‏ގޭމިން ހިދުމަތްތަކުގެ ސަބަބުން ޗައިނާގެ ޓެންސެންޓް ކުންފުނީގެ ފައިދާ 13 އިންސައްތަ އިތުރުވި‏

‏ގޭމިން ހިދުމަތްތަކުގެ ސަބަބުން ޗައިނާގެ ޓެންސެންޓް ކުންފުނީގެ ފައިދާ 13 އިންސައްތަ އިތުރުވި‏

‏ގޭމިން ހިދުމަތްތަކުގެ ސަބަބުން ޗައިނާގެ ޓެކްނޮލޮޖީ ބިޔަ ކުންފުނި‏ ޓެންސެންޓްގެ ފައިދާ 13 އިންސައްތަ އިތުރުވެއްޖެ‏ އެވެ.‏

‏ޓެންސެންޓުން ބުދަ ދުވަހު ހާމަކުރި ގޮތުގައި، މި ކުރިއެރުން ލިބިފައިވަނީ ކުންފުނީގެ ‏‏މައިގަނޑު ވިޔަފާރިއެއް ކަމުގައިވާ ގޭމިންގ ޔުނިޓުގެ ފާހަގަކޮށްލެވޭ ކުރިއެރުމުގެ ‏‏ސަބަބުންނެވެ‏‎.‎

‏ޓެންސެންޓުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، 2025 ވަނަ ‏‏އަހަރުގެ ފުރަތަމަ ކުއާޓަރގައި ކުންފުންޏަށް 180.02 ބިލިއަން ޔުއާން (25 ‏‏ބިލިއަން ޑޮލަރު) ގެ އާމްދަނީއެއް ލިބިފައިވެ‏ އެވެ.‏ މީގެ އިތުރުން، މި މުއްދަތުގައި ‏‏ކުންފުނީގެ ސާފު ފައިދާވެސް އަހަރުން އަހަރަށް 14 އިންސައްތަ އިތުރުވެ، 47.8 ‏‏ބިލިއަން ޔުއާން (6.63 ބިލިއަން ޑޮލަރު) އަށް އަރާފައިވެ‏ އެވެ.‏

‏ދުނިޔޭގެ އެންމެ ބޮޑެތި ގޭމިންގ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ޓެންސެންޓްގެ ‏‏މައިގަނޑު އާމްދަނީ ލިބެނީ މަގުބޫލު ގޭމްތަކުންނެވެ. "ހޮނަރ އޮފް ކިންގްސް" ‏‏އަދި "ޕީސްކީޕަރ އެލައިޓް" ފަދަ މަޝްހޫރު ގޭމްތަކާއި، "ޑީއެންއެފް މޮބައިލް" ‏‏ފަދަ އައު ގޭމްތަކުގެ ސަބަބުން، ޗައިނާގެ އެތެރޭގެ ގޭމިންގ އާމްދަނީ އަހަރުން ‏‏އަހަރަށް 24% އިތުރުވެ، 42.9 ބިލިއަން ޔުއާން (5.95 ބިލިއަން ޑޮލަރު) ‏‏އަށް އަރާފައިވެ‏ އެވެ.‏

‏ބައިނަލްއަގުވާމީ ގޭމިންގ ޑިވިޝަނުން ލިބުނު އާމްދަނީވެސް 23% އިތުރުވެ، ‏‏16.6 ބިލިއަން ޔުއާން (2.3 ބިލިއަން ޑޮލަރު) އަށް އަރާފައިވެ‏ އެވެ.‏ މި ‏‏ކުރިއެރުން ލިބިފައިވަނީ "ބްރޯލް ސްޓާރސް" އަދި "ޕަބްޖީ މޮބައިލް" ފަދަ ‏‏ގޭމްތަކުގެ ސަބަބުންނެވެ‏‎.‎

‏ޓެންސެންޓަކީ ޗައިނާގެ އެންމެ ބޮޑު މެސެޖިންގ އެޕް ކަމުގައިވާ ވީޗެޓްގެ ‏‏ވެރިފަރާތްވެސް މެ‏ އެވެ.‏ ވީޗެޓްގައި އިން-އެޕް މިނި ގޭމްތައް ހިމެނޭ އިރު، އެއީ ‏‏މަހަކު 1.4 ބިލިއަނަށްވުރެ ގިނަ އެކްޓިވް ޔޫޒަރުން ބޭނުންކުރާ އެޕެކެވެ‏‎.‎

‏ކުންފުނީގެ ބަޔާނުގައި ބުނެފައިވަނީ، "2025 ވަނަ އަހަރުގެ ފުރަތަމަ ‏‏ކުއާޓަރގައި، އެކުންފުނީގެ ފެންވަރު ރަނގަޅު އާމްދަނީ ލިބޭ ދާއިރާތަކުން ‏‏ހަރުދަނާ ކުރިއެރުމެއް ދަމަހައްޓާފައިވާކަމަށެވެ. އާޓިފިޝަލް އިންޓެލިޖެންސް ‏‏(އޭއައި) ގެ ގާބިލުކަން މިހާރުވެސް އެކުންފުނީގެ ވިޔަފާރިތަކަށް، ހާއްސަކޮށް ‏‏ޕަރފޯމަންސް އިޝްތިހާރުކުރުމާއި އެވަރގްރީން ގޭމްތަކަށް، ފާހަގަކުރެވޭ ‏‏މިންވަރަކަށް ހިއްސާކޮށްފައިވެ‏ އެވެ.‏

ކޮމެންޓް

ފަހުގެ ޚަބަރު

ދެ ވަނަ މެޗުގައި ރާއްޖޭން ފަލަސްތީނު ކަައިރީގައި ފަރަގުކުޑަކޮށްފި

އޭޝިއާގެ 17 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުން ފަލަސްތީނު އަތުން ރާއްޖެ 3-0 އިން ބަލިވެއްޖެ. ފުރަތަމަ މެޗާ އަޅާބަލާއިރު ރާއްޖޭން ކުޅުން ރަނގަޅުކުރި މި މެޗަށްފަހު، ކޮލިފައިންގައި ވާދަކުރުމަށް ރާއްޖޭގެ ޓީމު މި ހަފުތާގައި ތައިލެންޑަށް ފުރާނެ

ޔުނައިޓެޑަށް ރެލިގޭޝަންގެ ބިރު އޮތް ކަމަށް ޓެން ހާގް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ މިހާރުގެ މައްސަލަތައް ހައްލުނުކޮށްފިނަމަ، އެ ކްލަބް ރެލިގޭޝަނާ ކުރިމަތިލާންޖެހުމުގެ ބިރު އެބައޮތް ކަމަށް ކުރީގެ ކޯޗު އެރިކް ޓެން ހާގް ބުނެފިއެވެ. ލީގުގައި އެންމެ ދަށް ފެށުމަކާ އެކު ޔުނައިޓެޑް މިވަގުތު ތާވަލުގެ 16 ވަނައިގައި އޮތްއިރު، ޓެން ހާގް ވަނީ އޭނާގެ ކޯޗުކަމުގައި ހޯދި ކާމިޔާބީތަކަށް އަލިއަޅުވާލައި، މިހާރުގެ ހާލަތުން އަރައިގަތުމުގެ އުނދަގޫކަން ފާހަގަކޮށްފައެވެ.

ޗައިނާ އާއި ހޮންގް ކޮންގް އަދި ކޮރެއާ އަށް "ފައިޓެއް" ދެވޭނެ

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވާދަކުރާ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމުން ރަނގަޅު ކުޅުމެއް ދައްކައި، ނަތީޖާ ނެރެވޭނެ ކަމަށް އެސިސްޓަންޓް ކޯޗު ފުހެއިދު (ޓޯޑް) ބުނެފި. ގައުމީ ކޯޗު، ފާރޫކް ޒަކީރޯވް ޕްލޭނާ އެއްގޮތަށް ތައްޔާރުވެފައިވާ މި ޓީމަކީ މިއަހަރުގެ ސާފް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީމު.

ލާޒިއޯ އަށް ލީޑެއް، ޔުވެންޓަސް އިން ނަޕޯލީ ބަލިކޮށްފި

އިޓާލިއަން ލީގުގައި ރޭ ކަލިއަރީ އަތުން 2-1 އިން މޮޅުވެ، ލާޒިއޯ އިން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މީގެ އިތުރުން، ޔުވެންޓަސް އިން ވަނީ ނަޕޯލީއާ ބައްދަލުކުރި މެޗު 2-0 އިން ކާމިޔާބުކޮށް، ލީގު ތާވަލުގެ ހަތް ވަނަ އަށް ކުރިއަށް ޖެހިލާފައި

ޑިއޮމަންޑޭގެ މޮޅު ލަނޑާ އެކު ރެއާލުން ރޭސިން ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭސިން ސަންޓަންޑޭއާ ދެކޮޅަށް ކުޅުނު މެޗު 3-0 އިން ކާމިޔާބުކޮށް، ރެއާލް މެޑްރިޑުން ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފިއެވެ. ރެއާލްގެ ލަނޑުތައް ފުރަތަމަ ހާފުގައި ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭ، ޖޫޑް ބެލިންހަމް އަދި ޔަން ޑިއޮމަންޑޭ އެވެ.

ވެމްކޯ އަށް ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ގައުމީ ތަށި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުގައި ކްލަބް އެމްޓީސީސީ ބަލިކޮށް، ކްލަބް ވެމްކޯ އިން ޖެހިޖެހިގެން ފަސްވަނަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލައިފި. މި އަހަރުގެ ގައުމީ ލީގުވެސް ކާމިޔާބުކުރި ވެމްކޯ އިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

Newsletter

Get the latest news delivered straight to your inbox