އުރީދޫ މޯލްޑިވްސް އިން އެޕަލް ވޮޗް ސެލިއުލާ ހިދުމަތުގެ ދަށުން އެޕަލް ވޮޗް ގެންގުޅޭ ކަސްޓަމަރުންނަށް އުރީދޫ އީ-ސިމްގެ ހިދުމަތް ދޭން ފަށައިފި އެވެ.
އުރީދޫއިން އެ ހިދުމަތް ތައާރަފްކުރުމުގެ ގޮތުން ކުރިއަށްގެންދާ ހާއްސަ އޮފާގެ ދަށުން ހިދުމަތް ހޯދާ ކަސްޓަމަރުންނަށް ހަ މަސް ދުވަހުގެ ހިލޭ އެޕަލް ވޮޗް ސެލިއުލާ ހިދުމަތް ލިބޭނެ އެވެ.
އުރީދޫއިން ބުނީ މިހާރު ކުރިއަށް ގެންދާ ހާއްސަ އޮފާގެ މުއްދަތު ހަމަވަމުން ކޮންމެ މަހަކު ހިދުމަތަށް ނަގާނީ 200ރ. ކަމަށެވެ.
ޕޯސްޓްޕެއިޑް އަދި ޕްރިޕެއިޑް ކަސްޓަމަރުންނަށް ވެސް އެ ހިދުމަތް ހުޅުވާލާފައިވާއިރު، ހިދުމަތް ހޯދާ ކަސްޓަމަރުންނަށް، ކައިރީގައި އައިފޯން ނެތި ސީދާ އެޕަލް ވޮޗުން ގުޅައި މުއާމަލާތް ކުރެވޭނެ އެވެ.
މީގެއިތުރުން އެޕަލް ވޮޗް ސީރީޒް 10، އެޕަލް އަލްޓްރާ 2 އަދި އެޕަލް ވޮޗް އެސްއީ ފަދަ އެޕަލް ވޮޗް ގަންނަން ބޭނުންވާ ކަސްޓަމަރުންނަށް އުރީދޫގެ އިތުބާރު ކުރެވޭ ރީޓެއިލް ޕާޓްނަރުންނާ ގުޅިގެން މޫލީ މެދުވެރިކޮށް ލިބޭނެ އިންޒިމާރު ވަނީ ހަމަޖައްސާފަ އެވެ.













