ވާނުވާ ބަންދުގައި ތިބި މީހުންނަށް އިތުރު ފުރުސަތެއް ދިނުމާ ގުޅޭގޮތުން މަޝްވަރާކޮށްފި

ވާނުވާ ބަންދުގައި ތިބި މީހުންގެ ހައްގުގައި ވަކާލާތު ކުރާ މީހުންނާއެކު ރައީސް މުއިއްޒު މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް

ވާނުވާ ބަންދުގައި ތިބި މީހުންގެ ހައްގުގައި ވަކާލާތު ކުރާ މީހުންނާއެކު ރައީސް މުއިއްޒު މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް

ވާނުވާ ބަންދުގައި ތިބި މީހުންނަށް އިތުރު ފުރުސަތެއް ދިނުމާ ގުޅޭގޮތުން އެ މީހުންގެ ހައްގުގައި ވަކާލާތު ކުރާ މީހުންނާ އެކު ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު މަޝްވަރާ ކުރައްވައިފި އެވެ.

ރައީސް އޮފީހުގައި މިއަދު އޮތް އެ ބައްދަލުވުމުގައި ވާނުވާ ބަންދުގައި ތިބި މީހުންގެ ހައްގުގައި ވަކާލާތު ކުރާ މީހުން ވަނީ ވާނުވާ މައްސަލައަށް ހައްލު ހޯދުމަށް އެމީހުންގެ ހިޔާލު ހުށަހަޅައިފަ އެވެ. އެގޮތުން އެމީހުން ހުށަހެޅި ހިޔާލުތަކަކީ:

  • ވަކި ހަމައެއްގެ މަތިން މޮނިޓާ ކުރެވޭނެ ނިޒާމެއް ހަމަޖެއްސުމަށްފަހު ވާނުވާ ބަންދުގައި ތިބި މީހުންނަށް މުޖުތަމައުއަށް އެނބުރި ދިޔުމުގެ ފުރުސަތެއް ދިނުން
  • ވާނުވާ ބަންދުގައި ތިބި މީހުންގެ މައްސަލަތައް އަވަހަށް ބެލޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ކޯޓުތަކަށް ޖާގައިގެ ގޮތުންނާއި އިދާރީ ގޮތުން ބޭނުންވާ ކަންކަން ހައްލު ކުރުން
  • ވާނުވާ ބަންދުގައި ތިބި މީހުންނަށް ކުރިމަތިވާ އިންސާނީ ކަރާމާތް ގެއްލޭ ފަދަ ކަންކަމަށް ހައްލު ހޯދައިދިނުން
  • އިސްލާމީ ރިވެތި އުސޫލުގެ ދަށުން ބަންދުގައި ތިބި މީހުންނާ މެދު އިންސާފުން ކަންކޮށް އަނިޔާވެރި ނުވުން

އެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވަނީ އެ މީހުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމުގެ ގޮތުން ކަންތައްތަކެއް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން ފުރިހަމަ ކަފާލާތުގެ ނިޒާމެއް ގެނައުމަކީ އެ މައްސަލައަށް ގެންނަން މި ސަރުކާރުން މަސައްކަތް ކުރާ ދާއިމީ ހައްލު ކަމަށް ރައީސް ވިދާޅުވި އެވެ.

އޭގެއިތުރުން ވާނުވާ ބަންދުގައި ތިބި މީހުންގެ ހައްގުގައި ވަކާލާތު ކުރާ މީހުން އެދުނު ގޮތަށް، ބަންދުގައި ތިބި މީހުންނަށް އިތުރު ފުރުސަތެއް ދިނުމާމެދު ބަންޑާރަނައިބާއި ޕްރޮސެކިއުޓާ ޖެނެރަލް އާއެކު މަޝްވަރާ ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އަދި ކޯޓުތަކުގެ ޖާގައިގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކޯޓު ކޮމްޕްލެކްސްއެއް އެޅުމަށް ތައްޔާރުވަމުންދާ ކަމަށާއި ވާނުވާ ބަންދުގައި ތިބި މީހުންގެ މައްސަލަތައް ވަގުތީގޮތުން ބެލޭނެ އަވަސް އިންތިޒާމެއް ހަމަޖެއްސޭތޯ މިހާރު ވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox