ސީޕީ ސުޖާއުއަށް ގުޅުއްވި ކަމަށް އަމީން އިއުތިރާފުވެއްޖެ، ވިދާޅުވީ ގުޅުއްވީ ތަހުގީގު ފަސޭހަކޮށްދޭން ކަމަށް

މަޖިލީހުގެ މީގެ ކުރީގެ ޖަލްސާއަކަށް ހާޒިރުވެވަޑައިގެން އަމީން ވާހަކަދައްކަވަނީ -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މަޖިލީހުގެ މީގެ ކުރީގެ ޖަލްސާއަކަށް ހާޒިރުވެވަޑައިގެން އަމީން ވާހަކަދައްކަވަނީ -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މިދިޔަ މަހުގެ 18 ވަނަ ދުވަހު ހ. ފެންޓެނޯއީ ގޭގެ ނުވަވަނަ ފަންގިފިލާއިން ހައްވާ ޔުމްނު ރަޝީދު، 21، ވެއްޓުނު ހާދިސާގެ ތަހުގީގާ ގުޅިގެން ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން ކުރިއަށް ދަނިކޮށް އޭރުގެ ޕޮލިސް ކޮމިޝަނަރު، އަލީ ސުޖާއުއަށް ގުޅުއްވި ކަމަށް އިއުތިރާފުވެވަޑައިގެން، އެކަން ކުރެއްވީ ތަހުގީގަށް ފަސޭހަ ކޮށްދިނުމުގެ ގޮތުން ކަމަށް ޓްރާސްޕޯޓު މިނިސްޓަރު، މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.

ޔުމްނު ވެއްޓުނު ހާދިސާގެ ތަހުގީގަށް އޭނާ ނުފޫޒު ފޯރުވި ކަމަށް ކުރާ ތުހުމަތުތަކާ ގުޅިގެން ޖަވާބުދާރީވެވަޑައިގަންނަވަމުން އަމީން ވިދާޅުވީ ޕޮލިސް ކޮމިޝަނަރަށް ގުޅުއްވީ ފުލުހުން ކުރަމުންގެންދިޔަ ތަހުގީގު ފަސޭހަ ކޮށްދިނުމުގެ ގޮތުން ކަމަށެވެ.

"ބުނެވިދިޔަ ހާދިސާއާ ގުޅިގެން އިތުރަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ބައްލަވާ ކަންކަމަށްޓަކައި ބައެއް ތަންތަން ކޯޓު އަމުރުގެ ދަށުން ބަލައި ފާސްކުރާ ވާހަކަ، އެ ސާވިސްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވުމާއި އަދި އެ ނޫސްވެރިންގެ ބައްދަލުވުމުގައި ބައެއް ނޫސްވެެރިން އަޅުގަނޑު ދިރިއުޅޭ ގޭގެ ނަން ކިޔަމުން ދިޔުމުން، އަޅުގަނޑު ގޭގެ އެހެން އޯނަރުންނާ ވާހަކަ ދެއްކުމަށްފަހު އަޅުގަނޑުމެންގެ ގެއަށް ފުލުހުން އައުމަށް ކޯޓު އަމުރެއް ބޭނުން ނުވާނެކަން ދެންނެވުމަށް އޭރުގެ ކޮމިޝަނަރު އޮފް ޕޮލިސްއަށް ދެންނެވުމަށް ގުޅާފައި ވާނެ،" އަމީން ވިދާޅުވި އެވެ.

އަމީން ވިދާޅުވީ ސުޖާއުއަށް ގުޅުއްވި ނަމަވެސް، ވަކި ކަމެއް ވަކި ގޮތަކަށް ނުކުރުމަށް ނުވަތަ ކުރުމަށް އަންގައި ތަހުގީގަށް އެއްވެސް ނުފޫޒެއް ފޯރުވާފައި ނުވާނެ ކަމަށެވެ. އަދި ސުޖާއުއަށް ގުޅުއްވީ ފުލުހުން ކުރަމުންދިޔަ ތަހުގީގަށް މިނިސްޓަރެއްގެ ހައިސިއްޔަތުން އެހީތެރިވެދިނުމުގެ ގޮތުން ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެވަގުތު ސުޖާއު ފޯނަށް ޖަވާބު ނުދެއްވި ކަމަށް ސުޖާއު ވިދާޅުވި އެވެ.

ކުރީގެ ސީޕީ ސުޖާއުއަށް މިނިސްޓަރު އަމީން ގުޅުއްވީ ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން އޭޕްރިލް 24، ގައި ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސުޖާއު އިންނަވަނިކޮށެވެ. އެ ވަގުތަކީ ޔުމްނު ވެއްޓުނު ހާދިސާގެ ތަހުގީގަށް މާންދޫގެދެކުނު ގެ ބަލައި ފާސްކުރަމުން ފުލުހުން ދިޔަ ވަގުތެވެ.

ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އަމީން ގުޅިކަން ހާމަވީ، އެ ރޭގެ ސެކިއުރިޓީ ފުޓޭޖުތައް ދައްކަމުންދިޔަ ވަގުތު މައިކަށް އަރާފައިވާ އަޑުތައް ދެނެގަތުމުންނެވެ.

"މިނިސްޓަރު އަމީން އެބަ ގުޅާ ވަރަށް،" ސީޕީ ޝުޖާއު ނުވަތަ ޕްރެސް ދޭން ތިބި އޮފިސަރަކު ވިދާޅުވާ އަޑު އިވެ އެވެ. އެހެން ބުނާ ވަގުތު ފޯނު ރިންގުވާ އަޑުވެސް އިވެ އެވެ.

މި އަޑު، ނޫސްވެރިންގެ ބައްދަލުވުން ގެނެސްދިން 'ރާއްޖެ ޓީވީގެ ލައިވް ރެކޯޑިން ގެ 31:20 ގައި އަޑު އިވޭނެ އެވެ. އެ ވަގުތު ދައްކަމުންދިޔައީ ސީސީޓީވީ ފުޓޭޖު ކަމަށްވާއިރު އަޑު ނަގާފައި ހުރީ ޕްރެސް ދޭން ތިބި ފުލުހުން ވާހަކަ ދައްކަން ޖަހާފައި ހުރި މައިކުންނެވެ.

ނަމަވެސް އެ ދުވަހު ނޫސްވެރިން ސުވާލު ކުރުމުން ސުޖާއު ވިދާޅުވެފައި ވަނީ ތަހުގީގާ ގުޅިގެން މިނިސްޓަރު އަމީން ނުގުޅުއްވާ ކަމަށެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox