ސިންގަޕޫރާއި ޓިމޯ ލެސްޓޭއާ ދެކޮޅަށް ރާއްޖޭގެ ކޯޗަކަށް ސުޒޭން ބަހައްޓަން ވިސްނަނީ

May 12, 2025, 7:28 AM
ސިންގަޕޫރާއި ޓިމޯ ލެސްޓޭއާ ދެކޮޅަށް ރާއްޖޭގެ ކޯޗަކަށް ސުޒޭން ބަހައްޓަން ވިސްނަނީ

އޭއެފްސީ އޭޝިއަން ކަޕްގެ ކޮލިފައިންގައި އަންނަ މަހު ޓިމޯ ލެސްޓޭއާ ދެކޮޅަށް ކުޅޭ މެޗާއި އެ މެޗަށް ތައްޔާރުވުމަށް ސިންގަޕޫރާ ބައްދަލުކުރާ އެކުވެރިކަމުގެ މެޗުގައި، ގައުމީ ޓީމަށް އިރުޝާދުދޭން ކުރިން ވެސް އެ މަގާމުގައި ހުރި ތަޖުރިބާކާރު ކޯޗު، އަލީ ސުޒޭންއާ ހަވާލުކުރުމުގެ ވިސްނުމާ އެކު ނޯމަލައިޒިން ކޮމިޓީން ކުރިއަށްދާން ނިންމައިފި އެވެ.

ތިން މަސް ދުވަހުގެ ކޮންޓްރެކްޓެއްގައި ގައުމީ ޓީމަށް ކޯޗެއް ހޯދަން އިއުލާނުކުރީ، އަންނަ މަހު ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތާއި އޭޝިއަން ކަޕް ކޮލިފައިން އޮތުމުންނެވެ.

Advertisement

އެކަމަކު، ސާފް ޗެމްޕިއަންޝިޕް އަންނަ އަހަރަށް ފަސްވުމާ އެކު، އެފްއޭއެމް އިން ކުރު ކޮންޓްރެކްޓަކަށް އާ ކޯޗެއް ހޯދުމުގެ ވިސްނުން ދޫކޮށްލައި، ކުރިއަށް އޮތް ދެ މެޗަށް އާ ކޯޗެއް ނުނަގައި ކުރިއަށްދާން ނޯމަލައިިޒިން ކޮމިޓީން ވިސްނީ އެެވެ.

ނޯމަލައިޒިން ކޮމިޓީގެ މެމްބަރު، އިސްމާއީލް ސިމަން ވަނީ މީޑިއާގައި އެ ގޮތަށް ވިދާޅުވެފަ އެެވެ.

އާ ކޯޗެއް ހޯދަން، އެފްއޭއެމް އިން އިއުލާނުކުރުމުން، އެ މަގާމަށް ސުޒޭންގެ އިތުރުން، ކުރިން އެފްއޭއެމް ޓެކްނިކަލް ޑިރެކްޓަރަކަށް މަސައްކަތްކުރި މުހައްމަދު ޝިޔާޒް (މޯހަން) އާއި އަންހެން ގައުމީ ޓީމުގެ ކޯޗަކަށް މި ފަހުން ހުރި މުހައްމަދު ނިޒާމް (ނިޒާމްބެ) ވަނީ އެޕްލިކޭޝަން ހުށަހަޅައިފަ އެވެ. މާޒިޔާގެ ކޯޗަކަށް ހުރި، ސްޕެއިނުގެ ލުއިސްމާ ހެނާންޑޭޒް އާއި އޮޑި ސްޕޯޓްސް ކްލަބް ދޫކޮށްދާން ޖެހުނު، އޮސްޓްރޭލިއާގެ އިއަން އެންޑްރޫ ގިލަން ވެސް ގައުމީ ޓީމުގެ މަގާމާ މެދު ޝައުގުވެރިވި އެވެ. އެކަމަކު، ރަސްމީކޮށް ހުށަހެޅިކަން އެނގިފައިނުވެ އެެެވެ.

ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކޯޗު، ސުޒޭން ވަނީ ގައުމީ ޓީމުގައި އެންމެ ފަހުން މަސައްކަތްކުރި، ބިދޭސީ ދެ ކޯޗުން ކަމަށްވާ، ނެދަލެންޑްސްގެ މާޓިން ކޫޕްމަން އާއި އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯގެ އެސިސްޓަންޓް އަކަށް މަސައްކަތްކޮށްފަ އެވެ. ކޫޕްމަން ވަކިކުރުމުން، 2021 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ސުޒޭން ވަނީ ގައުމީ ޓީމުގެ ހެޑް ކޯޗެއްގެ ޒިންމާ އުފުލައިފަ އެވެ. އޭގެ ފަހުން، މޮރިއޭރޯ ހަވާލުވީ 2021 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ފަހުކޮޅުގަ އެވެ. އެ އަށް ފަހު، ސުޒޭން ހުރީ މޮރިއޭރޯގެ އެސިސްޓަންޓް އަކަށެވެ. މޮރިއޭރޯގެ ކޮންޓްރެކްޓް ހަމަވުމުން، 2023 ވަނަ އަަހަރުގެ އޮގަސްޓް މަހުން ފެށިގެން ގައުމީ ޓީމުގެ ކޯޗަކަށް މަސައްކަތް ކުރަމުން އަންނަނީ ސުޒޭން އެވެ.

މިދިޔަ އަހަރު ގައުމީ ޓީމުން ކުޅުނު އެކުވެރިކަމުގެ ދެ މެޗުގައި ބަންގްލަދޭޝާ ދެކޮޅަށް ވެސް ގައުމީ ޓީމުގެ ކޯޗަކަށް މަސައްކަތްކުރީ ސުޒޭން އެވެ. އަދި، މާޗް މަހު އިންޑިއާއާ ދެކޮޅަށް ރާއްޖޭން ކުޅުނު އެކުވެރިކަަމުގެ މެޗާއި އޭޝިއަން ކަޕް ކޮލިފައިންގައި ފިލިޕީންސާ ކުޅުނު މެޗުގައި ވެސް ޓީމަށް އިރުޝާދުދިނީ ސުޒޭން އެވެ. އިންޑިއާ އަތުން 3-0 އިން ބަލިވިއިރު، ފިލިޕީންސް އަތުން ބަލިވީ 4-1 އިންނެވެ.

ސުޒޭނާ އެކު، ކޯޗިން ޓީމުގައި އެންމެ ފަހުން ތިބީ، 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗު އަހުމަދު ޝާކިރު (ޝާކިއްޓެ)، 19 އަހަރުން ދަށުގެ ޓީމުގެ ކުރީގެ އެސިސްޓަންޓް ކޯޗު، އަހުމަދު ސުޒޭރު (ކޮއްކޮ) އަދި 16 އަހަރުން ދަށުގެ ޓީމުގެ ކޯޗަކަށް އެންމެ ފަހުން ހުރި މުހައްމަދު އާދަމް އެވެ. ގޯލްކީޕަރު ކޯޗަކަށް ހަސަން ހަމީދު (ޑަކޭ) ހުރިއިރު، ފިޓްނަސް ކޯޗެއްގެ ގޮތުގައި މުއީނާ މުހައްމަދު މަސައްކަތްކުރި އެވެ.

ގައުމީ ޓީމުން ސިންގަޕޫރާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗު އަންނަ މަހު ފަސް ވަނަ ދުވަހު އޮތްއިރު، ޓިމޯ ލެސްޓޭއާ ދެކޮޅަށް ނުކުންނާނީ އަންނަ މަހު 10 ވަނަ ދުވަހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދެ ވަނަ މެޗުގައި ރާއްޖޭން ފަލަސްތީނު ކަައިރީގައި ފަރަގުކުޑަކޮށްފި

އޭޝިއާގެ 17 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުން ފަލަސްތީނު އަތުން ރާއްޖެ 3-0 އިން ބަލިވެއްޖެ. ފުރަތަމަ މެޗާ އަޅާބަލާއިރު ރާއްޖޭން ކުޅުން ރަނގަޅުކުރި މި މެޗަށްފަހު، ކޮލިފައިންގައި ވާދަކުރުމަށް ރާއްޖޭގެ ޓީމު މި ހަފުތާގައި ތައިލެންޑަށް ފުރާނެ

ޔުނައިޓެޑަށް ރެލިގޭޝަންގެ ބިރު އޮތް ކަމަށް ޓެން ހާގް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ މިހާރުގެ މައްސަލަތައް ހައްލުނުކޮށްފިނަމަ، އެ ކްލަބް ރެލިގޭޝަނާ ކުރިމަތިލާންޖެހުމުގެ ބިރު އެބައޮތް ކަމަށް ކުރީގެ ކޯޗު އެރިކް ޓެން ހާގް ބުނެފިއެވެ. ލީގުގައި އެންމެ ދަށް ފެށުމަކާ އެކު ޔުނައިޓެޑް މިވަގުތު ތާވަލުގެ 16 ވަނައިގައި އޮތްއިރު، ޓެން ހާގް ވަނީ އޭނާގެ ކޯޗުކަމުގައި ހޯދި ކާމިޔާބީތަކަށް އަލިއަޅުވާލައި، މިހާރުގެ ހާލަތުން އަރައިގަތުމުގެ އުނދަގޫކަން ފާހަގަކޮށްފައެވެ.

ޗައިނާ އާއި ހޮންގް ކޮންގް އަދި ކޮރެއާ އަށް "ފައިޓެއް" ދެވޭނެ

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވާދަކުރާ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމުން ރަނގަޅު ކުޅުމެއް ދައްކައި، ނަތީޖާ ނެރެވޭނެ ކަމަށް އެސިސްޓަންޓް ކޯޗު ފުހެއިދު (ޓޯޑް) ބުނެފި. ގައުމީ ކޯޗު، ފާރޫކް ޒަކީރޯވް ޕްލޭނާ އެއްގޮތަށް ތައްޔާރުވެފައިވާ މި ޓީމަކީ މިއަހަރުގެ ސާފް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީމު.

ލާޒިއޯ އަށް ލީޑެއް، ޔުވެންޓަސް އިން ނަޕޯލީ ބަލިކޮށްފި

އިޓާލިއަން ލީގުގައި ރޭ ކަލިއަރީ އަތުން 2-1 އިން މޮޅުވެ، ލާޒިއޯ އިން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މީގެ އިތުރުން، ޔުވެންޓަސް އިން ވަނީ ނަޕޯލީއާ ބައްދަލުކުރި މެޗު 2-0 އިން ކާމިޔާބުކޮށް، ލީގު ތާވަލުގެ ހަތް ވަނަ އަށް ކުރިއަށް ޖެހިލާފައި

ޑިއޮމަންޑޭގެ މޮޅު ލަނޑާ އެކު ރެއާލުން ރޭސިން ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭސިން ސަންޓަންޑޭއާ ދެކޮޅަށް ކުޅުނު މެޗު 3-0 އިން ކާމިޔާބުކޮށް، ރެއާލް މެޑްރިޑުން ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފިއެވެ. ރެއާލްގެ ލަނޑުތައް ފުރަތަމަ ހާފުގައި ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭ، ޖޫޑް ބެލިންހަމް އަދި ޔަން ޑިއޮމަންޑޭ އެވެ.

ވެމްކޯ އަށް ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ގައުމީ ތަށި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުގައި ކްލަބް އެމްޓީސީސީ ބަލިކޮށް، ކްލަބް ވެމްކޯ އިން ޖެހިޖެހިގެން ފަސްވަނަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލައިފި. މި އަހަރުގެ ގައުމީ ލީގުވެސް ކާމިޔާބުކުރި ވެމްކޯ އިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

Newsletter

Get the latest news delivered straight to your inbox