އޭޝިއާ ކަޕް ބޮއިކޮޓް ކުރާ ވާހަކަ އިންޑިއާ އިން ދޮގުކޮށްފި

May 23, 2025, 8:16 AM
އޭޝިއާ ކަޕް ބޮއިކޮޓް ކުރާ ވާހަކަ އިންޑިއާ އިން ދޮގުކޮށްފި

މުމްބައި، އިންޑިއާ (މެއި 23) - އަންނަ ސެޕްޓެމްބަރު މަހު، އިންޑިއާގައި ބާއްވަން ތާވަލުކޮށްފައި އޮތް އޭޝިއާ ކަޕް ކްރިކެޓް މުބާރާތް ނުކުޅެން އިންޑިއާ އިން ނިންމާފައިވާ ކަމަށް މީޑިއާގައި ދެކެވޭ ވާހަކަތައް އިންޑިއާގެ ކްރިކެޓް ޖަމިއްޔާ، ބޯޑް އޮފް ކޮންޓްރޯލް ފޯ ކްރިކެޓް އިން އިންޑިއާ (ބީސީސީއައި) އިން ދޮގުކޮށްފި އެވެ.

ކަޝްމީރުގެ ޕަހަލްގަމްގައި ޓޫރިސްޓުން ގޮސް އުޅޭ ހިސާބެއްގައި ހިނގި ޓެރަރިސްޓު ހަމަލާއެއްގެ ސަބަބުން އިންޑިއާ އާއި ޕާކިސްތާންގެ ގުޅުން ގޯސްވެފައިވާއިރު، އެކަމުގެ އަސަރު ކުޅިވަރު މުބާރާތްތަކަށް ވެސް އަންނަނީ ކުރަމުންނެވެ. އެ ގޮތުން، ޕާކިސްތާން ހިމަނައިގެން، ކުޅެން ޖެހޭތީ، މި އަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަން ނިންމާފައި އޮތް އޭޝިއާގެ ޓީ20 ކްރިކެޓް މުބާރާތް، އޭޝިއާ ކަޕް، އިންޑިއާ އިން ބޮއިކޮޓްކޮށްފައިވާ ކަމަށް ހަބަރުތައް ފެތުރުނެވެ.

އެކަމަކު، ބީސީސީއައިގެ ސެކްރެޓަރީ، ދެވަޖީތު ސޭކިއާ ވިދާޅުވީ، އޭޝިއަން ކްރިކެޓް ކައުންސިލް (އޭސީސީ)އާ އެކު، އޭޝިއާ ކަޕާ ގުޅޭ އެއްވެސް މަޝްވަރާއެއް މިހާތަނަށް އިންޑިއާ އިން ކޮށްފައިނުވާނެ ކަަމަށެވެ.

"އޭޝިއާ ކަޕް ނޫނީ އޭސީސީގެ އެއްވެސް އިވެންޓަކާ ގުޅޭގޮތުން އެއްވެސް މަޝްވަރާއެއް އަދި ކުރިއަކަށް ނުދޭ. އަހަރެމެންގެ ފޯކަސް މި ވަގުތު މި ހުރީ، އައިޕީއެލް (އިންޑިއަން ޕްރިމިއާ ލީގު) އާއި ކުރިއަށް އޮތް އިންގްލެންޑް، ޓެސްޓް ސީރީސް އަށް،" ސޭކިއާ ވިދާޅުވި އެވެ.

ރިޕޯޓްތައް ބުނާގޮތުން، އިންޑިއާގައި މި މުބާރާތް ހޯސްޓްކުރާނަމަ ޕާކިސްތާނުން ހުށަހަޅަނީ، ހައިބްރިޑް މޮޑެލް އަށް ޕާކިސްތާންގެ މެޗުތައް އެހެން ގައުމެއްގައި ކުޅުމަށެވެ. މީގެ ކުރިން، 2023 ވަނަ އަހަރު ބޭއްވި އޭޝިއާ ކަޕާއި މި އަހަރުގެ ޗެމްޕިއަންސް ޓްރޮފީ މުބާރާތް ޕާކިސްތާންގައި ހޯސްޓްކުރިއިރު، އިންޑިއާގެ މެޗުތައް ކުޅުނީ ޕާކިސްތާންގައެއް ނޫނެވެ. އެ ގޮތުން، އޭޝިއާ ކަޕްގައި އިންޑިއާގެ މެޗުތައް، ސްރީ ލަންކާގައި ކުޅުނުއިރު، ޗެމްޕިއަންސް ޓްރޮފީގައި އިންޑިއާގެ މެޗުތައް ކުޅުނީ، ދުބާއީގަ އެވެ.

އޭޝިއާ ކަޕްގައި، އިންޑިއާ އާއި ޕާކިސްތާންގެ އިތުރުން ދެން ވާދަކުރަނީ، ސްރީ ލަންކާ، ބަންގްލަދޭޝް، އަފްގާނިސްތާން، ޔޫއޭއީ، ހޮންގް ކޮންގް އަދި އޮމާން އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox