ކުޑަކުދިންގެ ދުވަހާ ގުޅިގެން ޓްރީޓޮޕުން ބޭއްވި ހަވީރަށް ބޮޑު ތަރުހީބެއް

ޓްރީޓޮޕުން ބޭއްވި ކުޑަކުދިންގެ ހަވީރުގެ ތެރެއިން: ބޮޑު ތަރުހީބެއް ވަނީ ލިބިފައި -- ފޮޓޯ؛ ޓްރީޓޮޕް

ޓްރީޓޮޕުން ބޭއްވި ކުޑަކުދިންގެ ހަވީރުގެ ތެރެއިން: ބޮޑު ތަރުހީބެއް ވަނީ ލިބިފައި -- ފޮޓޯ؛ ޓްރީޓޮޕް

ކުޑަކުދިންގެ ދުވަހާއި ދިމާކޮށް ޓްރީޓޮޕް ހޮސްޕިޓަލުން ބޭއްވި ހަވީރަށް ބޮޑު ތަރުޙީބެއް ލިބިއްޖެ އެވެ.

ގައުމީ ކުޑަކުދިންގެ ދުވަހާއި ދިމާކޮށް، ޓްރީޓޮޕުން އިންތިޒާމްކޮށްގެން ކުރިޔަށްގެންދިޔަ މި ހަވީރު ބޭއްވީ މިދިޔަ ހުކުރު ދުވަހު ރުއްގަނޑު ސަރަހައްދުގަ އެވެ.

މި ކުޑަކުދިންގެ ހަވީރުގައި ގިނަ އަދަދެއްގެ ކުޑަކުދިންނާއި އާއިލާތައް ބައިވެރިވެފައިވެ އެވެ.

Advertisement

ކުޑަކުދިންގެ ހަވީރުގައި ކުރިޔަށްގެންގޮސްފައިވާ ހަރަކާތްތައް:

ކުޑަކުދިންނަށް ހާއްސަ ސިއްހީ ހޭލުންތެރިކަމުގެ މައުލޫމާތު ފޯރުކޮށްދިނުން.

ކުޑަކުދިންނަށް ހާއްސަ ބޭސިކް މެޑިކަލް ޗެކްއަޕް (ބީއެމްއައި ބެލުން، ދަތްތައް ޗެކްކުރުން އަދި ހަށިގަނޑުގެ ވައިޓަލްސް ބެލުން).

ކުޑަކުދިންނަށް ހާއްސަ ކުޅިވަރުތައް.

އިވެންޓުގައި ބައިވެރިވި ފަރާތުގެ ތެރެއިން ގުރު ނަގައިގެން ދިން ތިން އިނާމު:

  • އެއްވަނަ އަށް ހޮވުނު ފަރާތަށް: ޓްރީޓޮޕް ހޮސްޕިޓަލުގެ ކުޑަކުދިންގެ ސްކްރީނިންގް ޕެކޭޖް "ވެލް ޗައިލްޑް ޕެކް" ހިލޭ.
  • ދެވަނަ އަށް ހޮވުނު ފަރާތަށް: ޓްރީޓޮޕް ހޮސްޕިޓަލުގެ ކުޑަކުދިންގެ ސްކްރީނިންގް ޕެކޭޖް "ވެލް ޗައިލްޑް ޕެކް" އިން 25 ޕަސަންޓުގެ ޑިސްކައުންޓު.
  • ތިންވަނަ އަށް ހޮވުނު ފަރާތަށް: ޓްރީޓޮޕްގެ ކުޑަކުދިންގެ ސްކްރީނިންގް ޕެކޭޖް "ވެލް ޗައިލްޑް ޕެކް" އިން 15 ޕަސަންޓުގެ ޑިސްކައުންޓު.

ޓްރީޓޮޕުން މުޖުތަމައުގެ ސިއްހީ ދުޅަހެޔޮކަމާއިމެދު ހޭލުންތެރިކަން އިތުރުކުރުމަށް ބާއްވާ މިފަދަ ހަރަކާތްތަކަށް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުންދާކަމަކީ އުފާކުރާ ކަމެއް ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިރާގު ރޯޑް ރޭސް 5،500އަށްވުރެ ގިނަ ދުވުންތެރިންނާއެކު ބާއްވައިފި

ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ 17 ވަނަ އެޑިޝަން 5،500 އަށްވުރެ ގިނަ ދުވުންތެރިންނާއެކު ހުޅުމާލެ ސެންޓްރަލް ޕާކުގައި ވަނީ ބާއްވާފައެވެ. މި ދުވުމުގެ ލައިވް އަޕްޑޭޓްތަކާއި، ނަތީޖާ އަދި ދުވުންތެރިންގެ ރޭންކިންގ ބަލައިލުމުގެ ފުރުސަތު ދިރާގުން ވަނީ ޚާއްޞަ މޮބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށް ފަހިކޮށްދީފައެވެ.

ޕީއެންސީގެ މެންބަރުންގެ އަދަދު ލައްކައަކަށްވުރެ ދަށަށް

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރިތާ 24 ގަޑިއިރު ނުވަނީސް، އަލުން އެ އަދަދު ލައްކައަކަށް ވުރެ ދަށަށް ގޮސްފިއެވެ. އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މި އަދަދު ހަމަކުރުމަށްޓަކައި ވަޒީފާގެ ބިރުދެއްކުމާއި ރިޝްވަތުގެ ގޮތުގައި ފައިސާ ބޭނުންކޮށްފައިވެއެވެ. އީސީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެ ޕާޓީގެ މެންބަރުންގެ އަދަދު މިހާރު ވަނީ 99,930 އަށް ތިރިވެފައެވެ.

ރަސްމާލޭގެ ޑީލުގައި ސޮއިނުކުރަން އެދި އަލައްބާރަށް ސިޓީއެއް

ރަސްމާލެ މަޝްރޫއުގެ މިހާރުގެ ޝަރުތުތަކާއި ގާނޫނުއަސާސީއާ ފުށުއެރުންތަކެއް ހުރި ކަމަށާއި، އެކަމުގައި އެކަށީގެންވާ ގޮތެއްގައި ރައްޔިތުންގެ ހިޔާލު ހޯދާފައި ނުވާތީ، ދެން އަންނަ ސަރުކާރަކުން ވެސް މި މަޝްރޫއުގެ އެއްބަސްވުން އަލުން މުރާޖައާކުރުމަށް ނުވަތަ އެއްކޮށް ބާތިލުކުރުމުގެ ފުރުސަތު އޮތް ކަމަށް އެ ސިޓީގައި ބުނެފައިވޭ.

"ރަސްމާލެ މައްސަލައިގައި މުއިއްޒު ވަނީ އަނގަވަތަށް ވެއްޓިފައި"

ރަސްމާލެ މަޝްރޫއަކީ ރާއްޖޭގެ ސިޔާދަތަށް އުނިކަންލިބޭ، ބޭރުގެ ފަރާތްތަކަށް ބިން ދިނުމަށް ހިންގާ ހީލަތްތެރި ރޭވުމެއް ކަމަށް ވިދާޅުވެ ކުރީގެ ރައީސް ޔާމީން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. މި މަޝްރޫއުގެ ސަބަބުން ރައީސް މުއިއްޒު ރައްޔިތުންގެ ކުރިމަތީގައި ބޭޒާރުވެފައިވާ ކަމަށާއި، މި ސަރުކާރަށް ދެވަނަ ދައުރެއް ރައްޔިތުން ނުދޭނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

ރަސްމާލެ ދޫކޮށްލުމާ ދެކޮޅުވެރިކަމެއް ނެތްކަމުގެ އިޝާރާތެއް

ރަސްމާލެއިން ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ދެކޮޅު ހަދަނީ މަދު ބަޔަކު ކަމަށާއި، ދިވެހިން އަބަދުވެސް އިސްކުރަނީ ގައުމީ ތަރައްގީކަން މުއިއްޒު ފާހަގަކުރެއްވި. މީގެކުރިންވެސް ރާއްޖެއަށް އައި ބޮޑެތި ބަދަލުތަކާ ބައެއް މީހުން ދެކޮޅު ހެދި ނަމަވެސް، ގިނަ ރައްޔިތުން ތާއީދުކުރީ ގައުމީ ކުރިއެރުމަށްކަން އެމަނިކުފާނު ބަޔާންކޮށްދެއްވި.

ހުލާސާކޮށް އިއްޔެ: ސިޔާސީ ޕާޓީތަކުގެ ދަފްތަރަށް އައި ބޮޑު ބަދަލު

ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރުމާއެކު، ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ ފަދަ ދުވަސްވީ ޕާޓީތަކުން ގިނަ އަދަދެއްގެ މެންބަރުންނާއި އިސް ބޭފުޅުން ވަނީ ވަކިވެފައެވެ. މީގެ އިތުރުން، ރަސްމީ ޖަލްސާތަކުގެ ޕްރޮޓޮކޯލަށް ބަދަލުތަކެއް ގެނެސްފައިވާއިރު، ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އިލްމުވެރިންނާއި ސިޔާސީ ފަރާތްތަކުގެ މެދުގައި ވަނީ ޚިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

ވަޒީފާގެ ބިރުދައްކައިގެން އެއްލައްކަ މެންބަރުން ހަމަކޮށްފި

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އަރާފައިވާއިރު، މިއީ ވަޒީފާގެ ބިރުދައްކައިގެންނާއި ރިޝްވަތު ދީގެން ހޯދި އަދަދެއް ކަމަށް ވަނީ ތުހުމަތުކުރެވިފައި. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި މިދިޔަ އަހަރާ އަޅާބަލާއިރު އެ ޕާޓީގެ މެންބަރުންގެ އަދަދު ވަނީ 26،000 އަށްވުރެ އިތުރުވެފައި.

Newsletter

Get the latest news delivered straight to your inbox