ޕްލޭސްޓޭޝަން ސްޓާސް ލޯޔަލްޓީ ޕްރޮގްރާމް ބަންދުކުރަނީ

ޕްލޭސްޓޭޝަން ސްޓާސް ލޯޔަލްޓީ ޕްރޮގްރާމް ބަންދުކުރަނީ

ސޮނީ ކުންފުނީގެ ޕްލޭސްޓޭޝަން "ސްޓާސް ލޯޔަލްޓީ ޕްރޮގްރާމް" މުޅިން ބަންދުކުރުމަށް ނިންމައިފި އެވެ.

ސޮނީ އިންޓަރެކްޓިވް އެންޓަޓެއިންމަންޓުން އިއުލާނުކޮށްފައިވާ ގޮތުގައި އެ ކުންފުނީގެ ޕްލޭސްޓޭޝަން ސްޓާސް ލޯޔަލްޓީ ޕްރޮގްރާމް ނޮވެމްބަރު 2، 2026 ގައި މުޅިން ބަންދުކުރުމަށް ވަނީ ނިންމައިފައެވެ. މި ޕްރޮގްރާމަކީ ޕްލޭސްޓޭޝަން ޕްލެޓްފޯމުގައި ގޭމް ކުޅުމާއި އެކިއެކި ހަރަކާތްތަކުގައި ބައިވެރިވާ މެމްބަރުންނަށް އިނާމު ދޭ ޕްރޮގްރާމެކެވެ.

މިހާރު މި ޕްރޮގްރާމަށް އައު މެމްބަރުން ބަލައިނުގަންނަ ކަމަށް ސޯނީން ބުނެފައިވެ އެވެ. ނަމަވެސް މިހާރު ތިބި މެމްބަރުންނަށް ޖުލައި 23، 2025 އާ ހަމައަށް ޑިޖިޓަލް ކަލެކްޓިބަލްސްއާއި ޕޮއިންޓްސް ހޯދުމުގެ ފުރުސަތު އޮންނާނެ ކަމަށް ބުނެފައިވެ އެވެ. އޭގެ ފަހުން ޕްރޮގްރާމުގެ ހުރިހާ މަންފާތަކާއި އިނާމުތައް ހުއްޓާލެވޭނެ ކަމަށް އެކުންފުނިން ބުނެ އެވެ.

ޕްލޭސްޓޭޝަން ސްޓާސް ޕްރޮގްރާމް ފެށިފައި ވަނީ 2022 ވަނަ އަހަރު ވަކި ސަރަހައްދުތަކެއްގަ އެވެ. މި ޕްރޮގްރާމުގެ މިހާރުގެ ވާޝަން ބަންދުކުރާއިރު، މި ޕްރޮގްރާމުން ލިބުނު ތަޖުރިބާ ދިރާސާކުރާނެ ކަމަށް ސޮނީން ބުނެފައިވެ އެވެ.

ޕްލޭސްޓޭޝަން ބްލޮގެއްގައި ބުދަ ދުވަހު ޝާއިއުކޮށްފައިވާ ޕޯސްޓެއްގައި އެ ކުންފުނިން ބުނެފައިވަނީ، "މި ޕްރޮގްރާމް ފެށުނީއްސުރެ، ކުޅުންތެރިން އެންމެ ރަނގަޅަށް އިޖާބަދޭ ހަރަކާތްތަކުގެ ބާވަތްތައް ވަޒަންކުރުމުން ގިނަ ކަންތތައްތަކެއް ދަސްވެފައިވާ ކަމަށާއި، ކުންފުންޏެއްގެ ހައިސިއްޔަތުން، އަބަދުވެސް ކުޅުންތެރިންނާއި ސިނާއަތުގެ ޓްރެންޑްތަކާއެކު ކުރިއަރަމުންދާ" ކަމަށެވެ.

މި ވަޒަންކުރުމުގެ ސަބަބުން، މިހާރުގެ ޕްލޭސްޓޭޝަން ސްޓާސް ޕްރޮގްރާމް ނިމުމަކަށް ގެނެސް، އަލުން އެހެން ގޮތަކަށް މަސައްކަތްތައް އަމާޒުކުރުމަށް ނިންމާފައިވާ ކަމަށް ސޮނީން ބުނެފައިވެ އެވެ. އަދި މި ޕްރޮގްރާމުން ލިބުނު މުހިންމު ހޯދުންތައް ދިރާސާކޮށް، އެ ހޯދުންތަކުގެ މައްޗަށް ބިނާކޮށް ކުރިއަށް ދިއުމުގެ ގޮތްތައް ބަލަމުންދާ ކަމަށްވެސް ބުނެފައިވެއެވެ.

މިހާރު ތިބި މެމްބަރުންނަށް ނޮވެމްބަރު 2، 2026 އާ ހަމައަށް، އެމީހުންގެ ޕޮއިންޓްތައް މުއްދަތު ހަމަނުވާހާ ހިނދަކު، އެ ޕޮއިންޓްތައް ބޭނުންކުރެވޭނެ ކަމަށް ސޮނީން ބުނެފައިވެ އެވެ. ނަމަވެސް މެމްބަރުކަން ކެންސަލްކޮށްފިނަމަ، އަލުން ޕްރޮގްރާމަށް ބައިވެރިވުމުގެ ފުރުސަތު ނުލިބޭނެ ކަމަށާއި، ހޯދާފައިވާ ހުރިހާ ޕޮއިންޓްތަކެއް ގެއްލޭނެ ކަމަށްވެސް ބުނެފައިވެ އެވެ. އެހެންނަމަވެސް ހޯދާފައިވާ ޑިޖިޓަލް ކަލެކްޓިބަލްސްއަށް އެކްސެސް ލިބޭނެ އެވެ.

ސޮނީން ބުނެފައިވަނީ، "2022 ވަނަ އަހަރު ޕްލޭސްޓޭޝަން ސްޓާސް ފެށުނީއްސުރެ އެއަށް ތާއީދުކޮށްދެއްވި ހުރިހާ ކުޅުންތެރިންނަށް ޝުކުރު އަދާކުރަން ބޭނުންވާ" ކަމަށެވެ. އަދި "މުސްތަޤުބަލުގައި ލޯޔަލްޓީ ޕްރޮގްރާމްތައް ތަރައްޤީކުރުމަށް އައު ގޮތްތައް ހޯދަމުންދާއިރު، ރާވާފައިވާ އެކިއެކި ކޮމިއުނިޓީ ހަރަކާތްތަކުގެ ތެރެއިން ހުރިހާ ކުޅުންތެރިންނާއެކު ފާހަގަކުރަމުން ގެންދާނެ" ކަމަށްވެސް ބުނެފައިވެ އެވެ.

ޕްލޭސްޓޭޝަން ސްޓާސް ޕްރޮގްރާމް ފެށިފައިވަނީ 2022 ވަނަ އަހަރުގައެވެ. މި ޕްރޮގްރާމަށް ހިލޭ ބައިވެރިވުމަށް ޕީއެސްއެން އެކައުންޓެއް ބޭނުންވެ އެވެ. މި ލޯޔަލްޓީ ޕްރޮގްރާމުން ޕްލޭސްޓޭޝަން ޕްލެޓްފޯމުގައި އެކި ކެމްޕޭންތަކާއި ހަރަކާތްތައް ފުރިހަމަކުރާ މެމްބަރުންނަށް އިނާމު ދެ އެވެ. މީގެ ތެރޭގައި ގޭމް ކުޅުމާއި ވަކި ޓްރޮފީތައް ހޯދުން ހިމެނެ އެވެ. މި ޕްރޮގްރާމަށް އައިއޯއެސްއާއި އެންޑްރޮއިޑްގެ ޕްލޭސްޓޭޝަން އެޕް މެދުވެރިކޮށް އެކްސެސް ލިބެ އެވެ.

އިނާމުގެ ގޮތުގައި ޑިޖިޓަލް ކަލެކްޓިބަލްސްއާއި ލޯޔަލްޓީ ޕޮއިންޓްސް ދެވެ އެވެ. މި ޕޮއިންޓްތައް ބޭނުންކޮށްގެން ޕީއެސްއެން ވޮލެޓް ފަންޑްސް، ޑިޖިޓަލް ކަލެކްޓިބަލްސް އަދި ވަކި ޕްލޭސްޓޭޝަން ސްޓޯ ޕްރޮޑަކްޓްތައް ހޯދިދާނެ އެވެ.

ކުރީގައިވެސް ސޮނީން ޕްލޭސްޓޭޝަން ބޭނުންކުރާ ފަރާތްތަކަށް އެކި ކޮމިއުނިޓީ ޕްރޮގްރާމްތައް ތަޢާރަފުކޮށްފައިވެ އެވެ. މިއަހަރުގެ ކުރީކޮޅު، އެ ކުންފުނިން ޕީއެސް5 އާއި ޕީސީ ގޭމްތަކާއި އެހެނިހެން ޕްލޭސްޓޭޝަން ތަޖުރިބާތަކަށް އެއްކޮށްލެވިފައިވާ ބީޓާ ޓެސްޓިން ޕްރޮގްރާމެއް އިޢުލާނުކުރިއެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދެ ވަނަ މެޗުގައި ރާއްޖޭން ފަލަސްތީނު ކަައިރީގައި ފަރަގުކުޑަކޮށްފި

އޭޝިއާގެ 17 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުން ފަލަސްތީނު އަތުން ރާއްޖެ 3-0 އިން ބަލިވެއްޖެ. ފުރަތަމަ މެޗާ އަޅާބަލާއިރު ރާއްޖޭން ކުޅުން ރަނގަޅުކުރި މި މެޗަށްފަހު، ކޮލިފައިންގައި ވާދަކުރުމަށް ރާއްޖޭގެ ޓީމު މި ހަފުތާގައި ތައިލެންޑަށް ފުރާނެ

ޔުނައިޓެޑަށް ރެލިގޭޝަންގެ ބިރު އޮތް ކަމަށް ޓެން ހާގް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ މިހާރުގެ މައްސަލަތައް ހައްލުނުކޮށްފިނަމަ، އެ ކްލަބް ރެލިގޭޝަނާ ކުރިމަތިލާންޖެހުމުގެ ބިރު އެބައޮތް ކަމަށް ކުރީގެ ކޯޗު އެރިކް ޓެން ހާގް ބުނެފިއެވެ. ލީގުގައި އެންމެ ދަށް ފެށުމަކާ އެކު ޔުނައިޓެޑް މިވަގުތު ތާވަލުގެ 16 ވަނައިގައި އޮތްއިރު، ޓެން ހާގް ވަނީ އޭނާގެ ކޯޗުކަމުގައި ހޯދި ކާމިޔާބީތަކަށް އަލިއަޅުވާލައި، މިހާރުގެ ހާލަތުން އަރައިގަތުމުގެ އުނދަގޫކަން ފާހަގަކޮށްފައެވެ.

ޗައިނާ އާއި ހޮންގް ކޮންގް އަދި ކޮރެއާ އަށް "ފައިޓެއް" ދެވޭނެ

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވާދަކުރާ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމުން ރަނގަޅު ކުޅުމެއް ދައްކައި، ނަތީޖާ ނެރެވޭނެ ކަމަށް އެސިސްޓަންޓް ކޯޗު ފުހެއިދު (ޓޯޑް) ބުނެފި. ގައުމީ ކޯޗު، ފާރޫކް ޒަކީރޯވް ޕްލޭނާ އެއްގޮތަށް ތައްޔާރުވެފައިވާ މި ޓީމަކީ މިއަހަރުގެ ސާފް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީމު.

ލާޒިއޯ އަށް ލީޑެއް، ޔުވެންޓަސް އިން ނަޕޯލީ ބަލިކޮށްފި

އިޓާލިއަން ލީގުގައި ރޭ ކަލިއަރީ އަތުން 2-1 އިން މޮޅުވެ، ލާޒިއޯ އިން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މީގެ އިތުރުން، ޔުވެންޓަސް އިން ވަނީ ނަޕޯލީއާ ބައްދަލުކުރި މެޗު 2-0 އިން ކާމިޔާބުކޮށް، ލީގު ތާވަލުގެ ހަތް ވަނަ އަށް ކުރިއަށް ޖެހިލާފައި

ޑިއޮމަންޑޭގެ މޮޅު ލަނޑާ އެކު ރެއާލުން ރޭސިން ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭސިން ސަންޓަންޑޭއާ ދެކޮޅަށް ކުޅުނު މެޗު 3-0 އިން ކާމިޔާބުކޮށް، ރެއާލް މެޑްރިޑުން ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފިއެވެ. ރެއާލްގެ ލަނޑުތައް ފުރަތަމަ ހާފުގައި ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭ، ޖޫޑް ބެލިންހަމް އަދި ޔަން ޑިއޮމަންޑޭ އެވެ.

ވެމްކޯ އަށް ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ގައުމީ ތަށި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުގައި ކްލަބް އެމްޓީސީސީ ބަލިކޮށް، ކްލަބް ވެމްކޯ އިން ޖެހިޖެހިގެން ފަސްވަނަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލައިފި. މި އަހަރުގެ ގައުމީ ލީގުވެސް ކާމިޔާބުކުރި ވެމްކޯ އިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

Newsletter

Get the latest news delivered straight to your inbox