‏މައިކްރޯސޮފްޓުން އިތުރު މުވައްޒަފުންތަކެއް ވަކިކުރަނީ‏

‏މައިކްރޯސޮފްޓުން އިތުރު މުވައްޒަފުންތަކެއް ވަކިކުރަނީ‏

‏މައިކްރޯސޮފްޓުން އިތުރު ހަ ހާހަށްވުރެ ގިނަ މުވައްޒަފުން ވަޒީފާއިން ވަކިކުރަން ނިންމައިފި އެވެ. ‏

‏ސީއެންބީސީގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި މި ވަކިކުރުންތައް އެ ކުންފުނީގެ ހުރިހާ ފަންތިއެއްގެ ހުރިހާ ‏‏ދާއިރާއަކުން ކުރިއަށްދާނެ އެވެ. މީގެ ތެރޭގައި މައިކްރޯސޮފްޓުގެ ގޭމިން ޑިވިޝަނަށް ވެސް އަސަރުކުރާނެ ކަމަށް ‏‏ރިޕޯޓްތައް ބުނެ އެވެ‏‎.‎

‏ރިޕޯޓުގައި ބުނެފައިވާ ގޮތުން، ފާއިތުވި އަހަރުގެ ޖޫން މަހުގެ ނިޔަލަށް މައިކްރޯސޮފްޓުގައި ގާތްގަނޑަކަށް 228،000 ‏‏މުވައްޒަފުން ތިއްބެވެ. މިއަދަދުގެ ތިން ޕަސެންޓު މުވައްޒަފުން ވަޒީފާއިން ވަކިކުރަން ނިންމާފައިވާއިރު، އެއީ ގާތްގަޑަކަށް 6،840 ‏‏މުވައްޒަފުންނެވެ. ‏

‏މައިކްރޯސޮފްޓުގެ ފަރާތުން ސީއެންބީސީއަށް ދީފައިވާ ބަޔާނެއްގައި ބުނެފައިވަނީ މި ވަކިކުރުންތަކުގެ އެއް ‏‏މަޤްޞަދަކީ މެނޭޖްމަންޓުގެ ފަންތިތައް މަދުކުރުން ކަމަށެވެ. ކުންފުނި ކާމިޔާބު ކުރުމަށްޓަކައި ބަދަލުވަމުންދާ ‏‏މާކެޓްޕްލޭސްއެއްގައި ކުރަންޖެހޭ އޮގަނައިޒޭޝަނަލް ބަދަލުތައް ގެންނަމުންދާ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ‏‎.‎

މިއީ 2023 ވަނަ އަހަރުގެ ޖަނަވަރީ މަހުގައި މައިކްރޯސޮފްޓުން ގަނޑުކޮށް ގިނަ މުވއްޒަފުންތަކެއް ވަކިކުރި ފަހުން ‏‏މިހާގިނަ އަދަދެއްގެ ބަޔަކު ވަކިކުރާ ފުރަތަމަ ފަހަރެވެ. އޭރު ކުންފުނިން ވަކިކުރި 10،000 މުވައްޒަފުންނަކީ އޭރުގެ ‏‏މުޅި ވޯކްފޯސްގެ 4.5 ޕަސެންޓެވެ‏‎.‎

‎2023‏ގެ ވަކިކުރުންތަކުގައި އެކްސްބޮކްސް އަދި ބެތެސްޑާގެ ވީޑިއޯ ގޭމް ޑިވިޜަންތަކަށް އަސަރުކުރިއެވެ. މީގެ ‏‏ތެރޭގައި 2021 ގެ ހޭލޯ އިންފިނިޓީ ގޭމް ހެދި 343 އިންޑަސްޓްރީސްއިން ގިނަ އަދަދެއްގެ މުވައްޒަފުން ވަކިކުރިއެވެ. ‏‏އަދި މައިކްރޯސޮފްޓުގެ ހޮލޯލެންސް ވިޔަފާރިއާއި ބައެއް އިންޖިނިއަރިން ޑިވިޒަންތަކަށް ވެސް މި ވަކިކުރުންތަކުގެ ‏‏އަސަރުކުރި އެވެ‏‎.‎

‎23 ‎‏ގެ ވަކިކުރުންތަކުގައި އެކްސްބޮކްސް އަދި ބެތެސްޑާގެ ވީޑިއޯ ގޭމް ޑިވިޜަންތަކަށް އަސަރުކުރި‏
‎23 ‎‏ގެ ވަކިކުރުންތަކުގައި އެކްސްބޮކްސް އަދި ބެތެސްޑާގެ ވީޑިއޯ ގޭމް ޑިވިޜަންތަކަށް އަސަރުކުރި‏

‎23 ‎‏ގެ ވަކިކުރުންތަކުގައި އެކްސްބޮކްސް އަދި ބެތެސްޑާގެ ވީޑިއޯ ގޭމް ޑިވިޜަންތަކަށް އަސަރުކުރި‏

އޭގެ އިތުރުން 2024 ގެ ޖަނަވަރީ މަހުގައި ގޭމްސްއާ ގުޅުންހުރި ވަކިކުރުންތަކެއް ކުރިއަށް ގެންދިޔައެވެ. މިގޮތުން ‏‏އެކްސްބޮކްސް، ބެތެސްޑާ އަދި އޭރު އަލަށް ގަނެފައިވާ އެކްޓިވިޜަން ބްލިޒާޑުން 1،900 މުވައްޒަފުން ވަކިކުރި އެވެ‏‎.‎

‏މައިކްރޯސޮފްޓުގެ ގޭމިން ޑިވިޝަންގެ އިސްވެރިޔާ ފިލް ސްޕެންސާ އޭރު މުވައްޒަފުންނަށް ފޮނުވި މެސެޖެއްގައި ‏‏ބުނެފައިވަނީ މި ނިންމުން ނިންމާފައިވަނީ މައިކްރޯސޮފްޓާއި އެކްޓިވިޝަން ބްލިޒާޑުގެ ލީޑާޝިޕް ޓީމުތަކުން ‏‏"އިސްކަންދޭނެ ކަންކަން ކަނޑައަޅައި، އޯވަރލެޕްވާ ދާއިރާތައް ފާހަގަކޮށް، އަދި ކުރިއެރުމަށް އޮތް އެންމެ ރަނގަޅު ‏‏ފުރުޞަތުތަކާމެދު އެއްބަސްވުމަށްފަހު" ކަމަށެވެ.‏

‏ސްޕެންސާ މުވައްޒަފުންނަށް ފޮނުވި އީމެއިލްގައި ބުނެފައިވަނީ "2024 ގައި ކުރިއަށްދާއިރު، މައިކްރޯސޮފްޓް ‏‏ގޭމިންގ އަދި އެކްޓިވިޜަން ބްލިޒާޑުގެ ލީޑަރޝިޕުން ވަނީ އެކުންފުނީގެ ކުރިއަރަމުންދާ ވިޔަފާރި އެއްކޮށް ‏‏ސަޕޯޓްކުރެވޭނެ ދެމެހެއްޓެނިވި ހަރަދު އޮނިގަނޑަކާއެކު ސްޓްރެޓެޖީއެއް އަދި ތަންފީޒުކުރާނެ ޕްލޭނެއް އެކުލަވާލުމަށް ‏‏އެއްބަސްވެފައެވެ. އިސްކަންދޭނެ ކަންކަން ކަނޑައަޅައި، އޯވަރލެޕްވާ ދާއިރާތައް ފާހަގަކޮށް، އަދި ކުރިއެރުމަށް އޮތް ‏‏އެންމެ ރަނގަޅު ފުރުޞަތުތަކާމެދު އެއްބަސްވެފައި ކަމަށެވެ.‏

‏"މި ޕްރޮސެސްގެ ބައެއްގެ ގޮތުން، އޮތުން، އަޅުގަނޑުމެންގެ ޓީމުގައި ތިބި 22,000 މީހުންގެ ތެރެއިން ‏‏ގާތްގަނޑަކަށް 1,900 މަޤާމު އުނިކޮށް ގޭމިންގ ވަރކްފޯސް ކުޑަކުރުމަށް އުނދަގޫ ނިންމުމެއް ނިންމަން ޖެހުނު، ‏‏ގޭމިންގ ލީޑަރޝިޕް ޓީމާއި އަޅުގަނޑު ވަރަށް ފަރުވާތެރިކަމާއެކު މި ޕްރޮސެސް ކުރިއަށް ގެންދިއުމަށް ވަނީ ‏‏އެއްބަސްވެފައި" ސްޕެންސަރ ބުނެފައިވެއެވެ.‏

‏މައިކްރޯސޮފްޓުން އަލަށް އިޢުލާންކޮށްފައިވާ 3% ގެ ވަކިކުރުންތަކުގައި ކުންފުނީގެ ގޭމިންގ ޑިވިޜަންއިން ވަކިކުރާނީ ‏‏ކިތައް މުވައްޒަފުންކަމެއް އަދި ސާފެއް ނުވެއެވެ.‏

ކޮމެންޓް

ފަހުގެ ޚަބަރު

ދެ ވަނަ މެޗުގައި ރާއްޖޭން ފަލަސްތީނު ކަައިރީގައި ފަރަގުކުޑަކޮށްފި

އޭޝިއާގެ 17 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުން ފަލަސްތީނު އަތުން ރާއްޖެ 3-0 އިން ބަލިވެއްޖެ. ފުރަތަމަ މެޗާ އަޅާބަލާއިރު ރާއްޖޭން ކުޅުން ރަނގަޅުކުރި މި މެޗަށްފަހު، ކޮލިފައިންގައި ވާދަކުރުމަށް ރާއްޖޭގެ ޓީމު މި ހަފުތާގައި ތައިލެންޑަށް ފުރާނެ

ޔުނައިޓެޑަށް ރެލިގޭޝަންގެ ބިރު އޮތް ކަމަށް ޓެން ހާގް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ މިހާރުގެ މައްސަލަތައް ހައްލުނުކޮށްފިނަމަ، އެ ކްލަބް ރެލިގޭޝަނާ ކުރިމަތިލާންޖެހުމުގެ ބިރު އެބައޮތް ކަމަށް ކުރީގެ ކޯޗު އެރިކް ޓެން ހާގް ބުނެފިއެވެ. ލީގުގައި އެންމެ ދަށް ފެށުމަކާ އެކު ޔުނައިޓެޑް މިވަގުތު ތާވަލުގެ 16 ވަނައިގައި އޮތްއިރު، ޓެން ހާގް ވަނީ އޭނާގެ ކޯޗުކަމުގައި ހޯދި ކާމިޔާބީތަކަށް އަލިއަޅުވާލައި، މިހާރުގެ ހާލަތުން އަރައިގަތުމުގެ އުނދަގޫކަން ފާހަގަކޮށްފައެވެ.

ޗައިނާ އާއި ހޮންގް ކޮންގް އަދި ކޮރެއާ އަށް "ފައިޓެއް" ދެވޭނެ

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވާދަކުރާ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމުން ރަނގަޅު ކުޅުމެއް ދައްކައި، ނަތީޖާ ނެރެވޭނެ ކަމަށް އެސިސްޓަންޓް ކޯޗު ފުހެއިދު (ޓޯޑް) ބުނެފި. ގައުމީ ކޯޗު، ފާރޫކް ޒަކީރޯވް ޕްލޭނާ އެއްގޮތަށް ތައްޔާރުވެފައިވާ މި ޓީމަކީ މިއަހަރުގެ ސާފް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީމު.

ލާޒިއޯ އަށް ލީޑެއް، ޔުވެންޓަސް އިން ނަޕޯލީ ބަލިކޮށްފި

އިޓާލިއަން ލީގުގައި ރޭ ކަލިއަރީ އަތުން 2-1 އިން މޮޅުވެ، ލާޒިއޯ އިން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މީގެ އިތުރުން، ޔުވެންޓަސް އިން ވަނީ ނަޕޯލީއާ ބައްދަލުކުރި މެޗު 2-0 އިން ކާމިޔާބުކޮށް، ލީގު ތާވަލުގެ ހަތް ވަނަ އަށް ކުރިއަށް ޖެހިލާފައި

ޑިއޮމަންޑޭގެ މޮޅު ލަނޑާ އެކު ރެއާލުން ރޭސިން ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭސިން ސަންޓަންޑޭއާ ދެކޮޅަށް ކުޅުނު މެޗު 3-0 އިން ކާމިޔާބުކޮށް، ރެއާލް މެޑްރިޑުން ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފިއެވެ. ރެއާލްގެ ލަނޑުތައް ފުރަތަމަ ހާފުގައި ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭ، ޖޫޑް ބެލިންހަމް އަދި ޔަން ޑިއޮމަންޑޭ އެވެ.

ވެމްކޯ އަށް ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ގައުމީ ތަށި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުގައި ކްލަބް އެމްޓީސީސީ ބަލިކޮށް، ކްލަބް ވެމްކޯ އިން ޖެހިޖެހިގެން ފަސްވަނަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލައިފި. މި އަހަރުގެ ގައުމީ ލީގުވެސް ކާމިޔާބުކުރި ވެމްކޯ އިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

Newsletter

Get the latest news delivered straight to your inbox