ވެމްކޯ ކައިރިން ބަދަލުހިފައި ޕޮލިހުން ގައުމީ ވޮލީބޯޅަ ލީގު ކާމިޔާބުކޮށްފި

ވެމްކޯ ކައިރިން ބަދަލުހިފައި ޕޮލިހުން ގައުމީ ވޮލީބޯޅަ ލީގު ކާމިޔާބުކޮށްފި

ގައުމީ ވޮލީބޯޅަ ލީގުގެ ފަހު މެޗުގައި ވެމްކޯ އަތުން 3-2 ސެޓުން މެޗު ކާމިޔާބުކޮށް ފަސް އަހަރަށް ފަހު އަންހެން ވޮލީބޯޅަ މުބާރާތެއްގެ ޗެމްޕިއަންކަން ޕޮލިސް ކްލަބުން ހޯދައިފި އެވެ.

ފާއިތުވި އަހަރުތަކުގައި، އަންހެން ވޮލީބޯޅައިގައި ޑޮމިނޭޓްކުރަމުން އައީ ވެމްކޯ އެވެ. ގިނަ މުބާރާތްތައް ވެމްކޯ އިން ކާމިޔާބުކުރީ ޕޮލިސް ބަލިކޮށްފަ އެވެ. އެ ގޮތުން، އެންމެ ފަހުން ކުޅުނު އެސޯސިއޭޝަން ކަޕް ފައިނަލަށް ވެސް ޕޮލިހުން މެޗަކުން ބަލިނުވެ ދަތުރުކޮށްފައިވަނިކޮށް، ވެމްކޯ ވަނީ ފައިނަލުގައި މޮޅުވެފައެވެ.

ގައުމީ ލީގުގެ ފަހު މެޗަށް ނުކުތްއިރު، ޕޮލިހަށް ދެ ސެޓު ކާމިޔާބުކޮށް ލިބޭ ޕޮއިންޓާއެކު، ލީގުގެ ޗެމްޕިއަންކަން ހޯދުމުގެ ފުރުސަތު އޮތެވެ. އެކަމަކު، ވެމްކޯ އަށް މި މެޗު 3-1 ސެޓުން ނޫންނަމަ ސީދާ ތިން ސެޓުން ކާމިޔާބުކުރުން ނޫން ގޮތެއް ނެތެވެ.

ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި މިރޭ ކުޅުނު މެޗު ޕޮލިހުން ކާމިޔާބު ކުރީ 24-26، 17-25، 25-19، 25-23 އަދި 05-15 އިންނެވެ.

މި މެޗުގެ ފުރަތަމަ ސެޓު ފަށައިގެން ފަސް ޕޮއިންޓްގެ ލީޑެއްގައި އޮވެގެން ކުޅެމުން އައީ ވެމްކޯ އިންނެވެ. ވެމްކޯ އަށް ވަނީ މި ސެޓު ނިންމަންވެސް ފުރުސަތު ލިބިފަ އެވެ. އެކަމަކު ސެޓުގެ ފަހުކޮޅު ރަނގަޅު ރިސީވްތަކެއް ނުދެވި، 26-24 އިން ސެޓު ގެއްލުނީ އެވެ.

ދެވަނަ ސެޓުގައި ޕޮލިހުން ވަނީ ފުރަތަމަ ސެޓުގެ ފަހުކޮޅު ދެއްކި ކުޅުން ތަކުރާރުކޮށްފަ އެވެ. މި ސެޓުގައި ވެސް ވެމްކޯ އިން ފެނިގެންދިޔައީ އާދައިގެ ކުޅުމެކެވެ. އޭގެ ފައިދާނަގައި، ޕޮލިހުން ވަނީ މި ސެޓު 25-17 އިން ގެންގޮސްފަ އެވެ.

އެކަމަކު ޖެހިގެން އައި ދެ ސެޓުގައި ވެސް ވެމްކޯ ފެނިގެންދިޔައީ ތަފާތު ރޫހެއްގައި ކުޅުނު މަންޒަރެވެ. އެގޮތުން މި ސެޓުގައި ވެމްކޯގެ ޖޫޒާން ޒަރީރް (ޖޫޒް)ގެ މޮޅު ކުޅުން ފެނިގެންދިޔައިރު، މި ދެ ސެޓު ވެމްކޯ އިން ގެންދިޔައީ 25-19 އަދި 25-23 އިންނެވެ.

މެޗުގެ ފަހު ސެޓުގައި ވެމްކޯ އާދައިގެ ގޮތަކަށް ފެނިގެންދިޔައިރު، މި ސެޓު ޕޮލިހުން ކާމިޔާބުކުރީ 15-05 އިންނެވެ.

ގައުމީ ވޮލީބޯލް ލީގު ޕޮލިހުން ކާމިޔާބުކުރިއިރު، މި މުބާރާތުގެ ބެސްޓް އައުޓްސައިޑް އެޓޭކަރުގެ މަގާމާއި އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ޕޮލިހުގެ އައިމިނަތު އަރީޝާ (އަރީ) އެވެ. ދެން، ޑްރީމް ޓީމުގައި ހިމެނޭ ކުޅުންތެރިންނަކީ، ވެމްކޯގެ އައިޝަތު މާޖިދާ (މާޖީ)، ޖޫޒާން ޒަރީރު (ޖޫޒް)، ނަރީމާ އިދުރީސް (ނަންނަ)، ނުހާ ވަހީދު (ނުއްޕު)، ޕޮލިހުގެ މަރިޔަމް އަޒުމާ އަދި ފްލެކްސާގެ ފާތިމަތު ޝަމްހާ އެވެ.

އަދި އެންމެ މޮޅު ކޯޗަކަށް ޕޮލިހުގެ ކޯޗު މުނާ މުނީރު (މުންނަ) ހޮވުުނުއިރު، އެންމެ މޮޅު ބިދޭސީ ކުޅުންތެރިއަކީއެ ޓީމުގެ ގްރަޒިއޭލް އެވެ. އެންމެ އުންމީދީ ކުޅުންތެރިއަކީ ހުރާގެ މަރިޔަމް ރިޝްފާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox