ބްރޯޑްކޮމްގެ މުވައްޒަފުންނަށް ސިޔާސީ ނުފޫޒު ފޯރުވާތީ މަސައްކަތް ހުއްޓާލައި ހަޅުތާލު ކުރަނީ

ބްރޯޑްކޮމްގެ މުވައްޒަފުން ހަޅުތާލު ކުރުމުގެ ގޮތުން މިއަދު ގެއަށް ދަނީ -- ފޮޓޯ: ވީޑިއޯ ސްނެޕްޝޮޓު

ބްރޯޑްކޮމްގެ މުވައްޒަފުން ހަޅުތާލު ކުރުމުގެ ގޮތުން މިއަދު ގެއަށް ދަނީ -- ފޮޓޯ: ވީޑިއޯ ސްނެޕްޝޮޓު

މުވައްޒަފުންނާ މެދު ނާއިންސާފުން އަމަލު ކުރާތީ އެކަމާ ދެކޮޅަށް ހަޅުތާޅު ކުރުމުގެ ގޮތުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުގެ މުވައްޒަފުން މިއަދު މަސައްކަތަށް ނުނިކުމެ ގެއަށް ހިނގައްޖެ އެވެ.

ހަޅުތާލު ކުރުމުގެ ގޮތުން ބްރޯޑްކޮމްގެ މުވައްޒަފުން ގެއަށް ދިޔައީ މިއަދު ހެނދުނު އޮފީސް ދޮށަށް ވެސް ދިޔުމަށްފަހު އެވެ. ބްރޯޑްކޮމްގެ މުވައްޒަފުން ހަޅުތާލު ކުރަން ފަށާފައި މިވަނީ އެ ކޮމިޝަނުގެ މެންބަރުން ގާނޫނާއި ގަވާއިދުތަކާ ހިލާފަށް އެތައް އަމަލެއް ހިންގަމުންދާ ކަމަށް ތުހުމަތުކޮށް ރައްޔިތުންގެ މަޖިލީހަށް އެ ކޮމިޝަނުގެ މުވައްޒަފުން ޕެޓިޝަނެއް ހުށަހަޅާފައި ވަނިކޮށް އެ ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް، މަރިޔަމް ޒީނިޔާ ސަސްޕެންޑު ކޮށްފައިވަނިކޮށެވެ.

ބްރޯޑްކޮމްގެ މުވައްޒަފަކު ރާއްޖެ ޓީވީއަށް ދިން އިންޓަވިއުއެއްގައި ބުނީ ބްރޯޑްކޮމްގައި ދިމާވާ މައްސަލައަކީ އެތަނުގެ ކޮމިޝަނަރުންގެ ގޮތުގައި މިހާރު ތިއްބެވި ބައެއް ބޭފުޅުން މުވައްޒަފުންނަށް އިތުބާރު ނުކުރުން ކަމަށެވެ.

"މައްސަލައަކަށް ވާކަމަކީ ޝައްކު މާބޮޑަށް ކުރަނީ، އަޅުގަނޑުމެން އެ ބޭފުޅުންނަށް ވަފާތެރިކޮށް ތެދުވެރިކޮށް ނުވާނެ [ކަމަށް] އަޅުގަނޑުމެންނަކީ ތެދުވެރިކަމާއި ވަފާތެރިކަމާ އެއްކޮށް ތިބޭނެ ބައެއް، މި ވޭތުވެދިޔަ 14 އަހަރުގެ ތެރޭގައި އަޅުގަނޑުމެން މިފަދަ ކަމަކަށް ނުނިކުންނަން،" ބްރޯޑްކޮމްގެ މުވައްޒަފަކު ބުންޏެވެ.

ހަޅުތާލަކުރަން ނިންމީ މުވައްޒަފުން ކުރާ މަސައްކަތް ބްރޯޑްކޮމްގެ މެންބަރުން ބަލައިނުގަނެ އެތަނުގެ މުވައްޒަފުންނާމެދު ނާއިންސާފުން ކަން ކުރަމުން ދާތީ ކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑުމެން ކުރާ މަސައްކަތަކީ އެ ބޭފުޅުންނަށް ގަބޫލު ކުރެވޭ އެއްޗަކަށް ނުވާތީވެ، ދެން އަޅުގަނޑުމެންގެ އެސްޖީ އެއްފަރާތަކަށް ލީ އިންސާފުވެރިކަމާ އެކީގައި ނޫން ކަމަށް އެހެން މުވައްޒަފަކަށް ވެސް ހަމަ އިންސާފުވެރިކޮށް ނޫން ގޮތަކަށް އަމަލު ކޮށްފައި ވާތީ، ދެން އަނެއްކާ އަޅުގަނޑުމެންނާ ދޭތެރޭގައި ވާނީ ކިހިނެއްކަން ވެސް ނޭނގޭތީވެ އަޅުގަނޑުމެން ހިތަށް އެރީ ހަމަ މަސައްކަތް ހުއްޓައިލާނަމޭ މިއަދު،" އޭނާ ބުންޏެވެ.

ބްރޯޑްކޮމްގެ މުވައްޒަފުން ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމަށް ތަކުރާރުކޮށް ދިމާވަމުންދާ ގޮންޖެހުންތައް ހިއްސާކޮށް އެ ކަންކަމަށް މަޖިލިސް މެދުވެރިކޮށް ހައްލު ހޯދައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހެޅީ މިދިޔަ ހޯމަ ދުވަހު އެވެ. ބްރޯޑްކޮމްގެ މުވައްޒަފުން ހުށަހެޅި އެ ޕެޓިޝަނުގައި އެސްޖީގެ މަސައްކަތްތަކަށް ސިޔާސީ ގޮތުން ނުފޫޒު ފޯރުވާ ކަމަށް ތުހުމަތުކޮށްފައިވެ އެވެ.

ބްރޯޑްކޮމްގެ އެސްޖީ، ޒީނިޔާ ސަސްޕެންޑު ކުރީ އެ ޕެޓިޝަން މަޖިލީހަށް ހުށަހެޅިތާ 24 ގަޑިއިރު ތެރޭގަ އެވެ. އޭނާ ސަސްޕެންޑުކުރި ސީދާ ސަބަބެއް ކޮމިޝަނުން ހާމައެއް ނުކުރެ އެވެ. ޒީނިޔާ ސަސްޕެންޑު ކުރީ 96 ގަޑިއިރަށެވެ.

ބްރޯޑްކޮމްގެ މުވައްޒަފުންގެ ފަރާތުން މަޖިލީހަށް ހުށަހެޅި ޕެޓިޝަނުގައި ފާހަގަކޮށްފައި ވަނީ:

  • ބްރޯޑްކޮމްގެ ރައީސާއި މެންބަރުންގެ ފަރާތުން އިދާރީ ހިންގުމުގެ އެންމެހާ ކަންކަމަށް އެއްވެސް ހުދޫދެއް ނެތި، އިދާރީ އޮނިގަނޑަށް އިހުތިރާމު ކުރުމެއް ނެތި، މުވައްޒަފުންގެ ވާޖިބުތަކާއި މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސް އަޅަމުން ދިޔުން
  • މާލިއްޔަތު ގަވާއިދާ ފުށުއަރާނެ ގޮތަށް މަސައްކަތް ކުރުމަށް މުވައްޒަފުންނަށް މަޖުބޫރު ކުރުވުން
  • އިތުރު ގަޑީގެ ފައިސާ ދެވެން ބަޖެޓުގައި ނެތް އިރުވެސް، މަސައްކަތް ކުރުވައި، އެކަށީގެންވާ ވަގުތު ނުދީ މަސައްކަތް ނިންމުމަށް ޕްރެޝަރު ކުރަމުން ދިޔުން
  • ބްރޯޑްކޮމްގެ ކުރީގެ ނައިބު ރައީސްގެ ފަރާތުން ޖިންސީ ފުރައްސާރަ ކުރިމަތިވި މުވައްފަޒު އޭނާ އަދާކުރަމުންދިޔަ ޒިންމާތަކުން ނުރުހުމުގައި އެކަހެރިކޮށް، އޭނާ ޑިޕާޓުމަންޓު ބަދަލުކޮށް، ޑަބަލް ވިކްޓިމައިޒް ކުރުން
  • އިދާރީ ހިންގުމުގެ އެންމެ އިސް މީހާގެ ގަދަރާއި ހައިބަތު ކުޑަވާ ގޮތަށް ކޮމިޝަނުގެ ހުރިހާ މުވައްޒަފުންގެ ހާޒިރުގައި މުއާމަލާތް ކުރުން
  • ކޮމިޝަނުގެ ދާއިމީ ކޮމިޓީތަކުން ނިންމާ ނިންމުންތަކަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރުން
  • ބައެއް މުވައްޒަފުންނަށް ދީފައިވާ އެކްސެސް ކަނޑާލައި، ބައެއް މުވައްޒަފުންނަށް ވަޒީފާގެ ބިރު ދެއްކުން
  • މުވައްޒަފަކު ހުންނަ ގޮތަކުން އޭނާ ވަޒީފާއިން ވަކިކުރަން ބޭނުންވާ ކަމަށް ބުނެ އުޅުން
  • ކޮމިޝަނުގެ ހިންގާ ގަވާއިދާ ހިލާފަށް މުވައްޒަފުންނާ މެދު ފިޔަވަޅު އަޅައި އިޖުރާއަތްތައް ފުރިހަމަނުކޮށް ވަކި މުވައްޒަފަކު ވަޒީފާއިން ވަކިކުރަން އެޗްއާރު ޕެނަލަށް އެންގުން
  • އެޗްއާރު ޕެނަލްގެ ނިންމުންތައް ބަލައިނުގަތުން
  • ސެކްރެޓަރީ ޖެނެރަލްގެ މަސައްކަތްތަކަށް ސިޔާސީ ގޮތުން ނުފޫޒު ފޯރުވުން
  • ތަނުގެ ހިންގުމާ މެދު ގޮތް ކިޔައި ބާރު ފޯރުވަމުން ދިޔުން
  • މުވައްޒަފުންގެ ނަޒާހަތްތެރިކަމާ މެދު ސުވާލު އުފެއްދުން
  • ވިސިލްބްލޯވާ ޕްރޮޓެކްޝަން އެކްޓުގެ ދަށުން ލިބިދޭ ހައްގުތައް ހަނިވާ ގޮތަށް ނުފޫޒު ފޯރުވުން
  • މުވައްޒަފުން މެދުވެރިކޮށް މުވައްޒަފުންނާއި އިދާރީ ވެރިންނަށް ފާރަލުން

ބްރޯޑްކޮމް ޖަވާބުދާރީވާން ޖެހޭނީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިިޓީއަށެވެ. އެ ޕެޓިޝަނުގައި އެދިފައި ވަނީ ކޮމިޝަނުގެ ރައީސާއި، ނައިބު ރައީސް އަދި ބައެއް މެންބަރުން ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް އަމަލުކުރާކަން ކަށަވަރު ކޮށްދިނުމަށެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުގެ މެންބަރުންނަކީ ސަފާ ޝަފީގް އާއި މުހައްމަދު އަބްދުﷲ (މުހައްމާ ކަލޯ) އާއި އައިމިނަތު އަމީނާ އާއި އައިމިނަތު ސަރާހަތު އިއްޒަތާއި އައިމިނަތު ނުޒުހާ އާއި ޝިފްލާ އިބްރާހިމް އާއި މޫސާ ރިލްވާން އެވެ. ކޮމިޝަނުގެ ރައީސްއަކީ ސަފާ އެވެ.

ބްރޯޑްކޮމްގެ ތެރޭގައި ސިޔާސީ ނުފޫޒު އިންތިހާއަށް ބޮޑުވެފައިވާއިރު އެ ކޮމިޝަނުގެ މެންބަރަކު ވަނީ ދާދިފަހުން ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށްވެސް ސޮއިކޮށްފަ އެވެ. އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މުޒާހަރާތަކާ ގުޅިގެން ބައެއް ޓީވީ ސްޓޭޝަންތައް ހާޒިރުކޮށް ޖަވާބުދާރީވާން މިފަހުން ވަނީ އަންގާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox