް ނެތި، އަދުލުވެރި ނިންމުމެއް ނޫން ކަމަށް ކަނޑައަޅައި އެ ކޯޓުގެ ނިންމުން ބާތިލު ކުރުމަށެވެ.

ސިވިލް ކޯޓުގެ ހުކުމުގައިވާ ވާހަކަތައް ގްރީން ޕާތުން އޮޅުވާލަން އުޅޭ ކަމަށް ނުވަތަ ފަހުމްވުމުގައި މައްސަލައެއް އުޅޭ ކަމަށް ދެކޭ ކަމަށް އެ ތިން ގޭގެ ވެރި ފަރާތްތަކުން ވަނީ ހައި ކޯޓުގައި ބުނެފަ އެވެ.

ޑިފެންސްގެ ހުއްދައިން އެ ގުދަނަކީ "ކެމިކަލް ސްޓޯކުރާ ގުދަން ހަދާފައި ހުންނަން ޖެހޭ މިންގަނޑު" ގައި ހުރި ތަނެއް ކަމަށް ކަނޑައެޅިފައިވީ ނަމަވެސް އެ ހުއްދަ ދޫކުރި ތާރީހުން ފެށިގެން އަލިފާނުގެ ހާދިސާ ހިނގައިިދިޔަ ތާރީހާ މެދު އެ ހާލަތު ބަދަލުވެފައިވޭތޯ ގްރީން ޕާތުން ބަލާފައި ނުވާ ކަމަށް ހައި ކޯޓުގެ ނިންމުމުގައި ވެ އެވެ. އެއީ، އިސްތިއުނާފީ މަރުހަލާގައި ގްރީން ޕާތުން ދައްކާފައިވާ ވާހަކަތަކުން އެ ތަނަށް މުދާ ވެއްދި ކަމާއި، މުދާ ނެރުނު ކަމާއި، ތަނުގައި ކަރަންޓު ހުރި ކަމެއް ނެތް ކަމެއް، އަދި އޭގެ ސަބަބުން އެގްޒޯސްޓް މަސައްކަތް ކުރާ ކަމެއް ނުކުރާ ކަމެއް ގްރީން ޕާތަށް ބުނެދެވިފައި ނުވުމުންނެވެ. ގްރީން ޕާތުގެ ގުދަނުގައި އަލިފާން ރޯވިއިރު ހުރި ހާލަތާ މެދު ގްރީން ޕާތުގެ އެއްވެސް ފަރުވާލެއް ނެތް ކަމަށް ހައި ކޯޓަށް ސާފުވާ ކަމަށް އެ ނިންމުމުގައިވެ އެވެ.

ކެމިކަލް ގުދަން ކުރުމުގައި އާންމު މިންގަނޑަށް ވުރެ ފަރުވާތެރިވުމުގެ ގާނޫނީ ގްރީން ޕާތުގެ ކިބައިގައި ޒިންމާއެއް އޮތް ކަމަށާއި، އެ ޒިންމާ އަދާކުރުމަށް އަމަލެއް ކޮށްފައިވާކަން އެނގެން ނެތް ކަމަށް ހައި ކޯޓުގެ ނިންމުމުން އެނގެ އެވެ.

މި މައްސަލައިގައި އެ ތިން ގޭގައި ވެސް އަލިފާން ރޯވީ ގްރީން ޕާތުގެ އިހުމާލުން ކަމަށް މަދަނީ މިންގަނޑުން ސާބިތުވާ ކަމަށް ސިވިލް ކޯޓުން ކަނޑައަޅާފައިވަނީ ގާނޫނީ އަދި ޝަރުއީ އުސޫލުތަކާ އެއްގޮތް ކަމަށް ނިންމައި އެ ހުކުމަށް ވަނީ ތާއީދުކޮށްފަ އެވެ.

ކެމިކަލް ގުދަނުގެ އަލިފާން ރޯވުމުގެ ހާދިސާ

ތިލަފުށީގޭގައި ޓިނުން ހަދާފައި ހުރި ކެމިކަލް ގުދަނުގައި އަލިފާން ރޯވީ ސެޕްޓެމްބަރު 20، 2019 ގެ 19:21 ހާއިރު އެވެ. އަލިފާންގަނޑު ނިއްވާލީ ސެޕްޓެމްބަރު 21، 2019 ގެ މެންދަމު ވަގުތުގަ އެވެ.

އެ ހާދިސާގައި އަންހެނަކު މަރުވުމުގެ އިތުރުން ހާލުގައި ޖެހިގެން 786 މީހަކު އެހީއަށް އެދުނުއިރު، 400 އަށްވުރެ ގިނަ މީހުންގެ ގެދޮރު ގެއްލި ވަގުތީ ހިޔާތަކަށް ބަދަލުކުރި އެވެ. ޖުމުލަ ހަތަރު ގުދަނެއްގައި ރޯވެ ހަތް ގެއަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.

ހާދިސާއަށް ތިން ދުވަސް ފަހުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ކެމިކަލް ގުދަންކުރުމާ އެތެރެކުރުމާ ބެހޭ ގަވާއިދެއް ހަދައި ގެޒެޓު ކުރި އެވެ. އެ ގަވާއިދުގައި ވާ ގޮތުން މީހުން ދިރުއެޅޭ އިމާރާތެއްގައި ކެމިކަލް ރައްކާ ކުރާ ގުދަންތައް ނުހެދޭނެ އެވެ. އޭރު ކެމިކަލް ގުދަންތައް ބަދަލުކުރަން ނިންމީ ތިލަފުއްޓަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓެކްސް ނުދައްކާ ލިސްޓުގައި ބައްސާމްގެ ނަން

ޖުމްލަ 33 ފަރާތެއް ހިމެނޭ މި ލިސްޓުގައި ބައެއް ކުންފުނިތަކާއި މަޝްހޫރު ފަރާތްތައް ހިމެނޭއިރު، މީގެ ތެރެއިން ކޮންމެ ފަރާތަކުންވެސް ދައުލަތަށް އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ޖެހެއެވެ.

ބްރިޖަށް އުރުނު ދެ ބޯޓު އޮޔާދިޔަ މައްސަލަ ތަހުގީގުކުރަނީ

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް ދެ ބޯޓެއް އޮޔާގޮސް ސިނަމާލެ ބްރިޖުގެ ތަނބެއްގައި ޖެހުނު ހާދިސާގައި، އެ މުއައްސަސާއިން ގާނޫނާއި ގަވާއިދާ ހިލާފު ކަމެއް ކޮށްފައިވޭތޯ ބެލުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން (އެންއައިސީ) ތަހުގީގެއް ފަށައިފިއެވެ.

ވަގުތުން ފައިސާ ލިބޭގޮތަށް ހަރުމުދާ ވިއްކުން މުހިންމު: ނަޝީދު

ރަސްމާލޭގައި މެރީނާއެއް ތަރައްގީކުރަން ބޭރު ކުންފުންޏަކާ ހަވާލުކުރުމަކީ މާލީ ދަތިކަމުން އަރައިގަތުމާ ގުޅުންހުރި ކަމެއް ނޫން ކަމަށާއި، އެ މަޝްރޫއުން މަންފާއެއް ލިބެން ގިނަ ދުވަސް ނަގާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ފުލުހުންނާ މާރާމާރީ ހިންގި ހަ މީހަކަށް ދައުވާކޮށްދޭން އެދިއްޖެ

ކ. މާފުށީގައި މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު ބަލައިފާސްކުރަނިކޮށް ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި ހަ މީހެއްގެ މައްޗަށް ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވައިފިއެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ ތެރެއިން ފަސް މީހަކު މިހާރުވެސް ބަންދުގައި ތިބިއިރު، ކޯޓުން ދޫކޮށްލި މީހެއްގެ މައްސަލަ ހައިކޯޓުގައި ވަނީ އިސްތިއުނާފުކޮށްފައެވެ.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ޓެކްސް ލުޔެއް ނުދެން: މުއްތަލިބު

ރަސްމާލޭ އިންޓަގްރޭޓަޑް ޒޯން ތަރައްގީކުރާ ޔޫއޭއީގެ ކުންފުންޏަށް އެއްވެސް ޓެކްސް ލުޔެއް ނުދޭނެ ކަމަށާއި، އެތަނުގައި ހިންގާ ހުރިހާ ވިޔަފާރިތަކަކުން އާންމު އުސޫލުން ޓެކްސް ނަގާނެ ކަމަށް މުއްތަލިބު ވިދާޅުވި. މި މަޝްރޫއުގެ މުއާމަލާތްތަކުން ލިބޭ އާމްދަނީގެ ވަކި ޕަސެންޓެއް ސަރުކާރަށް ލިބޭއިރު، 11 ބިލިއަން ޑޮލަރު ބަޖެޓަށް ވަންނާނެ ކަމަށް ވެސް ވިދާޅުވި.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ދޭ ބިމުގެ ސައިޒާއި އަގެއް ނުބުނި

ޑުބާއީގެ އީގަލް ހިލްސް ކުންފުންޏަށް ފުށިދިއްގަރު ފަޅުން ދޫކުރާ ބިމުގެ ބޮޑުމިނާއި އަގު ސަރުކާރުން ހާމަކޮށްފައެއް ނުވޭ. މި މަޝްރޫއުގެ ދަށުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، ރިސޯޓުތަކާއި، ސިއްހީ މަރުކަޒުތައް ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފަ.

ރަސްމާލެއަށް އިންވެސްޓުކުރާ ކުންފުނިން ހައުސިން އަޅައިދެނީ

ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން އެ ކުންފުނިން ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓް އަޅާނެއެވެ. މީގެ އިތުރުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، މެރީނާއެއްގެ އިތުރުން އެކި ވަސީލަތްތައް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.

Newsletter

Get the latest news delivered straight to your inbox