ރާސްޓަސް ކޮށްގެން އެއްލައްކަ ރުފިޔާގެ އަގުހުރި އިނާމު ހޯދުމުގެ ފުރުސަތު

ރާސްޓަސް ކޮށްގެން އެއްލައްކަ ރުފިޔާގެ އަގުހުރި އިނާމު ހޯދުމުގެ ފުރުސަތު

ކޮންމެ ފިހާރައަކުން ވެސް، ކޮންމެ އަދަދަކަށް ރާސްޓަސް ކޮށްގެން އެއް ލައްކަ ރުފިޔާގެ އަގުހުރި އިނާމު ލިބޭ ހާއްސަ ޕްރޮމޯޝަނެއް އުރީދޫ މޯލްޑިވްސް އިން ފަށައިފި އެވެ.

ޖޫން މަހުގެ ނިޔަލަށް "ރާސްޓަސް ސަޕްރައިޒް" ގެ ނަމުގައި ކުރިއަށްދާ އެ ޕްރޮމޯޝަންގެ ދަށުން ކޮންމެ ހަފްތާއަކު ބޮޑު އިނާމެއް އަދި މުޅި ޕްރޮމޯޝަނަށް ވެސް ބޮޑު އިނާމެއް ވަނީ ކަނޑައަޅާފަ އެވެ.

ޕްރޮމޯޝަނުގައި ބައިވެރިވުމަށް:

  • ރާއްޖޭގެ ކޮންމެ ފިހާރައަކުން ކޮންމެވެސް މިންވަރެއް ރާސްޓަސް ކުރުން.
  • ހަފުތާއަކު 700ރ. އަށް ވުރެ ގިނަ ރާސްޓަސް ކޮށްގެން ހަފުތާގެ ބޮޑު އިނާމުގެ ލަކީ ޑްރޯގައި ބައިވެރިވެވޭނެ.
  • ޕްރޮމޯޝަން ނިމުމުން ގްރޭންޑް ޕްރައިޒް ޑްރޯ ނެގޭނީ މުއަދަތުގެ ތެރޭގައި ރާސްޓަސް ކުރި ހުރިހާ އެންމެންނަށް.

ވީކްލީ ލަކީ ޑްރޯ އިނާމުތައް:

  • އެޕަލް ވޮޗް ސީރީޒް 9 މިޑްނައިޓް 45 އެމްއެމް.
  • އެޕަލް ވޮޗް ސީރީޒް 9 މިޑްނައިޓް 41 މިލިމީޓަރު.
  • އައިފޯން 15 ޕްރޯ މެކްސް 256 ޖީބީ ބްލޫ ޓައިޓޭނިއަމް.
  • ސެމްސަންގް ގެލެކްސީ ވޮޗް އެކްޓިވް.
  • އައިފޯން 11 ޕްރޯ މެކްސް ސްޕޭސް ގްރޭ 256 ޖީބީ.
  • ސެމްސަންގް ގެލެކްސީ ވޮޗް6 44 އެމްއެމް ގްރެފައިޓް.
  • ނިންޓެންޑޯ ސްވިޗް.
  • ޓީސީއެލް 55" ޓީވީ.
  • ސެމްސަންގް ގެލެކްސީ އެސް25 އަލްޓްރާ 256 ޖީބީ 12 ޖީބީ ޓައިޓޭނިއަމް ބްލެކް.
  • 5،000ރ. ގެ ފައިސާގެ އިނާމު.

ގްރޭންޑް ޕްރައިޒް:

• 20،000ރ. ގެ ފައިސާގެ އިނާމު.

ކޮމެންޓް

ފަހުގެ ޚަބަރު

އިއްތިހާދުގެ މައިލްސްއިން މޯލްޑިވިއަންގެ ޓިކެޓް ނެގޭގޮތް ހަދައިފި

އިއްތިހާދު އެއާވޭސްގެ "އިއްތިހާދު ގެސްޓް" މެމްބަރުންނަށް އެ މީހުން އެއްކޮށްފައިވާ މައިލްސް ބޭނުންކޮށްގެން މޯލްޑިވިއަންގެ ފްލައިޓްތަކުން ޓިކެޓް ނެގޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފަ.

މިދިޔަ މަހު މައްޗަށް ދިޔަ ޓޫރިސްޓު ނަމްބަރުތައް މި މަހު ދަށަށް

މިދިޔަ އޮކްޓޫބަރު މަހު ރާއްޖެއަށް ޓޫރިސްޓުން އައި އަދަދު މައްޗަށް ދިޔަ ނަމަވެސް، ނޮވެމްބަރު މަހު އެ އަދަދު ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު 6.3 ޕަސެންޓު ދަށަށް ގޮސްފަ. މިއާއެކު މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އައި ޖުމްލަ ފަތުރުވެރިންގެ އަދަދު ވެސް ވަނީ މިދިޔަ އަހަރަށް ވުރެ 3.7 ޕަސެންޓު މަދުވެފަ.

އައިކެއާގައި ފްލޭޝް ސޭލްއެއް

އައިކެއާ އޮޕްޓިކަލްސްގެ ފަރީދީމަގު ފިހާރައިގައި ނޮވެމްބަރު 28 އަދި 29 ގައި އަވިއައިނަށް ޚާއްޞަ ފްލޭޝް ސޭލެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. މި ސޭލުގައި ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކުގެ އަވިއައިނުން 15 އިންސައްތައާއި 50 އިންސައްތައާ ދެމެދުގެ ބޮޑެތި ޑިސްކައުންޓްތަކެއް ލިބިގެންދާނެއެވެ.

ފަތަން ނޭނގޭ ކޮންމެ ދެ ޓޫރިސްޓަކަށް ގައިޑެއް މަޖުބޫރުކޮށްފި

މޫދު ކުޅިވަރުތަކުގައި ހަރަކާތްތެރިވާ ހުރިހާ ގައިޑުންނަކީ ފަސްޓްއެއިޑާއި ރެސްކިއު ސަނަދު އޮތް ބަޔަކަށް ހެދުމަށްޓަކައި އެއް އަހަރު ދުވަހުގެ މުހުލަތެއް މި ގަވާއިދުން ވަނީ ދީފަ. އަދި އެކްސްކާޝަންތަކަށް ދާއިރު ފަތަން ނޭނގޭ މީހުންނާއި ސްނޯކްލިން ހަރަކާތްތަކުގައި ބައިވެރިވާ ހުރިހާ ފަރާތްތަކުން ލައިފް ޖެކެޓް އެޅުން ވެސް މިހާރު ވަނީ ލާޒިމުކޮށްފަ.

މޫދު ކުޅިވަރާއި އެކްސްކާޝަންތަކަށް ގަވާއިދެއް ހަދައިފި

މި ގަވާއިދުގެ ދަށުން މިފަދަ ހިދުމަތްދޭ ހުރިހާ ތަނެއް މިނިސްޓްރީގައި ރަޖިސްޓްރީ ކުރުމާއި، ޕަބްލިކް ލައިބިލިޓީ އިންޝުއަރެންސް ނެގުމުގެ އިތުރުން މޫސުމީ ހަރުކަށި މިންގަނޑުތަކަކަށް އަމަލުކުރުން ލާޒިމުވާނެ. އަދި މި އުސޫލުތަކާ ހިލާފުވާ ފަރާތްތައް އެއް ލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާކޮށް، ހުއްދަ ބާތިލުކުރުމުގެ ބާރު ވެސް މިނިސްޓްރީއަށް ވަނީ ދީފަ.

އާރުޑީސީގެ ހުރިހާ މަޝްރޫއުތަކެއް އެމްޓީސީސީއާ ހަވާލުކޮށްފި

މާލީ ބޮޑު ގެއްލުމަކާ އެކު އާރުޑީސީގެ ހާލަތު ދަށަށް ގޮސްފައި ވަނިކޮށް، ދައުލަތުގެ ހަރަދު ކުޑަކުރަން އެ ކުންފުނީގެ ހުރިހާ މަޝްރޫއުތަކެއް އެމްޓީސީސީގެ ދަށަށް މިއަދު ވަނީ ބަދަލުކޮށްފަ. އެމްޓީސީސީން އެ ހުރިހާ މަސައްކަތްތަކަކާ ހަވާލުވި ނަމަވެސް، އާރުޑީސީގެ މަޝްރޫއުތަކުގެ އަދަދާއި އެ ކުންފުނީގެ މުވައްޒަފުންނާ މެދު ނިންމި ގޮތެއް އަދި ހާމައެއް ނުކުރޭ.

ހުޅުމާލޭގެ ވޯޓާ ތީމް ޕާކު މަޝްރޫއު ސޮލެންޒާރާ ހޯލްޑިންގްސްއާ އެޗް

ހުޅުމާލޭގައި ހަދަން ފަށައި ނުވަ އަހަރު ވަންދެން ހުއްޓިފައި އޮތް ވޯޓާ ތީމް ޕާކު މަޝްރޫއު، އާ މާސްޓާ ޕްލޭނެއްގެ ދަށުން ހަވާލުކުރީ ހޮންކޮންގެ ކުންފުންޏަކުން ހިއްސާވާ ސޮލެންޒާރާ ހޯލްޑިންގްސްއާ. މި މަޝްރޫއުގެ ދަށުން 18 މަސްދުވަހުގެ ތެރޭގައި ވޯޓާ ޕާކަކާއި، 250 ކޮޓަރީގެ ހޮޓަލެއްގެ އިތުރުން އެޕާޓްމަންޓްތަކާއި ވިޔަފާރި ބްލޮކްތައް ތަރައްގީކުރާނެ.

Newsletter

Get the latest news delivered straight to your inbox