ތަކުރާރުކޮށް ބައްދަލުކުރަން އެދުމުން ވެސް ޖަވާބެއް ނުދިނުމުން ކަންބޮޑުވުން ހިފައިގެން ކައުންސިލަރުން ރައީސް އޮފީހަށް

ލާމަރުކަޒީ ނިޒާމުގައި ހުރި ކަންބޮޑުވުންތަކާ ގުޅިގެން ރައީސް އޮފީހަށް ސިޓީއެއް ލުމަށްފަހު ކައުންސިލަރުން ނުކުންނަނީ -- ފޮޓޯ: މުހައްމަދު ޝަހުޒާން / އަދަދު

ލާމަރުކަޒީ ނިޒާމުގައި ހުރި ކަންބޮޑުވުންތަކާ ގުޅިގެން ރައީސް އޮފީހަށް ސިޓީއެއް ލުމަށްފަހު ކައުންސިލަރުން ނުކުންނަނީ -- ފޮޓޯ: މުހައްމަދު ޝަހުޒާން / އަދަދު

ލާމަރުކަޒީ ނިޒާމަށް ސަރުކާރުން ގެންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވަމުންދާ ގޮންޖެހުންތަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުއާ ބައްދަލުކުރުމަށް ތަކުރާރުކޮށް އެދުމުން ވެސް އިޖާބަނުދެއްވުމުން، އެންމެފަހުން ކަންބޮޑުވުންތައް ހިމަނާފައިވާ ސިޓީއެއް ލޯކަލް ކައުންސިލްސް އެސޯސިއޭޝަނުން ރައީސް އޮފީހަށް ހުށަހަޅައިފި އެވެ.

ލާމަރުކަޒީ ނިޒާމުގައި ހުރި ކަންބޮޑުވުންތަކާ ގުޅިގެން ރައީސް އޮފީހަށް ސިޓީއެއް ހުށަހެޅުމަށްފަހު ނުކުމެވަޑައިގެން އަދަދު އާ ވާހަކަ ދައްކަވަމުން އެމްއެލްސީއޭގެ ޗެއާޕާސަން، މުހައްމަދު ބަޝީރު (ބައްޓޭ) ވިދާޅުވީ ރައީސް އޮފީހަށް ސިޓީއެއް ލާން ދާން ޖެހުނީ އީމެއިލް މެދުވެރިކޮށް ބައްދަލުކުރަން އެތައް ފަހަރަކު އެދުމުން ވެސް ރައީސް އިޖާބަ ނުދެއްވުމުން ކަމަށެވެ.

"އަޅުގަނޑުމެން މިއަދު މިއައީ ހަމަ ސިޓީއެއް ލާންވެގެން، އެކަމަކު ސިޓީބިޓީއަކީ އަޅުގަނޑުމެން އީމެއިލް މެދުވެރިކޮށް ފޮނުވާ އެއްޗެހި، ދެން އެ އެއްޗެއްސަށް ޖަވާބު ނުދޭތީ އާއި ލިބުނުކަމެއް ނުލިބޭ ކަމެއް ނޭނގޭތީ އެންމެން މި ތަނަށް މި ވަދެލީ،" ބަޝީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައީސް އޮފީހަށް ގޮސް ސިޓީއެއް ލާންޖެހުނީ ލާމަރުކަޒީ ނިޒާމަށް ގެންނަ ބަދަލުތަކާ ގުޅިގެން ކައުންސިލްތަކާ ވެސް އަދި ރައްޔިތުންނާ ވެސް ސަރުކާރުން މަޝްވަރާ ނުކުރާތީ ކަމަށެވެ. މަޝްވަރާ ކުރުމެއްނެތި ސަރުކާރުން ގެންނަ ބަދަލުތަކާ ގުޅިގެން ވަރަށް ބޮޑެތި ކަންބޮޑުވުން އެބަހުރި ކަމަށް ބަޝީރު ވިދާޅުވި އެވެ.

"ގިނަ ބަދަލުތަކަކީ ވަރަށް ކަންބޮޑުވާ ބަދަލުތައް، ދެން މިދިޔަ އަހަރާއި މި އަހަރު ގެނެސްފައި ހުރި ބަދަލުތަކަކީ ވެސް ވަރަށް ކަންބޮޑުވާ ބަދަލުތައް، އެއީ ކައުންސިލްތަކުގެ މުދާ ބަދަލު ނުދީ ނެގޭނެ ގަވާއިދެއް އެބައޮތް، އާބަން ޑިވެލޮޕްމެންޓް ގާނޫނު އޮތްގޮތުން އިހުތިސާސް، ރަށެއްގެ އިހުތިސާސްއިން ހަމަ ސަރުކާރުން ބޭނުންހާ ތަނެއް ނަގައިގެން ބޭނުންހާ ކަމެއް ކުރެވޭ، މަޝްވަރާ ހިންގާކަށް ނުޖެހޭ،" ބަޝީރު ވިދާޅުވި އެވެ.

"ދެން ކުރިއަށް ހުރި ބަދަލުތައް ވެސް ކަންބޮޑުވާތީއާ އެއްކޮށް މިއައީ،"

އެމްއެލްސީއޭގެ ފަރާތުން ވާހަކަ ދައްކަވަމުން ބ. އަތޮޅު ކައުންސިލުގެ ރައީސް، އަހުމަދު އަފްރާހު ވިދާޅުވީ ލާމަރުކަޒީ ނިޒާމަށް ގެންނަ ބަދަލުތަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އާ ބައްދަލުކުރަން މީގެ އަހަރެއްހާ ދުވަސްކުރިން އެދިފައިވާނެ ކަމަށެވެ. ނަމަވެެސް އީމެއިލްގެ ޒަރިއްޔާއިން އެދުނު އެ އެދުމަށް މިއަދާ ހަމައަށް ވެސް ރައީސްގެ ފަރާތުން އިޖާބަދެއްވާފައި ނުވާކަން އޭނާ ފާހަގަކުރެއްވި އެވެ.

"މިދިޔަ އަހަރު އަޅުގަނޑުމެން ވާނެ ރައީސުލްޖުމްހޫރިއްޔާއާ ބައްދަލު ކުރުމަށްޓަކައި އެމްއެލްސީއޭގެ ފަރާތުން ހަމަ ސިޓީއެއް ފޮނުވާފައި، އެއީ އީމެއިލްގެ ޒަރިއްޔާއިން ފޮނުވާފައިވާ ސިޓީއެއް، ދެން މި އަހަރު ވެސް އަނެއްކާ އަޅުގަނޑުމެން އީމެއިލްގެ ޒަރިއްޔާއިން ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރަން އަޅުގަނޑުމެން ވާނެ ފޮނުވާފައި މި ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން،" އަފްރާހު ވިދާޅުވި އެވެ.

ލާމަރުކަޒީ ނިޒާމަށް ސަރުކާރުން ގެންނަ ބަދަލުތަކާއި އެ ނިޒާމާ ގުޅުވައި ރައީސް މުއިއްޒު ދައްކަވަމުންދާ ވާހަކަތަކާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން ކައުންސިލަރުންގެ އަދަދު މަދު ކުރަންޖެހޭ ކަމަށާއި، ބައެއް ކައުންސިލަރުން މަސައްކަތެއް ނުކުރައްވައި މަހަށް ވަޑައިގަންނަވާ ކަމަށް ވިދާޅުވެ ވަރަށް ބޮޑަށް އެމަނިކުފާނު ފާޑުވިދާޅުވި އެވެ.

"100 މީހުން ތިބޭ ރަށުގައި ވެސް 5 ކައުންސިލަރުން އެބަ ތިއްބޭ. ކައުންސިލްގައި ތިބެނީ. ބައްޕަ އާއި މަންމަ އާއި ދަރިންނާ. އެކަކު ދަނީ މަހަށް. އެއީއެއް ނޫން އަޅުގަނޑުމެން ބޭނުންވާ ގޮތަކީ," މިދިޔަ އަހަރުގެ ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވި އެވެ.

އޭގެއިތުރުން ކޮންމެ ހަފުތާއަކުން ގެނެސްދޭ "ރައްޔިތުންނާއެކު" ޕޮޑްކާސްޓުގައި ވާހަކަދައްކަވަމުން މެއި 15، ގައި ރައީސް ވަނީ ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތަކަށް ދައުލަތުގެ ބަޖެޓުން ދޫކުރާ މާލީ އެހީ، ބްލޮކް ގްރާންޓު ނަގައިގެން ކައުންސިލްތަކުން ތަޖުރިބާ ދަތުރުގެ ނަމުގައި ދަނީ ބެންކޮކަށް ކަމަށް ވިދާޅުވެފަ އެވެ.

"މިހާރު ވާގޮތަކީ، ބްލޮކް ގްރާންޓް ނަގައިގެން ދަނީ ތަޖުރިބާ ދަތުރު ކިޔާފައި، ބެންކޮކަށާއި ތަންތަނަށް. މުޅި ކައުންސިލް އޮތްގޮތަށް އިނގޭތޯ. ރައްޔިތުންނަށް ކޮން ފައިދާއެއްތޯ އެއިން ކުރަނީ؟ އެއީއެއް ނޫނޭ ބްލޮކް ގްރާންޓް ބޭނުންކުރަން އޮންނަ ކަމަކީ،" ރައީސް ވިދާޅުވި އެވެ.

އެ ދަތުރުތައް ކައުންސިލްތަކުން ދަނީ "އަމިއްލަ އުފަލަށް" ކަމަށް ރައީސް ވިދާޅުވި އެވެ. ބައެއް ކައުންސިލްތަކުން އެ ގްރާންޓު ހަރަދު ނުކޮށް ބަހައްޓާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"އެ ދައުރު ނިމޭއިރުގައި، ބްލޮކް ގްރާންޓް ސޭވްކުރަން އެބަ ބޭނުންވޭ. ހަރަދު ނުކޮށް ބަހައްޓަން. ބްލޮކް ގްރާންޓް މިއީ، ގާނޫނުގައި، ލާމަރުކަޒީ ގާނޫނުގައި، ކައުންސިލްތަކުގެ މައްޗަށް މަތިކޮށްފައި އޮތް ހުރިހާ ޒިންމާއެއް އަދާކުރަން ދޭ ފައިސާ. ވަރަށް ގިނަ ޒިންމާތައް ހުންނާނެ. އެ ކަންކަން ކުރަންދޭ ފައިސާ ވެސް ހަރަދުނުކޮށް، ބެންކޮކަށް ދިޔުމާއި، ސޭވްކުރުން،" ރައީސް ވިދާޅުވި އެވެ.

"ގާނޫނުގައި ބުނެފައި އޮތް ކަންކަން ކުރަން. އެހެންވީމާ، ސޭވް ވެސް ކުރަނީ. އަނެއްކާ ދަތުރު ވެސް ދަނީ. އަމިއްލަ އުފަލަށް ދަތުރު ދަނީ."

ލާމަރުކަޒީ ނިޒާމަށް ކުޑައިމީސްވާގޮތަށް ރައީސް ދައްކަވާ ވާހަކަފުޅާއި ކުރައްވާ ކަންކަމަށް އިދިކޮޅު ޑިމޮކްރެޓްސް އާއި އެމްޑީޕީން ވަނީ ފާޑުކިޔައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox