ފަޒުލް އިސްތިއުފާ ދިނުމުގެ ފައިދާ އެޗްޑީސީން އެބަ ފެނޭ: ރައީސް

އެޗްޑީސީގެ ކުރީގެ އެމްޑީ، އިބްރާހިމް ފަޒުލް ރަޝީދު ސަރުކާރުގެ ޖަލްސާއެއްގައި -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

އެޗްޑީސީގެ ކުރީގެ އެމްޑީ، އިބްރާހިމް ފަޒުލް ރަޝީދު ސަރުކާރުގެ ޖަލްސާއެއްގައި -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ބޮޑެތި ކޮރަޕްޝަންގެ މައްސަލަތަކެއް ފެންމަތިވުމާ ގުޅިގެން ކުރިމަތިވި ފާޑުކިޔުންތަކާ ހެދި މަޖުބޫރުވެގެން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުކަމުން އިބްރާހިމް ފަޒުލް ރަޝީދު އިސްތިއުފާ ދެއްވުމުގެ ފައިދާ މިހާރު އެ ކުންފުނިން ފެންނަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އެހެން ވިދާޅުވީ ހުޅުމާލޭގެ މާސްޓާ ޕްލޭނަށް ގެނައި ބަދަލުތަކާއި އެޗްޑީސީގެ ރަސްމީ ވެބްސައިޓު އިފުތިތާހު ކޮށްދިނުމަށް މިއަދު ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. ފަޒުލް އިސްތިއުފާ ދެއްވީ ރައީސް އަންގަވައިގެން ކަމަށް ދޭހަވާ މޭރުމަކުން ވާހަކަދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ކޮރަޕްޝަން ނައްތާލެވިފައިވާ ނިޒާމެއްގެ ތެރެއިން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ބަދަލުތައް ގެންނަވާ ކަމަށެވެ. އެޗްޑީސީގެ ނަން ރައީސް ފާހަގަކުރެއްވީ އޭގެ މިސާލެއްގެ ގޮތުންނެވެ.

"ސަރުކާރުގެ ކުންފުނިތައް ހިންގުމުގެ ނިޒާމަށް، ނޫނީވިއްޔާ ހިންގުމަށް އެކި ބަދަލުތައް އަޅުގަނޑު އެބަ ގެންނަން، ހިންގާ ބޭފުޅުން ބަދަލުކުރަން، ނޫނީވިއްޔާ ޓީމަށް އެބަ ބަދަލުތައް ގެންނަން، ބޭނުމަކީ ގުޑް ގަވަނަންސް އެންޝުއާ ކުރުން، ޓްރާންސްޕޭރަންސީ ޔަގީން ކުރުން، ދެފުށް ފެންނަ ކޮރަޕްޝަން ނައްތައިލެވިފައިވާ، ހަރުދަނާ ނިޒާމެއްގެ ތެރެއިން ކުންފުނިތައް ހިންގުން ޔަގީންކުރުން،" ރައީސް ވިދާޅުވި އެވެ.

Advertisement

"އޭގެ ފުރިހަމަކަން ނޫނީ އޭގެ ފައިދާ އިރާދަކުރެއްވީތީ، އެޗްޑީސީން މިހާރު މިވަނީ ފެންނަން ފަށާފައި."

ރައީސް އެހެން ވިދާޅުވި ނަމަވެސް އެޗްޑީސީގެ ހިންގުމަށް ބަދަލު ގެންނެވީ އެމަނިކުފާނެއް ނޫނެވެ. އެއީ އަމާޒުވަމުންދިޔަ ފާޑުކިޔުންތަކާ ގުޅިގެން ފަޒުލް އަމިއްލައަށް ނިންމި ނިންމުމެކެވެ.

މަގާމުން އިސްތިއުފާ ދެއްވުމަށްފަހު ފަޒުލް އާންމުކުރެއްވި ސިޓީގައި ވެސް އެކަން ބަޔާން ކޮށްފައިވެ އެވެ. އެ ސިޓީގައި ބުނެފައި ވަނީ ފަޒުލް މެނޭޖިން ޑިރެކްޓަރު ކަމުގައި އެޗްޑީސީން ނިންމާފައިވާ ހުރިހާ ނިންމުމަކީ ވެސް ކުންފުނީގެ ޕޮލިސީތަކުގެ އިމުގެ ތެރެއިން އެޗްޑީސީގެ މަސްލަހަތު އިސްކޮށްގެން ނިންމާފައިވާ ނިންމުންތަކެއް ކަމަށެވެ.

ފަޒުލް އިސްތިއުފާ ދިން ސަބަބެއްގެ ގޮތުގައި އެ ސިޓީގައި ބުނީ އޭނާގެ މައްޗަށް ކުރެވުނު ތުހުމަތުތަކުގެ ސަބަބުން އެޗްޑީސީ އާއި ސަރުކާރުގެ ސިޔާސަތުތައް ހުއްޓިފައި އޮންނަން ބޭނުން ނުވުމެވެ.

ރައީސް މިއަދު ވިދާޅުވީ މިއަދު އެޗްޑީސީން އިފުތިތާހު ކުރި ވެބްސައިޓުގެ ސަބަބުން އެ ކުންފުނީގެ ހިންގުން ދެފުށް ފެންނަ ގޮތަށް ހިންގުމަށް މަގުފަހި ވެގެންދާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ސަރުކާރު ހިއްސާވާ އެހެން ކުންފުނިތަކުން ވެސް އެގޮތަށް މަސައްކަތް ކުރާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"މި ވެބްސައިޓުން ރައްޔިތުންނަށް ދޭ ހިދުމަތްތައް އަޅުގަނޑުމެންނަށް އަވަސްކުރެވި، އެޗްޑީސީން ކުރިއަށްގެންދާ މަޝްރޫއުތަކާއި ޕްރޮކިއުމެންޓުގެ ތެރެއިން ގެންދާ ކަންކަމުގައި ދެފުށް ފެންނަކަން ޔަގީންކުރެވި، ގުޑް ގަވާނަންސް، ޗެކް އެންޑް ބެލެންސް ނިޒާމު އެބަ ގެނެވޭ،" ރައީސް ވިދާޅުވި އެވެ.

ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމަށް ސަރުކާރުގެ ވުޒާރާތަކަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސްވެރިންނަށް ރައީސް ގޮވައިލެއްވި އެވެ. އެމަނިކުފާނު ވިދާޅުވީ ރައްޔިތުންނަށް ދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ވާނީ ކޮރަޕްޝަނާއި ފަސާދައިން ވެރިކަމުގެ ނިޒާމާއި ކުންފުނިތަކުގެ ނިޒާމު ސަލާމަތް ކުރެވިގެން ކަމަށެވެ.

ރައީސް މި މޭރުމުން ވާހަކަދެއްކެވިއިރު، މިފަހުން ވެރިކަން ކުރާ ޕީއެންސީން ބޭއްވި ޖަލްސާގެ އިސް ސަފުގައި ފަޒުލް ބައިވެރިވެވަޑައިގެންނެވި އެވެ. އެ ޖަލްސާގައި ރައީސް މުއިއްޒު ވެސް ބައިވެރިވަޑައިގެންނެވި އެވެ. އެކަމާ ގުޅިގެން އެތައް ބައެއްގެ ފާޑުކިޔުން ރައީސްއަށް އަމާޒުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިރާގު ރޯޑް ރޭސް 5،500އަށްވުރެ ގިނަ ދުވުންތެރިންނާއެކު ބާއްވައިފި

ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ 17 ވަނަ އެޑިޝަން 5،500 އަށްވުރެ ގިނަ ދުވުންތެރިންނާއެކު ހުޅުމާލެ ސެންޓްރަލް ޕާކުގައި ވަނީ ބާއްވާފައެވެ. މި ދުވުމުގެ ލައިވް އަޕްޑޭޓްތަކާއި، ނަތީޖާ އަދި ދުވުންތެރިންގެ ރޭންކިންގ ބަލައިލުމުގެ ފުރުސަތު ދިރާގުން ވަނީ ޚާއްޞަ މޮބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށް ފަހިކޮށްދީފައެވެ.

ޕީއެންސީގެ މެންބަރުންގެ އަދަދު ލައްކައަކަށްވުރެ ދަށަށް

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރިތާ 24 ގަޑިއިރު ނުވަނީސް، އަލުން އެ އަދަދު ލައްކައަކަށް ވުރެ ދަށަށް ގޮސްފިއެވެ. އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މި އަދަދު ހަމަކުރުމަށްޓަކައި ވަޒީފާގެ ބިރުދެއްކުމާއި ރިޝްވަތުގެ ގޮތުގައި ފައިސާ ބޭނުންކޮށްފައިވެއެވެ. އީސީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެ ޕާޓީގެ މެންބަރުންގެ އަދަދު މިހާރު ވަނީ 99,930 އަށް ތިރިވެފައެވެ.

ރަސްމާލޭގެ ޑީލުގައި ސޮއިނުކުރަން އެދި އަލައްބާރަށް ސިޓީއެއް

ރަސްމާލެ މަޝްރޫއުގެ މިހާރުގެ ޝަރުތުތަކާއި ގާނޫނުއަސާސީއާ ފުށުއެރުންތަކެއް ހުރި ކަމަށާއި، އެކަމުގައި އެކަށީގެންވާ ގޮތެއްގައި ރައްޔިތުންގެ ހިޔާލު ހޯދާފައި ނުވާތީ، ދެން އަންނަ ސަރުކާރަކުން ވެސް މި މަޝްރޫއުގެ އެއްބަސްވުން އަލުން މުރާޖައާކުރުމަށް ނުވަތަ އެއްކޮށް ބާތިލުކުރުމުގެ ފުރުސަތު އޮތް ކަމަށް އެ ސިޓީގައި ބުނެފައިވޭ.

"ރަސްމާލެ މައްސަލައިގައި މުއިއްޒު ވަނީ އަނގަވަތަށް ވެއްޓިފައި"

ރަސްމާލެ މަޝްރޫއަކީ ރާއްޖޭގެ ސިޔާދަތަށް އުނިކަންލިބޭ، ބޭރުގެ ފަރާތްތަކަށް ބިން ދިނުމަށް ހިންގާ ހީލަތްތެރި ރޭވުމެއް ކަމަށް ވިދާޅުވެ ކުރީގެ ރައީސް ޔާމީން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. މި މަޝްރޫއުގެ ސަބަބުން ރައީސް މުއިއްޒު ރައްޔިތުންގެ ކުރިމަތީގައި ބޭޒާރުވެފައިވާ ކަމަށާއި، މި ސަރުކާރަށް ދެވަނަ ދައުރެއް ރައްޔިތުން ނުދޭނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

ރަސްމާލެ ދޫކޮށްލުމާ ދެކޮޅުވެރިކަމެއް ނެތްކަމުގެ އިޝާރާތެއް

ރަސްމާލެއިން ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ދެކޮޅު ހަދަނީ މަދު ބަޔަކު ކަމަށާއި، ދިވެހިން އަބަދުވެސް އިސްކުރަނީ ގައުމީ ތަރައްގީކަން މުއިއްޒު ފާހަގަކުރެއްވި. މީގެކުރިންވެސް ރާއްޖެއަށް އައި ބޮޑެތި ބަދަލުތަކާ ބައެއް މީހުން ދެކޮޅު ހެދި ނަމަވެސް، ގިނަ ރައްޔިތުން ތާއީދުކުރީ ގައުމީ ކުރިއެރުމަށްކަން އެމަނިކުފާނު ބަޔާންކޮށްދެއްވި.

ހުލާސާކޮށް އިއްޔެ: ސިޔާސީ ޕާޓީތަކުގެ ދަފްތަރަށް އައި ބޮޑު ބަދަލު

ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރުމާއެކު، ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ ފަދަ ދުވަސްވީ ޕާޓީތަކުން ގިނަ އަދަދެއްގެ މެންބަރުންނާއި އިސް ބޭފުޅުން ވަނީ ވަކިވެފައެވެ. މީގެ އިތުރުން، ރަސްމީ ޖަލްސާތަކުގެ ޕްރޮޓޮކޯލަށް ބަދަލުތަކެއް ގެނެސްފައިވާއިރު، ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އިލްމުވެރިންނާއި ސިޔާސީ ފަރާތްތަކުގެ މެދުގައި ވަނީ ޚިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

ވަޒީފާގެ ބިރުދައްކައިގެން އެއްލައްކަ މެންބަރުން ހަމަކޮށްފި

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އަރާފައިވާއިރު، މިއީ ވަޒީފާގެ ބިރުދައްކައިގެންނާއި ރިޝްވަތު ދީގެން ހޯދި އަދަދެއް ކަމަށް ވަނީ ތުހުމަތުކުރެވިފައި. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި މިދިޔަ އަހަރާ އަޅާބަލާއިރު އެ ޕާޓީގެ މެންބަރުންގެ އަދަދު ވަނީ 26،000 އަށްވުރެ އިތުރުވެފައި.

Newsletter

Get the latest news delivered straight to your inbox