ފޯޓްނައިޓް ސްކައިލައިން ޕެކް ހިލޭ ދޫކުރަނީ

 ފޯޓްނައިޓް ސްކައިލައިން ޕެކް ހިލޭ ދޫކުރަނީ

މަޝްހޫރު ވީޑިއޯ ގޭމް ފޯޓްނައިޓްގެ ޕްލޭޔަރުންނަށް އުފާވެރި ހަބަރެއް ލިބިއްޖެއެވެ. އެޕިކް ގޭމްސްއިން ފޯޓްނައިޓް ސްކައިލައިން ޕެކް ހިލޭ ދޫކުރަން ފަށައިފި އެވެ. މި ޕެކްގައި ހިމެނެނީ ދެ ވައްތަރެއްގެ "ރެޕް" އެވެ.

މި ހިލޭ ޕެކް ލިބެން ފަށާފައިވަނީ އެޕިކް ގޭމްސް ސްޓޯރުގައި ކުރިއަށްދާ "މެގަ" ސޭލްއާ ގުޅިގެންނެވެ. މި ސޭލްގައި ރޮކެޓް ލީގް އަދި ފޯލް ގައިސް ފަދަ އެހެން ގޭމްތަކުގެ ހިލޭ އައިޓަމްތައްވެސް ލިބެން ހުންނާނެ އެވެ.

ފްރޮސްޓެޑް ސްކައިލައިން ޕެކްގައި ހިމެނޭ ދެ ރެޕްއަކީ އާކްޓިކް އުޑުގެ މަންޒަރުތަކުން އިންސްޕަޔާ ވެގެން ހަދާފައިވާ ރެޕްތަކެކެވެ. އޭގެ ތެރެއިން އެއް ރެޕް، އައިސްގަނޑުގެ މަންޒަރަށް ނިސްބަތްވާއިރު، އަނެއް ރެޕްގައި ވަނީ ނޯދަން ލައިޓްސްގެ އަލީގެ އަސަރުތަކެވެ.

މި ހިލޭ ޕެކް ހޯދުމަށް ޕްލޭޔަރުން އެޕިކް ގޭމްސް ސްޓޯރުއަށް ޒިޔާރަތްކޮށް، އެތަނުން މި ޕެކް ކްލެއިމް ކުރަން ޖެހޭނެ އެވެ. މި ރެޕްތަކަކީ ހަތިޔާރުތަކުގެ ބޭރު ފުށުގެ ސިފަ ބަދަލުކުރުމަށް ބޭނުންކުރެވޭ ހާއްސަ ޕެޓާންތަކެކެވެ.

ފޯޓްނައިޓްގެ އަޕްޑޭޓް ލަސްވުމާ ގުޅިގެން ޕްލޭޔަރުންނަށް ދެވޭ ބަދަލެއްގެ ގޮތުގައި މި ޕެކް ދޫކުރަނީ ކަމަށް ބައެއް ފަރާތްތަކުން ދުށް ނަމަވެސް، އެޕިކް ގޭމްސްއިން ބުނެފައިވަނީ މިއީ ހަމަ އިއްތިފާގެއް ކަމަށެވެ.

ފޯޓްނައިޓްގެ ޕްލޭޔަރުންނަށް މި ފުރުސަތު ލިބެން އޮތީ މަދު ދުވަސްކޮޅަކަށް ކަމަށްވުމާއެކު، ވީހާވެސް އަވަހަކަށް މި ހިލޭ ޕެކް ހޯދުމަށް އެޕިކް ގޭމްސް ސްޓޯރަަށް ޒިޔާރަތްކުރުމަށް ޕްލޭޔަރުންނަށް އިރުޝާދު ދެވިފައިވެ އެވެ.

ހިލޭ ފްރޮސްޓެޑް ސްކައިލައިން ރެޕްތައް ހޯދާނެ ގޮތް

މި ރެޕްތައް ހޯދުމަށް ޕްލޭޔަރުން އެޕިކް ގޭމްސް ސްޓޯރަށް ޒިޔާރަތްކުރަން ޖެހޭނެ އެވެ. އައިޓަމް ޝޮޕްގައި މި ރެޕްތައް ނުހުންނާނެ އެވެ. ޕީސީ ބޭނުންކުރާ ފަރާތްތަކަށް މިކަން ފަސޭހައިން ކުރެވޭނެ އެވެ. ނަމަވެސް ކޮންސޯލް ބޭނުންކުރާ ފަރާތްތަކަށް މިއަށްވުރެ ދަތިވާނެ އެވެ.

ކޮންސޯލް ބޭނުންކުރާ ފަރާތްތަކަށް އެންމެ ފަސޭހައިން މި ރެޕްތައް ހޯދޭނީ ފޯޓްނައިޓްގެ ވެބް ސްޓޯރު މެދުވެރިކޮށެވެ. މި ރެޕްތައް ހޯދުމަށް އަންނަނިވި ފިޔަވަޅުތައް ފުރިހަމަ ކުރަންވާނެއެވެ:

  1. ފޯޓްނައިޓްގެ ސްޓޯ ވެބްސައިޓަށް ޒިޔާރަތްކުރުން
  2. ފްރޮސްޓެޑް ސްކައިލައިން ޕެކް ހޯދުން (ސާޗް ކުރެވިދާނެ)
  3. "ގެޓް" ބަޓަން ކްލިކްކުރުން
  4. ޖެހިގެން އަންނަ ސަފުހާގައި "ކޮންފާމް" ބަޓަން ކްލިކްކުރުން
  5. "ތޭންކްސް ފޯ ޔުއާ އޯޑާ" ސަފުހާއެއް ފެންނާނެ

މި ހުރިހާ ފިޔަވަޅެއް ފުރިހަމަކުރުމަށްފަހު، ދެން ފަހަރަކު ފޯޓްނައިޓަށް ލޮގިން ވާއިރު ފްރޮސްޓެޑް ސްކައިލައިން ރެޕްތައް ލިބިފައި ހުންނާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލުން ޕޮޗެޓީނޯއާ އެކު ނުކުތް ޔުނައިޓެޑް ބަލިކޮށްފި

މައުރީސިއޯ ޕޮޗެޓީނޯގެ ކޯޗުކަމުގައި މެންޗެސްޓާ ޔުނައިޓެޑް ކުޅުނު ފުރަތަމަ މެޗުން 4-0 ގެ ބޮޑު ތަފާތަކުން ލިވަޕޫލް އަތުން ބަލިވެއްޖެއެވެ. މެޗުގެ ކުރީކޮޅު ޔުނައިޓެޑްގެ ކުޅުންތެރިއަކަށް ރަތް ކާޑު ދެއްކުމުން އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނު މި މެޗުގައި ލިވަޕޫލްގެ ލަނޑުތައް ޖަހައިދިނީ ސޮބޯސްލާއި، ވާޓްޒް، އެންގުމޯހާ އަދި މުނޯޒްއެވެ.

ނިއު ބަލިކޮށް ވިކްޓަރީން ލީގުގެ އެއް ވަނައިގައި ލީޑުފުޅާކޮށްފި

ދިވެހި ޕްރިމިއާ ލީގުގައި ނިއު ރޭޑިއަންޓް 2-1 އިން ބަލިކޮށް، ވިކްޓަރީން ތާވަލުގެ އެއްވަނައިގައި ހަ ޕޮއިންޓުގެ ލީޑެއް ނަގައިފި. މި މެޗުން ބަލިވުމާއެކު ލީގުގައި ނިއުގެ ބަލިނުވުމުގެ ސިލްސިލާ ނިމުމަކަށް އައިއިރު، ވިކްޓަރީ އަކީ މިވަގުތު ލީގުގައި ބަލިނުވެ އޮތް ހަމައެކަނި ޓީމު

މާޒިޔާ އަތުން ނިއު އަށް ފަސް ގޯލުގެ މޮޅެއް

އެފްއޭއެމް ވިމެންސް ލީގުގައި މިއަދު ކުޅުނު މެޗުން ނިއު ރޭޑިއަންޓުން 5-0 ގެ ބޮޑު ތަފާތަކުން މާޒިޔާ ބަލިކޮށް، ތިން މެޗުން މޮޅުވެ ތާވަލުގެ އެއްވަނަ ކަށަވަރުކޮށްފި. މި މެޗުގައި ނިއުގެ ސަބީނާ ކަތުން އާއި މަރިޔަމް ނޫރާ ކޮންމެ ކުޅުންތެރިއަކު ދެ ގޯލު ޖެހިއިރު، މިއީ މިދިޔަ އަހަރުގެ ޗެމްޕިއަން މާޒިޔާ މި މުބާރާތުގައި ބަލިވި ފުރަތަމަ މެޗު

ފަހަތުން އަރައި މޮޅުވެ ބާސެލޯނާ އިން އެއް ވަނަ ދިފާއުކޮށްފި

ސްޕެނިޝް ލީގުގައި ވިޔަރެއާލް އަތުން 3-2 އިން މޮޅުވެ، ބާސެލޯނާ އިން ތާވަލުގެ އެއްވަނަ މަގާމު ދިފާއުކޮށްފިއެވެ. މެޗުގެ ކުރީކޮޅު ވިޔަރެއާލުން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް، ބާސެލޯނާ އިން މެޗު ކާމިޔާބުކުރީ ދެވަނަ ހާފުގެ 10 މިނިޓް ތެރޭގައި ތިން ލަނޑު ޖަހައިގެންނެވެ.

ޓީސީ ބަލިކޮށް އޮޑި ހަތަރު ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި މިއަދު ކުޅުނު މެޗުން ޓީސީ ސްޕޯޓްސް ކްލަބް 3-1 އިން ބަލިކޮށް، އޮޑި ސްޕޯޓްސް ކްލަބް ތާވަލުގެ ހަތަރު ވަނައަށް ޖެހިލައިފި ޓީސީން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، އޮޑިން މެޗު ކާމިޔާބުކުރީ ހަޑްސަން ޑިއާޒް ޖެހި ދެ ގޯލާއި ކެޕްޓަން އިބްރާހިމް ވަހީދު ހަސަން (އިއްބެ) ޖެހި ލަނޑުން

އިންޑިއާ ފުޓްބޯޅަ ރައީސް ޗޯބޭގެ ނުސީދާ ރައްދެއް ބުޓިއާ އަށް

އިންޑިއާ ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސް ކަލްޔާން ޗޯބޭގެ އިސްތިއުފާ އަށް އެދި ބައިޗުން ބުޓިއާ އިސްވެ ހުރެ ޝަކުވާ ހުށަހެޅުމުން، ޗޯބޭ ވަނީ އެކަމަށް ނުސީދާ ރައްދެއް ދެއްވާފައި . ޗޯބޭ ވިދާޅުވީ ފުޓްބޯޅަ ކުރިއަރުވަން މަސައްކަތް ކުރާއިރު ޒިންމާދާރު ގޮތެއްގައި ފާޑުކިޔަންޖެހޭނެ ކަމަށާއި، ފެޑެރޭޝަނުގެ ލީޑަޝިޕްގައި ތިބި އެންމެން ވެސް ޖަވާބުދާރީވާން ޖެހޭނެ ކަމަށް

މުސިއާލާގެ ވާހަަކަ ބަޔާންގެ ވެރިން ދެއްކި ގޮތް ކަމަކުނުދިޔަ

ބަޔާން މިއުނިކްގެ މިޑްފީލްޑަރު ޖަމާލް މުސިއާލާއަށް ނާރުގެ ބައްޔެއް ޖެހިފައިވަނިކޮށް، އޭނާގެ ކޮންޓްރެކްޓާ މެދު އެ ކްލަބުގެ އިސްވެރިން ދެއްކެވި ޒިންމާދާރުކަން ކުޑަ ވާހަކަތަކަށް ފިފްޕްރޯ އިން ފާޑުކިޔައިފިއެވެ. އެ ޖަމިއްޔާއިން ބުނީ ބަލި ހާލަތެއްގައި ހުރި ކުޅުންތެރިއެއްގެ މުސްތަގުބަލާ މެދު ވާހަކަދެއްކުމުގައި ބަޔާނުން މިއަށްވުރެ ބޮޑަށް ސިއްހީ ހާލަތަށް އިހުތިރާމްކުރަން ޖެހޭނެ ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox