މިފަހަކުން މަޝްހޫރުވި ޕާޓީ ކުރުމުގެ ޓްރެންޑުގެ ސަބަބުން ގިނަ ބަޔަކު ވަނީ މަސްތުވާތަކެއްޗަށް ދެވިހިފާފައި: އެންޑީއޭ

Apr 29, 2025, 5:11 AM
އެންޑީއޭގެ ޗެއާޕާސަން ލުބްނާ ޒާހިރު ހުސެއިން: އެންޑީއޭއިން ބުނީ ވަރަށް ގިނަ ޒުވާނުން ޕާޓީ ޑްރަގްސް ބޭނުން ކުރަން ފަށަނީ ރައްކާތެރި އެއްޗެއްގެ ގޮތުގައި ދެކިގެން ކަމަށް -- ފޮޓޯ: އެންޑީއޭ

އެންޑީއޭގެ ޗެއާޕާސަން ލުބްނާ ޒާހިރު ހުސެއިން: އެންޑީއޭއިން ބުނީ ވަރަށް ގިނަ ޒުވާނުން ޕާޓީ ޑްރަގްސް ބޭނުން ކުރަން ފަށަނީ ރައްކާތެރި އެއްޗެއްގެ ގޮތުގައި ދެކިގެން ކަމަށް -- ފޮޓޯ: އެންޑީއޭ

ރާއްޖޭގެ ޒުވާނުންގެ މެދުގައި މިފަހަކުން އާންމުވި ޕާޓީ ކުރުމުގެ ޓްރެންޑުގެ ސަބަބުން ގިނަ ބަޔަކު މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ ކަމަށް ނެޝަނަލް ޑްރަގް އެޖެންސީއިން ބުނެފި އެވެ.

އެންޑީއޭއިން އާދީއްތަ ދުވަހު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، މަސްތުވާތަކެއްޗާއެކު ޕާޓީ ކުރުމުގެ ޓްރެންޑު މިފަހަކުން އާންމުވެ، މަސްތުވާތަކެއްޗަށް ގިނަ ބަޔަކު ދެވިހިފައި ނުރައްކާ ހާލަތަކަށް ވެއްޓިފައިވާ ކަމަށެވެ.

"ރާއްޖޭގެ ޒުވާނުންގެ މެދުގައި މިފަހަކުން މަޝްހޫރުވެގެން މި އައި ޕާޓީ ކުރުމުގެ އާ ގޮތް [ޓްރެންޑު] ގެ ސަބަބުން ގިނަ ބަޔަކު އެކަމުގެ ތެރެއިން ލާފައި މަސްތުވާތަކެތީގެ ޝިކާރައަކަށްވެ ނުރައްކާތެރި ހާލަތަކަށް ވެއްޓިފައިވޭ،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

މާލޭގެ ޖަންގްޝަން ފެން ނަގައިގެން ހެދި ދިރާސާއަކުން ދައްކާ ގޮތުގައި ރާއްޖޭގައި އަދި ހާއްސަކޮށް މާލޭގައި އެންމެ ގިނައިން ބޭނުން ކުރަނީ ރަލާއި ކެނަބިސް އެވެ. ދެން އެންމެ ގިނައިން ބޭނުން ކުރަނީ ހެރޮއިން ނުވަތަ ހަކުރެވެ. އެކަމަކު ޕާޓީ ޑްރަގްސްގެ ގޮތުގައި ކްލާސް ކުރެވޭ އެމްފެޓަމައިންސް، މެތައެމްފެޓަމައިންސް އެމްޑީއެމްއޭ ފަދަ މަސްތުވާތަކެތި ބޭނުން ކުރާ މިންވަރު އަންނަނީ އިތުރުވަމުންނެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ ޒުވާނުންގެ ތެރެއިން ގިނަ ބަޔަކު ޕާޓީ ޑްރަގްސް ބޭނުން ކުރަން ފަށަނީ އެއީ ރައްކާތެރި އެއްޗެއްގެ ގޮތުގައި ދެކިގެން ކަމަށެވެ.

"ރާއްޖޭގައި މިކަން ފެތުރިގެން ގޮސްފައި ވަނީ ރައްކާތެރި އެއްޗެއް ކަމަށް ދެކިގެން ނަމަވެސް މިއީ ފުރާނަ ގެއްލިދިޔުމުގެ ފުރުސަތު އޮތް ނުރައްކާތެރި މަސްތުވާތަކެތި،" އެންޑީއޭއިން ބުނެ އެވެ.

ވަރަށް ގިނަ ޒުވާނުން މަސްތުވާތަކެތި ބޭނުން ކުރަން ފަށާފައި ވަނީ ދޭތެރެއަކުން މަސްތުވުމުގެ ނިޔަތުގައި ކަމަށް ވެސް އެންޑީއޭއިން ބުނެ އެވެ.

"ފަރުވާގެ ނިޒާމުގެ ހިދުމަތަށް އެދިގެން އައި ގިނަ ޒުވާނުންގެ ފަރާތުން އެނގުނު ގޮތުގައި އެފަދަ މީހުން މިތަކެތި ބޭނުން ކުރަމުން ގޮސްފައި ވަނީ ދޭތެރެ ދޭތެރެއިން ބޭނުން ކުރަމުންދާ ގޮތަށް ނަމަވެސް އެކަމުގެ ތެރެއިން މިފަދަ މީހުން މަސްތުވާތަކެއްޗަށް އަޅުދާސްތުވެ، މަސްތުވާތަކެތީގެ އެކި ބާވަތްތަކުގެ ތެރެއަށް ވަދެފައިވޭ،" އެ ބަޔާނުގައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox