އަންނަ ހޮނިހިރު ދުވަހު ފާހަގަކުރާ ކުޑަކުދިންގެ ދުވަހާ ދިމާކޮށް ކުޑަކުދިން ޝައުގުވެރިވާ ހަރަކާތެއް ކުރިއަށް ގެންދިއުމަށް ޕިއްޒާ ބޯނާ ގެ މެނޫގައި ހިމެނޭ އެންމެ ގަޔާވާ ޕިއްޒާ ކުރަހައި ހުށަހެޅުމުން، ވަގުތުން ޕިއްޒާ ވައުޗަރަކާއި ސްޓިކާ ޕެކެއް ދިނުމަށް ވަނީ ނިންމާފަ އެވެ.
12 އަހަރުން ދަށުގެ ކުދިންނަށް ކުރިއަށް ގެންދާ މި ފުރުސަތުގެ ދަށުން މެއި 12، އަދި 13 ގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ. ކުޑަކުދިންގެ ޕިއްޒާ ކުރެހުންތައް ހުށަހެޅޭނީ މާލޭގެ މާފަންނު، ހެންވޭރު އަދި ހުޅުމާލޭގެ ޕިއްޒާ ބޯނާ އައުޓްލެޓްތަކަށެވެ.
"ޕިއްޒާ ބޯނާގެ މެނޫގައި ހިމެނޭ އެ ކުއްޖެއްގެ ފެވަރިޓް ޕިއްޒާ ކުރަހަން މިޖެހެނީ. އޭ4 ސައިޒް ގަނޑެއްގައި ޕިއްޒާ ކުރަހާފައި ހުށަހެޅުމުން ވަގުތުން ޕިއްޒާ ވައުޗަރަކާ އެކު ސްޓިކާ ޕެކެއް ވެސް ދޭނެ،" ޕިއްޒާ ބޯނާއިން ބުންޏެވެ.
ކުޑަކުދިންގެ ދުވަހު ޕިއްޒާ ކުރެހުންތައް ޕިއްޒާ ބޯނާ ޓެގް ކުރުމަށްފަހު އިންސްޓަގްރާމަށް އަޕްލޯޑް ކުރުމަށް ވެސް ވަނީ އެދިފަ އެވެ.
ޕިއްޒާ ބޯނާއިން ބުނީ ޕިއްޒާ ކުރަހައިގެން ލިބޭ ވައުޗަރުތައް މެއި މަހުގެ ނިޔަލަށް ބޭނުން ކުރެވޭނެ ކަމަށެވެ.
މިދިޔަ އަހަރު ވެސް ޕިއްޒާ ބޯނާއިން ވަނީ ކުޑަކުދިންނަށް 500 އެއްހާ ޕިއްޒާ ހިލޭ ދީފަ އެވެ.










