ރިސޯޓް ލީގު: ކަނޑިންމަ އަތުން ވެސް ނިޔާމަ އަށް މޮޅެއް

ރިސޯޓު ލީގުގައި ކަނޑިންމަ އާއި ނިޔާމަ ވާދަކުރި މެޗުގެ ތެރެއިން -- ފޮޓޯ: އިމޭޖަސް.އެމްވީ

ރިސޯޓު ލީގުގައި ކަނޑިންމަ އާއި ނިޔާމަ ވާދަކުރި މެޗުގެ ތެރެއިން -- ފޮޓޯ: އިމޭޖަސް.އެމްވީ

ރިސޯޓް ލީގުގެ ދ. އަތޮޅު ޒޯނުގައި ކުޅުނު ދެ ވަނަ މެޗު ވެސް ނިޔާމަ ޕްރައިވެޓް އައިލަންޑުން ކާމިޔާބުކޮށްފި އެވެ.

މި މުބާރާތުގައި ނިޔާމަ އިން ކުޅުނު ފުރަތަމަ މެޗުން ވަނީ ސަން ޝިޔާމް އޮޅުވެލި 3-2 ގެ ނަތީޖާ އަކުން ބަލިކޮށްފަ އެވެ. މިއަދު ހަވީރު ކަނޑިންމަ މޯލްޑިވްސްގެ މައްޗަށް ނިޔާމަ ކުރިހޯދީ 1-0 ގެ ނަތީޖާ އަކުންނެވެ.

މެޗު ފަށައިގެންވެސް ކަނޑިންމަ އިން ލީޑުކޮށްގެން ކުޅުނު މި މެޗުގައި ކަނޑިންމައިން ވަނީ ގިނަ ހަމަލާތަކެއް ނިޔާމަ ކޮޅަށް ފޮނުވާލައިފަ އެވެ. އެ ގޮތުން، ނިޔާމައިގެ ހުސެއިން އިފްހާމް އާއި މުހައްމަދު އަޔާޒް ވަނީ ގިނަ ހަމަލާތަކެއް ފޮނުވާލައިފަ އެވެ. އެކަމަކު، މި ހަމަލާތައް ހުއްޓުވުމުގައި ނިޔާމައިގެ ކީޕަރު ރީހާން ނިޒާރު ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.

އެކަމަކު މެޗުގެ ދެ ވަނަ ހާފު ފަށައިގެން ހަތަރު ވަނަ މިނިޓްގައި ނިޔާމަ އިން ވަނީ ގޯލު ޖަހައި ލީޑު ނަގައިފަ އެވެ. އިބްރާހީމް އަފްސަލް ތަނަވަސްކޮށްދިން ފުރުސަތެއްގެ ބޭނުން ހިފައި މި ގޯލު ނިޔާމަ އަށް ކާމިޔާބުކޮށްދިނީ ހުސެއިން ޝާރިގް އެވެ.

މި ގޯލަށް ފަހު ވެސް ކަނޑިންމައިގެ އަޔާޒް އަށް ވަނީ ގޯލު ޖަހަން ރަނގަޅު ދެ ފުރުސަތެއް ލިބި ބޭކާރުވެފަ އެވެ. އޭގެ ތެރެއިން އެއް ހަމަލާ ދަނޑިކައިރިން ބޭރަށް ދިޔައިރު، ދެ ވަނަ ހަމަލާގެ ހުރަހަކަށްވީ މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ނިޔާމައިގެ ކީޕަރު އިފްހާމް އެވެ.

މި މުބާރާތުގެ ދ. ޒޯނުގައި ފަސް ޓީމެއް ވާދަކުރެ އެވެ. އެއީ ނިޔާމަ އާއި ކަނޑިންމައިގެ އިތުރުން، ވޮއްމުލި ރިސޯޓް، އަންގްސާނާގެ ވެލަަވަރު އަދި ސަން ޝިޔާމް އިރުވެލި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox