ޔުމްނު ވެއްޓުނު ވަގުތު އިތުރު ބަޔަކު ތިބި ކަމަށާއި ވެއްޓުނީ އަމިއްލައަށް ނޫން ކަމަށް އޭނާއާ ހަވާލާދީ އާއިލާއިން ބުނެފި

May 8, 2025, 5:46 PM
ޔުމްނު ވެއްޓުނު ވަގުތު އިތުރު ބަޔަކު ތިބި ކަމަށާއި ވެއްޓުނީ އަމިއްލައަށް ނޫން ކަމަށް އޭނާއާ ހަވާލާދީ އާއިލާއިން ބުނެފި

މާލޭގެ އުސް އިމާރާތަކުން ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު ހައްވާ ޔުމްނު ރަޝީދު އެތަނުން ވެއްޓުނީ އަމިއްލައަށް ނޫން ކަމަށާއި ވެއްޓުނު ވަގުތު އޭނާއާއެކު ބަޔަކު މީހުން ކަމަށް ޔުމްނުއާ ހަވާލާދީ އޭނާގެ އާއިލާއިން މިރޭ ބުނެފި އެވެ.

ކަރާއި އުނަގަނޑުގެ އޮޕަރޭޝަނެއް ކުރުމަށްފަހު ރިކަވާ ވަމުން އަންނަ ޔުމްނު، 21، ހޭ އަރައިގެން، އޭޕްރީލް 18، ވަނަ ދުވަހު ހިނގި ހާދިސާގެ ބައެއް ވާހަކަތަކެއް މިއަދު އާއިލާއަށް ކިޔައިދީފައިވާ ކަމަށް ޔުމްނުގެ ދައްތަ ރާއްޖެ ޓީވީއަށް ދިން އިންޓަވިއުއެއްގައި ބުންޏެވެ.

ޔުމްނުގެ ދައްތަގެ ނަމެއް އޭނާގެ އިންޓަވިއުގައި މިރޭ ހާމައެއް ނުކުރެ އެވެ. އަދި އާއިލާއިން މީޑިއާއަށް މައުލޫމާތު ދޭ ފޯކަލް ޕޮއިންޓުން ފޯނު ނުނަގާތީ، މި ހަބަރު ޝާއިއު ކުރިއިރު ވެސް އިންޓަވިއު ދިން މީހާގެ ނަން އޮޅުންފިލުވިފައެއް ނުވެ އެވެ.

ލައިވް ބްރޯޑްކާސްޓެއްގައި ވާހަކަ ދައްކަމުން ޔުމްނުގެ ދައްތަ ބުނީ ހ. ފެންޓެނޯއީ ގެއިން ޔުމްނު ވެއްޓުނީ އަމިއްލައަށް ނޫން ކަމަށް ބުނެފައިވާ ކަމަށެވެ. އަދި ވެއްޓުނު ވަގުތު، އެ މައްސަލައިގައި މިވަގުތު ހަމައެކަނި ހައްޔަރުކޮށްފައި ހުރި ރައުދު އަހުމަދުގެ އިތުރުން ތިން މީހަކު ހުރި ކަމަށް ޔުމްނުއާ ހަވާލާދީ އާއިލާއިން ބުންޏެވެ.

"އެ ގޭގައި ހިނގި ހާދިސާ، އެ ވީ ކަމަކީ، ޔުމްނުގެ އަނގައިން ބުނެފައި ވަނީ އެފަދަ ކަމެއް އަމިއްލައަކަށް ނުކުރަމޭ. އަޅުގަނޑު އަމިއްލައަކަށް ނުވެއްޓެމޭ އެތަނަކުންނެއް،" އޭނާ ބުންޏެވެ. "އެތާނގައި ރައުދުގެ އިތުރުން ވެސް ހަތަރު މީހަކު ހިމެނޭ."

ހ. ފެންޓެނޯއީއަކީ ޔުމްނު ކުރިން ވެސް ގޮސް އުޅުނު ގެއެއް ކަމަށް އޭނާ ބުނެފައިވާ ކަމަށް އާއިލާއިން ބުންޏެވެ. އަދި ވެއްޓުނު ދުވަހު އެ ގެއަށް ދިޔައީ މައްސަލައިގައި ހިމެނޭ އިތުރު މީހެއް ކަމަށްވާ ޔޫސުފް ޔައްސާރު އަބްދުލްގަފޫރުގެ ދައުވަތަކަށް ކަމަށް ޔުމްނު ބުނި ކަމަށް އާއިލާއިން ބުނެ އެވެ.

"ޔުމްނު އަޅުގަނޑުމެންނަށް ކިޔައިދީފި މިއަދު އެ ގެއަކީ ޔުމްނު ކުރިން ވެސް ގޮސް އުޅުން ގެއެއް ކަމަށް. އަދި އެ ގެއަށް އިންވައިޓްކޮށްފައި ވަނީ ޔައްސާރު ކަމަށް. ގޭގެ ލޮކޭޝަން ވެސް ފޮނުވީ ޔައްސާރު. ދެ ގެއަށް ވެސް ދިޔައީ ޔައްސާރުގެ އިންވިޓޭޝަންއާއެކީގައި،" ޔުމްނުގެ ދައްތަ ބުންޏެވެ.

ޔުމްނުގެ އާއިލާގެ މައްސަލައަކީ ޔުމްނު ވެއްޓުމުން ވެސް އެތަނުގައި ތިބި މީހުން އަޅައިނުލާ ދިޔުން ކަމަށް ޔުމްނުގެ ދައްތަ މިރޭ ބުންޏެވެ.

"އަޅުގަނޑުމެން ޑިނައީއެއް ނުކުރަމޭ ކަންތައްވި ގޮތެއް. މަރަށް ދޫކޮށްލި މައްސަލައޭ އަޅުގަނޑުމެންގެ މައްސަލައަކީ. މަރަށް ދޫކޮށްލާފައި އެ ފުރާޅުގަނޑު މަތީ މި ކުއްޖާ އޮތީ ކިހާ އިރެއްވަންދެންކަން ވެސް ހަމަ އެނގޭނީ އެމީހުންނަށް. މަރަށް ދޫކޮށްލާފައި ދިޔައީ ވެސް އެމީހުން،" އޭނާ ބުންޏެވެ.

ޔުމްނުއަށް އިންސާފު ލިބޭނެތޯ އޭނާ މިއަދު ސުވާލު ކުރި ކަމަށް ވެސް އާއިލާއިން ބުންޏެވެ.

"އެންމެ ފަހު ބަހަކަށް ޔުމްނު ބުނެފައި ވަނީ އަޅުގަނޑު ކައިރީގައި، އިންސާފު ލިބޭނެހޭ، ޔަގީންހޭ އިންސާފު ލިބޭނެކަން. މިއީ އަމިއްލައަށް ކުރި ކަމެއް ނޫނޭ، މިއީ ބަޔަކު ކުރި ކަމެކޭ. އޭނަ އެތަނަށް މަރަށް ދޫކޮށްލީ ބަޔަކުއޭ. އޭނަ އަމިއްލައަކަށް ނޫނޭ އެކަން ކުރީ،" އޭނާ ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox