ޕްރެޝަރަށް ޖަވާބުދީ ނަޕޯލީން އިޓާލިއަން ލީގު ކާމިޔާބުކޮށްފި

May 23, 2025, 8:48 PM
ޕްރެޝަރަށް ޖަވާބުދީ ނަޕޯލީން އިޓާލިއަން ލީގު ކާމިޔާބުކޮށްފި

ނޭޕްލްސް، އިޓަލީ (މެއި 24) - ފަހު މެޗުގައި ކަލިއަރީ އަތުން 2-0 އިން މޮޅުވެ، ނަޕޯލީން އިޓާލިއަން ލީގުގެ ޗެމްޕިއަންކަން، ހަތަރު ވަނަ ފަހަރަށް ހޯދައިފި އެވެ.

ނަޕޯލީން ލީގު ޗެމްޕިއަންކަން ހޯދީ، 1986/1987, 1989/1990، 2022/2023 އަދި މި ސީޒަނުގަ އެވެ.

މިދިޔަ ސީޒަނުގައި ލީގުގެ 10 ވަނައިގައި ނިންމި، ނަޕޯލީން މި ފަހަރު ލީގު ތަށި އުފުލާލައިފައި މި ވަނީ، ފަހު މެޗުގައި ޕްރެޝަރު ހާލަތެއްގައި މޮޅުވެގެންނެވެ. މިރޭ ނަޕޯލީން މޮޅުވެގެން، ލީގު ޔަގީންކުރެވެން އޮތްއިރު، އެ ޓީމަށް މޮޅުނުވެވުނު ނަމަ، ލީގު ޗެމްޕިއަންކަން ލިބޭނީ، ކޯމޯ ދަނޑުގައި 2-0 އިން މޮޅުވި އިންޓަ މިލާނަށެވެ.

އިޓާލިއަން ލީގު ތާވަލުގެ އެއް ވަނައިގައި އޮވެ، ނަޕޯލީން ޗެމްޕިއަންކަން ހޯދީ 82 ޕޮއިންޓާ އެކު އެވެ. ދެ ވަނަ އަށް ދިޔަ އިންޓަ އަށް ލިބުނީ 81 ޕޮއިންޓެވެ.

ނޭޕްލްސްގެ ޑިއޭގޯ މަރަޑޯނާ ސްޓޭޑިއަމްގައި ކުޅުނު މެޗު ފަށައިގެން ނަޕޯލީން އެއްކޮށް ކަހަލަ ގޮތަކަށް ކުރިއަށް ޖެހިގެން ކުޅުނުއިރު، އެ ޓީމަށް ލީޑުނަގައިދިން ލަނޑު ޖެހީ، 42 ވަނަ މިނިޓްގައި ސްކޮޓް މެކްޓޮމިނޭ އެވެ. މަޓެއޯ ޕޮލިޓާނޯ ނެގި ހުރަހަކުން މެކްޓޮމިނޭ މި ގޯލު ޖެހީ އެކްރަބެޓިކް ކިކަކުންނެވެ. މިއީ، މި ފަހަރު ލީގުގައި މެކްޓޮމިނޭ ޖެހި 12 ވަނަ ގޯލެވެ.

ނަޕޯލީގެ މެކްޓޮމިނޭ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

ދެ ވަނަ ހާފުގެ ކުޅުން ފަށައިގެން، ފަސް މިނިޓް ތެރޭ ނަޕޯލީން ދެ ވަނަ ގޯލު ޖެހި އެވެ. މެޗުގެ 50 ވަނަ މިިނިޓްގައި، ލުކާކޫ އަށް ލިބުނު ބޯޅަ ހިފައިގެން، ކަލިއަރީ ދެ ޑިފެންޑަރުން ކައިރިން ނައްޓާފައި އޭރިއާތެރެއަށް ވަދެ، އޭނާ ވަނީ ތިރިތިރިން ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ.

ބަދަލަކަށް ކުޅެން އެރި ނަޕޯލީގެ ޑޭވިޑް ނެރެސް އަށް ގޯލެއް ޖަަހަން ލިބުނު ދެ ފުރުސަތުގައި ވެސް ބޭނުމެއް ނުކުރެވުނެވެ.

މިއީ، 2018-2019 ވަނަ އަހަރުގެ ސީޒަނަށް ފަހު، އެއް ސީޒަނެއްގައި، ނަޕޯލީ އަށް ލީގުގައި ކަލިއަރީ އަތުން ދެ މެޗުން މޮޅު ހޯދުނު ފުރަތަމަ ފަހަރެެވެ. މި މެޗުން، ކަލިއަރީ އަތުން ނަޕޯލީ އަށް މޮޅެއް ލިބުނީ، އެ ޓީމުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބެންޗުގައި ނެތި އެވެ. ނަޕޯލީން ލީގުގައި ޕާމާއާ ލަނޑެއް ނުޖެހި އެއްވަރުވި މެޗުގައި، ކޮންޓޭ އާއި ޕާމާގެ ކޯޗު، ކްރިސްޓިއަން ކީވޫ އަށް ރަތް ކާޑު ދެއްކުމުން އެއް މެޗަށް ސަސްޕެންޑްވީ އެވެ.

ކޮންޓޭ އަކީ ތަފާތު ތިން ޓީމެއްގައި ހުރެ އިޓާލިއަން ލީގު ކާމިޔާބުކުރި ފުރަތަމަ ކޯޗެވެ. މީގެ ކުރިން އޭނާ ވަނީ ޔުވެންޓަަސް އާއި އިންޓަ އަށް އިޓާލިއަން ލީގު ކާމިޔާބުކޮށްދީފަ އެވެ.

ނަޕޯލީގެ ދެ ވަނަ ގޯލު ޖެހި ލުކާކޫ އުފާފާޅުކުރަނީ: ލުކާކޫ ވަނީ ލީގުގައި ނަޕޯލީ އަށް 14 ގޯލު ޖަހައިދީފައި.

ސެސްކް ފަބްރެގަސްގެ ކޯޗުކަމުގައި ކުޅޭ ކޯމޯ ދަނޑުގައި އިންޓަ އިން ލީޑުނެގީ 20 ވަނަ މިިނިޓްގަ އެވެ. މި ލަނޑު ޖެހީ، އިންޓަގެ ހަކަން ޗަނޮނޯލޫ ނެގި ކޯނަރަކުން، ސްޓެފަން ޑި ވްރައި ބޮލުންނެވެ.

މި މެޗުގައި، ކޯމޯ އަށް މައްސަލަ ދިމާވީ، އިންޓަގެ މަހުދީ ތަރޭމީ އަށް ކޯމޯގެ ކީޕަރު، ޕެޕޭ ރެއިނާ ކުރި ފައުލަކަށް އޭނާ އަށް ދެއްކި ރަތް ކާޑަކާ ހެދި، އެއް ކުޅުންތެރިއަކު މަދުކޮށް މެޗުގެ ބޮޑުބައިގައި ކުޅެން ޖެހުމެވެ.

ލެެޖެންޑަރީ ކީޕަރު، ރެއިނާގެ ޕްރޮފެޝަނަލް ކެރިއަރު ނިމުނު މެޗުގައި އޭނާ އަށް މި ވަނީ ރަތް ކާޑެއް ދައްކައިފަ އެވެ.

ކޯމޯގެ ކުޅުންތެރިއަކު މަދުވުމުގެ ފައިދާނަގައި، މެޗުގެ 51 ވަަނަ މިނިޓްގައި، އިންޓަ އިން ދެ ވަނަ ލަނޑު ޖެހި އެވެ. މި ގޯލު ޖެހީ، ތަރޭމީ ދިން ބޯޅައަކުން ޔަކީން ކޮރޭއާ އެވެ.

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox