އިންޑިއާގެ ޓެސްޓް ކްރިކެޓް ޓީމުން ރޯހިތު ރިޓަޔާކޮށްފި

May 8, 2025, 5:37 AM
އިންޑިއާގެ ޓެސްޓް ކްރިކެޓް ޓީމުން ރޯހިތު ރިޓަޔާކޮށްފި

މުމްބާއި، އިންޑިއާ (މެއި 8) - އިންޑިއާގެ ޓެސްޓް ކްރިކެޓް ޓީމުގެ ކެޕްޓަންކަން ކުރަމުން އައި ބެޓްސްމަން، ރޯހިތު ޝަރްމާ، އެ ޓީމުން ރިޓަޔާކޮށްފި އެވެ.

ރޯހިތު، 38، ޓެސްޓް ކްރިކެޓުން ރިޓަޔާކުރާކަން އިއުލާނުކޮށްފައި މި ވަނީ، އިންޑިއާގެ ޓެސްޓް ޓީމުގެ ކެޕްޓަންކަން އޭނާ އަތުން ނަގަން އުޅޭ ކަމަށް މީޑިއާގައި އަޑުފެތުރިފައިވާ ދަނޑިވަޅެއްގަ އެވެ.

މިއާ އެކު، ރޯހިތު، ދެން ހަމައެކަނި އިންޑިއާ ގައުމީ ޓީމަށް ކުޅޭނީ ވަންޑޭއިންޓަނޭޝަނަލް (އޯޯޑީއައި) ފޯމެޓްގައި އެކަންޏެވެ. އެ ފޯމެޓްގެ ޗެމްޕިއަންސް ޓްރޮފީ ޗެމްޕިއަންކަން މިދިޔަ މާޗް މަހު އިންޑިއާ އިން ހޯދީ ރޯހިތުގެ ކެޕްޓަންކަމުގަ އެވެ.

މިދިޔަ، އަހަރު އިންޑިއާ އިން ޓީ20 ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދިއިރު، އެ ޓީމުގެ ކެޕްޓަން، ރޯހިތު ވަނީ އެ މުބާރާތަށް ފަހު، ޓީ20 ޓީމުން ރިޓަޔާކޮށްފަ އެވެ.

ރޯހިތު ބުނީ ޓެސްޓް ކްރިކެޓްގައި އިންޑިއާ ތަމްސީލްކުރަން ލިބުނު ކޮންމެ ފުރުސަތެއް ވެސް އުފަލާ އެކު ބަލައިގަންނަ ކަމަށާއި އެއީ ވަރަށް އުފާވެރި ހަނދާންތަކެއް ކަމަށެެވެ.

އިންޑިއާގެ ޓެސްޓް ޓީމުގެ ކެޕްޓަންކަން ރޯހިތު އަށް ދިނީ، 2022 ވަނަ އަހަރު ވިރާތު ކޯލީ އަތުން އެ ޒިންމާ ނެގުމަށް ފަހު އެވެ. އިންޑިއާ ޓީމަށް 67 ޓެސްޓް މެޗު ކުޅެދިން، ރޯހިތުގެ ކެޕްޓަންކަމުގައި އެ ޓީމުން 24 ޓެސްޓް މެޗުން މޮޅުވި އެވެ. ޓެސްޓް ކްރިކެޓްގައި އިންޑިއާގެ ކެޕްޓަނުންގެ ތެރެއިން ދެ ވަނަ އަށް އެންމެ ކާމިޔާބީ ރޯހިތު އެވެ. ޓެސްޓް ކްރިކެޓް ވޯލްޑް ކަޕްގެ ފައިނަލަށް އިންޑިއާ އިން 2023 ވަނަ އަހަރު ދަތުރުކުރި ނަމަވެސް ފައިނަލުގައި އޮސްޓްރޭލިއާ އަތުން ބަލިވީ އެވެ.

މިދިޔަ އަހަރު ނިއު ޒީލެންޑް އަތުން ޓެސްޓް ސީރީސްގައި އިންޑިއާ ބަލިވިއިރު، މިއީ، އަމިއްލަ ގައުމުގައި ޓެސްޓް މެޗަކުން މިދިޔަ 12 އަަހަރު ތެރޭ އިންޑިއާ ބަލިވި ފުރަތަމަ ފަހަރެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox