ރައްކާތެރި އެއްޗެއް ގޮތުގައި ދެކިގެން ބޭނުން ކުރަން ފެށުމަށްފަހު ޕާޓީ ޑްރަގްސްއަށް ގިނަ ބަޔަކު ދެވިހިފާފައިވާ ކަމަށް އެންޑީއޭއިން ބުނެފި

Apr 28, 2025, 4:51 AM
ވައިގެ މަގުން ރާއްޖެ އެތެރެ ކުރަން އުޅުނު މަސްތުވާތަކެތީގެ ކޮތަޅުތަކެއް: ޕާޓީ ޑްރަގްސް ބޭނުން ކުރާ މިންވަރު އަންނަނީ އިތުރުވަމުން -- ފޮޓޯ: ކަސްޓަމްސް

ވައިގެ މަގުން ރާއްޖެ އެތެރެ ކުރަން އުޅުނު މަސްތުވާތަކެތީގެ ކޮތަޅުތަކެއް: ޕާޓީ ޑްރަގްސް ބޭނުން ކުރާ މިންވަރު އަންނަނީ އިތުރުވަމުން -- ފޮޓޯ: ކަސްޓަމްސް

އެއީ ރައްކާތެރި އެއްޗެއްގެ ގޮތުގައި ދެކިގެން ބޭނުން ކުރަން ފެށުމަށްފަހު ގިނަ ބަޔަކު ޕާޓީ ޑްރަގްސްއަށް ދެވިހިފާފައިވާ ކަމަށް ނެޝަނަލް ޑްރަގް އެޖެންސީއިން ބުނެފި އެވެ.

އެންޑީއޭއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގައި ޕާޓީ ޑްރަގްސް އާންމުވެފައި ވަނީ ރައްކާތެރި އެއްޗެއްގެ ގޮތުގައި ދެކިގެން ކަމަށެވެ. ނަމަވެސް ފަހުން މަސްތުވާތަކެއްޗަށް ދެވިހިފައި ނުރައްކާތެރި ހާލަތަކަށް އެފަދަ މީހުން ވެއްޓިފައިވާ ކަމަށް އެންޑީއޭއިން ބުނެ އެވެ.

"ރާއްޖޭގައި މިކަން ފެތުރިގެން ގޮސްފައި ވަނީ ރައްކާތެރި އެއްޗެއް ކަމަށް ދެކިގެން ނަމަވެސް މިއީ ފުރާނަ ގެއްލިދިޔުމުގެ ފުރުސަތު އޮތް ނުރައްކާތެރި މަސްތުވާތަކެތި،" އެންޑީއޭއިން ބުންޏެވެ. "މިފަހަކުން މަޝްހޫރުވެގެން މި އައި ޕާޓީ ކުރުމުގެ އާ ގޮތް [ޓްރެންޑު] ގެ ސަބަބުން ގިނަ ބަޔަކު އެކަމުގެ ތެރެއިން ލާފައި މަސްތުވާތަކެތީގެ ޝިކާރައަކަށްވެ ނުރައްކާތެރި ހާލަތަކަށް ވެއްޓިފައިވޭ."

ރާއްޖޭގައި ހަދާފައިވާ ދިރާސާތަކުން ދައްކާ ގޮތުގައި ރާއްޖޭގައި އަދި ހާއްސަކޮށް މާލޭގައި އެންމެ ގިނައިން ބޭނުން ކުރަނީ ރަލާއި ކެނަބިސް އެވެ. ދެން އެންމެ ގިނައިން ބޭނުން ކުރަނީ ހެރޮއިން ނުވަތަ ހަކުރެވެ. އެކަމަކު ޕާޓީ ޑްރަގްސްގެ ގޮތުގައި ކްލާސް ކުރެވޭ އެމްފެޓަމައިންސް، މެތައެމްފެޓަމައިންސް އެމްޑީއެމްއޭ ފަދަ މަސްތުވާތަކެތި ބޭނުން ކުރާ މިންވަރު އަންނަނީ އިތުރުވަމުންނެވެ.

އެންޑީއޭއިން ބުނީ، ގިނަ ޒުވާނުން ޕާޓީ ޑްރަގްސް ބޭނުން ކުރަން ފަށާފައި ވަނީ ދެވިހިފައިދާނެ ކަމަށް ބަލައިގެން ނޫން ކަމަށެވެ. ގިނަ މީހުން ޕާޓީ ޑްރަގްސް ބޭނުން ކުރަން ފަށަނީ ދޭތެރެެއަކުން އެ ތަކެތި ބޭނުން ކުރަން ހިތުލައިގެން ކަމަށް ވެސް އެންޑީއޭއިން ބުނެ އެވެ.

"ފަރުވާގެ ނިޒާމުގެ ހިދުމަތަށް އެދިގެން އައި ގިނަ ޒުވާނުންގެ ފަރާތުން އެނގުނު ގޮތުގައި އެފަދަ މީހުން މިތަކެތި ބޭނުން ކުރަމުން ގޮސްފައި ވަނީ ދޭތެރެ ދޭތެރެއިން ބޭނުން ކުރަމުންދާ ގޮތަށް ނަމަވެސް އެކަމުގެ ތެރެއިން މިފަދަ މީހުން މަސްތުވާތަކެއްޗަށް އަޅުދާސްތުވެ، މަސްތުވާތަކެތީގެ އެކި ބާވަތްތަކުގެ ތެރެއަށް ވަދެފައިވޭ،" އެ ބަޔާނުގައިވެ އެވެ.

އެންޑީއޭއން ބުނީ ޕާޓީ ޑްރަގްސްއަކީ ވެސް ނުރައްކާތެރި މަސްތުވާ އެއްޗެހި ކަމަށާއި އެފަދަ ބާވަތްތައް ބޭނުންކޮށްގެން ވެސް ފުރާނަ ދިޔުމުގެ ނުރައްކާ އޮތް ކަމަށެވެ.

"އެހެންކަމުން ޕާޓީ ކުރުމުގެ ނަމުގައި ފެތުރެމުންދާ މި ނުރައްކާތެރި މަސްތުވާތަކެއްޗާއި އެ ނޫން ވެސް މަސްތުވާ ޒާތުގެ އެންމެހާ މާއްދާތަކާއި ތަކެތި ބޭނުން ކުރުމަކީ ފުރާނަ ގެއްލިދިޔުމުގެ ނުރައްކާ އޮތް ކަންކަމަށް ވާތީ، އެކަންކަން ކުރާ އެންމެހާ ފަރާތްތަކަށް މި ނުރައްކަލުގެ އިންޒާރު ދެން،" އެންޑީއޭއިން ބުންޏެވެ.

އޭގެ އިތުރުން އެންޑީއޭއިން ބުނީ، ޕާޓީ ކުރުމުގެ ޓްރެންޑުގެ ތެރެއަށް ކުޑަކުދިންނާއި ދެ ޖިންސުގެ މީހުންގެ ވެސް ވަންނަމުންދާ ކަމަށެވެ. އެކަމާ ދެކޮޅަށް މަސައްކަތް ކުރުމަށް އެންޑީއޭއިން މިހާރު އައުޓްރީޗް ޕްރޮގްރާމުތަކެއް ހިންގަމުންދާ ކަމަށް ވެސް އެތަނުން ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox