ފޭސް ތިނެއްގެ ބިން ހިއްކުމާއި ބަނދަރު ބޮޑު ކުރުން ހިމެނޭ ގޮތަށް ބޮޑެތި ބަދަލުތަކާއެކު ހުޅުމާލޭ އާ މާސްޓާ ޕްލޭން ނެރެފި

May 26, 2025, 6:44 AM
ހުޅުމާލޭގެ އާ މާސްޓާ ޕްލޭނުގެ ކުރެހުމެއް: ހުސް ބިމާއި ފެހި ސަރަހައްދު އިތުރު ކުރުމަކީ ވިސްނުމެއް -- ފޮޓޯ: އެޗްޑީސީ

ހުޅުމާލޭގެ އާ މާސްޓާ ޕްލޭނުގެ ކުރެހުމެއް: ހުސް ބިމާއި ފެހި ސަރަހައްދު އިތުރު ކުރުމަކީ ވިސްނުމެއް -- ފޮޓޯ: އެޗްޑީސީ

ހުޅުމާލޭގެ މާސްޓާ ޕްލޭން އަލުން ރިވައިސް ކުރުމަށްފަހު ބޮޑެތި ބަދަލުތަކަކާއެކު މިއަދު ނެރެފި އެވެ.

ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަނުން މިއަދު ނެރުނު މާސްޓާ ޕްލޭނުގައި ހިމެނޭ އެންމެ ބޮޑު އެއް ބަދަލަކީ ހުޅުމާލޭގެ ފޭސް ތިނެއް، މިހާރު ހުރި ބިންތަކާ ގުޅުވައިލުމެވެ. ދެން ގެނައި އެންމެ ބޮޑު ބަދަލަކީ ފޭސް ދޭއްގައި ލިބެން ހުންނަ ހިދުމަތްތައް ގިނަ ކުރުމެވެ. އަދި ބަނދަރު ސަރަހައްދު ބޮޑު ކުރަން ވެސް ޕްލޭނުގައި ހިމަނާފައިވެ އެވެ.

ކުރީގެ ޕްލޭނުގައި، ފޭސް ތިނަކާއި ފޭސް އެކެއް އަދި ފޭސް ދޭއް ގުޅުވައިލަނީ ބްރިޖަކުންނެވެ. އެކަމަކު، ފޭސް ތިނެއް ދެން ގުޅުވައިލާނީ ބިން ހިއްކައިގެންނެވެ. އޭގެ ސަބަބުން ހުޅުމާލޭގެ ތިން ފޭހުގެ ކަނެކްޓިވިޓީ އިތުރުވާނެ އެވެ.

އާ މާސްޓާ ޕްލޭނުގެ ދަށުން މިހާރުގެ ބަނދަރު ބޮޑު ކުރާއިރު ގާތްގަނޑަކަށް 20 ހެކްޓަރު ބަނދަރަށް އިތުރު ކުރާނެ އެވެ. މިހާރުގެ ބަނދަރުގެ ސައިޒަކީ 36 ހެކްޓަރެވެ. ބަނދަރު ބޮޑު ކުރާނީ 53 ހެކްޓަރަށެވެ.

އެޗްޑީސީ އިން ބުނެފައި މާސްޓާ ޕްލޭނުގެ ދަށުން ތަރައްގީ ކުރީ އާ ލޭންޑް ޔޫސް ޕްލޭނުގައި ވިސްނާފައި ވާނީ ހުސް ތަންތަނާއި ފެހި ސަރަހައްދުތައް އާންމުންނަށް ބޮޑަށް ބޭނުން ކުރެވޭ ގޮތަކަށް ބަދަލު ކުރަން ކަމަށެވެ. އާ ޕްލޭނުގައި ހުސް ޖާގަ ހިމަނާފައި ވަނީ ކޮންމެ މީހަކަށް 2.5 އަކަ މީޓަރުގެ ހުސް ޖާގަ ހިމަނައިގެންނެވެ.

މީހުން ދިރިއުޅޭ ސަރަހައްދު އަލުން ކުރަހާފައި ވަނީ ފަސޭހައިން ހިދުމަތްތައް ލިބި، އެކްސެސިބިލިޓީ އިތުރުވާނެ ގޮތަކަށް ކަމަށް އެޗްޑީސީ އިން ބުނެ އެވެ. އަދި މީހުން ދިރިއުޅޭ ސަރަހައްދުގެ ޕްލޭންތައް ބަދަލުކޮށްފައިވާނީ ދިރިއުޅުމުގެ ފެންވަރު މަތިވާނެ ފަދަ ގޮތަކަށް ކަމަށް އެޗްޑީސީ އިން ބުނެ އެވެ.

އާ ޕްލޭނުގެ ދަށުން ހުޅުމާލޭގެ ބިމުގެ 29 ޕަސެންޓު ހާއްސަކޮށްފައި ވަނީ މީހުން ދިރިއުޅުމަށެވެ. އަދި ބިމުގެ 10 ޕަސެންޓު ހާއްސަކޮށްފައި ވަނީ މިސްކިތާއި މަދަރުސާތަކާއި އެހެން އިދާރާތަަށެވެ. އަދި ބިމުގެ ފަސް ޕަސެންޓު ހާއްސަކޮށްފައި ވަނީ ކޮމާޝަލް ބޭނުންތަކަށެވެ. އިންޑަސްޓްރިއަލް ބޭނުމަށް ވެސް ހާއްސަ ކުރީ ބިމުގެ ފަސް ޕަދެންޓެވެ. ހުސް ސަރަހައްދު، ފެހި ސަރަހައްދު އަދި ކުޅިވަރަށް ބިމުގެ 30 ޕަސެންޓު ވަނީ ހާއްސަކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox