ވާނުވާ ބަންދަށް އަވަސް ހައްލެއް ގެނެވޭނެ ކަމުގެ އުންމީދެއް ރައީސަށް ނުދެވުނު

ވާނުވާ ބަންދަށް އަވަސް ހައްލެއް ގެނެވޭނެ ކަމުގެ އުންމީދެއް ރައީސަށް ނުދެވުނު

ޝަރީއަތް ނިމެންދެން (ވާނުވާ) ބަންދަށް ލާފައި ތިބި މީހުންގެ ތެރޭގައި ތިބީ ބޮޑެތި ކުށްތަކުގައި ތުހުމަތު ކުރެވޭ މީހުން ކަމަށް ވިދާޅުވެ، އެ ކަމަށް އަވަސް ހައްލެއް ގެނެވޭނެ ކަމުގެ އުންމީދެއް ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ނުދެވުނެވެ.

ރައީސް އޮފީހުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ ވާނުވާ ބަންދުގައި ތިބި މީހުންގެ ތެރޭގައި ބޮޑެތި ކުށްތަކުގައި ތުހުމަތު ކުރެވޭ މީހުން ތިބުމުން، އެމީހުން ގޭބަންދަށް ނުވަތަ މުޖުތަމުއަށް ދޫކޮށްލެވޭ އެއްވެސް ގޮތެއް އެޓާނީ ޖެނެރަލްއާ މަޝްވަރާކޮށްގެން ވެސް ނުފެނުނު ކަމަށެވެ.

"އަޅުގަނޑު ޕޮލިހާއި ވެސް ސުވާލުކުރިން. އޭޖީއާ ވެސް ސުވާލުކުރިން. އެ މީހުން ނެތްހެއްޔޭ އަޅުގަނޑުމެންނަކަށް ރިމާންޑު ޖަލުން ނެރެ، މައްސަލަ ނިމެންދެކަށް އެމީހުންގެ ގެއަށް މިސާލަކަށް ފޮނުވާލެވޭނެ ގޮތެއް ވެސް. މިއޭ މައްސަލައަކީ. މިކަހަލަ ކުށްތަކުގައޭ މިހިރީ. ތުހުމަތުތަކުގައޭ މިހިރީ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް ހާމަކުރެއްވި ގޮތުގައި ވާނުވާ ބަންދުގައި މިވަގުތު ތިބި 354 މީހުންގެ ތެރޭގައި ހިމެނެނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި ރޭޕްކުރުމުގެ ތުހުމަތުގައި 108 މީހުން، ޓެރަރިޒަމްގެ ތުހުމަތުގައި 17 މީހުން، މީހުން މެރުމާއި މާރާމާރީ ހިންގުމުގެ ތުހުމަތުގައި 70 މީހުން އަދި މަސްތުވާތަކެތީގެ މައްސަލަތަކުގައި 110 މީހުންނެވެ.

ކްރިމިނަލް ކޯޓުގެ އާ އިމާރާތުގެ މަސައްކަތް ނިންމުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާކަން ފާހަގަކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ އެ މަސައްކަތް ނިމުމުން ކޮންމެވެސް ވަރަކަށް ވާނުވާ ބަންދަށް ހައްލުތަކެއް ލިބިގެންދާނެ ކަމަށެވެ.

ވާނުވާ ބަންދުގެ މައްސަލައިގައި ވާނުވާގައި ތިބި މީހުންގެ އާއިލާތަކުން ސިލްސިލާކޮށް މާލޭގެ އެކި ސަރަހައްދުތަކުގައި ދަނީ މުޒާހަރާކޮށް އަޑު އުފުލަމުންނެވެ. އެ މީހުންނާ މި ފެށޭ ހަފްތާ ތެރޭގައި ބައްދަލުކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި މީހުން ހުކުމާ ހިސާބަށް ތިބެން ޖެހޭ މުއްދަތު ކުޑަ ކުރަން ނަން ސިއްރުކޮށްގެން ރަށްރަށުގައި ތިބި ގާޒީން ބޭނުން ކުރެވިދާނެ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މީގެ ކުރިން ވިދާޅުވެފައިވެ އެވެ.

ރާއްޖޭގެ ހުރިހާ ޖަލެއްގެ ކެޕޭސިޓީއަކީ 1500 އެއްހާ ޖާގަ ކަމަށްވާއިރު، ޖަލުތަކުގައި ތިބޭ މީީހުންނަށް މަހެއްގެ މައްޗަށް ބޮލަކަށް 27،000ރ. ހަރަދުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކުރީގެ ޑެޕިއުޓީ މޭޔަރަާއި އިތުރު ދެ މީހުން ކުންފުނިތަކުގެ ބޯޑަށް

މާލޭ ސިޓީ ކައުންސިލްގެ ކުރީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު އަރީޝް މޯލްޑިވްސް ޕޯސްޓްގެ ބޯޑަށް، އަދި އިތުރު ދެ ބޭފުޅަކު އެސްޓީއޯ އާއި އެސްޕީއެމްސީގެ ބޯޑަށް ޕީސީބީން މިއަދު ވަނީ އައްޔަނުކޮށްފައި މީގެ ކުރިން ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީގެ މަގާމުގައި ހުންނެވި އަރީޝްއަކީ އެމްޑީޕީ ދޫކުރައްވައި މިހާރު ވެރިކަންކުރާ ޕީއެންސީއާ ގުޅިވަޑައިގެންފައިވާ ބޭފުޅެއ

"އެއް ގައުމެއްގެ މީހުންނަށް ގަނެވޭނީ ރަސްމާލޭގެ 25 ޕަސެންޓު"

ރަސްމާލެއިން ބޭރު ގައުމުތަކުގެ މީހުންނަށް ޕްރޮޕަޓީ ގަނެވޭނީ ވަކި އިންސައްތައަކަށް ކަމަށާއި، އެއްވެސް ގައުމެއްގެ ރައްޔިތުންނަށް 25 ޕަސަންޓަށްވުރެ އިތުރަށް ބިން ނުގަނެވޭނެ ގޮތަށް ގާނޫނެއް އެކުލަވާލާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި. މި މަޝްރޫއުގެ ދަށުން އިޒްރޭލު މީހުންނަށް ފުރުސަތު ނޯންނާނެ ކަމަށް.

ހުޅުޖަހަން ހިތްވަރުދިން ޒިހާން ހައްޔަރުކޮށްފި

ދައުލަތުގެ މުހިންމު އިދާރާތަކެއްގައި ހުޅުޖެހުމަށް ހިތްވަރުދީ ސޯޝަލް މީޑިއާގައި ޕޯސްޓުކުރި ކުރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒިހާން ފުލުހުން މިއަދު ހައްޔަރުކޮށްފިއެވެ. އޭނާ ހައްޔަރުކުރީ ސުޕްރީމް ކޯޓާއި، ރައީސް އޮފީހާއި، މަޖިލީހުގައި ހުޅުޖެހުމަކީ މަޖާ ކަމަކަށް ވާނެ ކަމަށް ބުނެ ކުރި ޕޯސްޓާ ގުޅިގެން ބަލަމުންދާ މައްސަލައެއްގައެވެ.

އޮޑިޓު އޮފީހުން އެދުނު 133.6 މިލިއަން ރުފިޔާގެ ފާސްކޮށްފި

އޮޑިޓާ ޖެނެރަލްގެ އޮފީހުން އަންނަ އަހަރަށް ހުށަހެޅި 133.6 މިލިއަން ރުފިޔާގެ ބަޖެޓު، އެއްވެސް ބަދަލެއް ނުގެނެސް ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ފާސްކޮށްފަ އެވެ. މި ބަޖެޓުގެ ބޮޑު ބައެއް އޮފީހުގެ ހިންގުމަށާއި މުވައްޒަފުންގެ މުސާރައަށް ކަނޑައަޅާފައިވާއިރު، 43.5 މިލިއަން ރުފިޔާ ހޭދަކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގައި އިމާރާތްކުރާ އެ އޮފީހުގެ އާ އިމާރާތަށެވެ.

ރަސްމާލޭގައި ސްކޫލްތައް ނުހުންނާނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

ރަސްމާލޭގެ އީގަލް ހިލްސް މަޝްރޫއު ހިންގާ ސަރަހައްދުގައި ސްކޫލްތައް ނުހުންނާނެ ކަމަށާއި، އެތަނުގައި އެހެން ދީންތަކަށް އެއްވެސް ފުރުސަތެއް ނޯންނާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި. ނަމަވެސް، ކުރިން ހައުސިން މިނިސްޓްރީން ބުނެފައިވަނީ އެ ސަރަހައްދުގައި ސްކޫލްތަކާއި ސިއްހީ މަރުކަޒުތައް ހުންނާނެ ކަމަށް.

99 އަހަރުވުމުން ވެސް ރަސްމާލެ އަނބުރާ ލިބޭނީ އަގު ދައްކައިގެން

"މި އިންވެސްޓްމެންޓުގެ ތެރެއިން މި އެޅޭ، ނޫނީ ޑިވެލޮޕް ކުރެވޭ ޕްރޮޕަޓީސްތައް ގަންނަ ފަރާތަކުން 99 އަހަރުގެ މުއްދަތަކަށް މި ގަނެވެނީ. އެ ފަރާތުން ދެ އެތަން ޖެހޭނީ ސަރުކާރަށް، ދައުލަތަށް ވިއްކަން. ދައުލަތަށް ލިބޭނީ. ސަރުކާރުން ދެން އެހެން ފަރާތަކަށް ވިއްކަންޏާ ވިއްކާނީ،" ރައީސް ވިދާޅުވި އެވެ.

ފަޔާގެ އަމާޒު: މާލީ މިނިވަންކަން ދީ، ވިޔަފާރިވެރިން އުފެއްދުން

ފައްޔާޒް އިސްމާއިލްގެ ވެރިކަމެއްގައި އެންމެ ބޮޑު އިސްކަމެއް ދެއްވާނީ 10،000 ވިޔަފާރިވެރިން އުފައްދައި، ރައްޔިތުންނަށް މާލީ މިނިވަންކަން ހޯދައިދިނުމަށް. އޭނާގެ އަމާޒަކީ ވަޒީފާގެ ބިރުވެރިކަމުން ރައްޔިތުން ސަލާމަތްކޮށް، ރަށްރަށުގެ އިގްތިސާދީ ފުރުސަތުތަކުގެ ބޭނުން ހިފައިގެން އަމިއްލަ މަސައްކަތުން ކުރިއަށްދެވޭނެ މަގު ފަހިކޮށްދިނުން.

Newsletter

Get the latest news delivered straight to your inbox