ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލަން މަޖިލިސް މެންބަރުންގެ ތާއީދަށް ރައީސް އެދިވަޑައިގެންފި

ރައީސް ޑރ. މުހައްމަދު މުއިއްޒު, ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާ އެކު : ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލަން މަޖިލިސް މެންބަރުންގެ ތާއީދަށް ރައީސް މުއިއްޒު ވަނީ އެދިވަޑައިގެންފަ --- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ރައީސް ޑރ. މުހައްމަދު މުއިއްޒު, ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާ އެކު : ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލަން މަޖިލިސް މެންބަރުންގެ ތާއީދަށް ރައީސް މުއިއްޒު ވަނީ އެދިވަޑައިގެންފަ --- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލާ ފުރަތަމަ ބުރުން ރައީސަކު ހޮވޭ ގޮތަށް ގާނޫނުއަސާސީ ބަދަލުކުރުމަށް ކުރާ މަސައްކަތުގައި ވެރިކަންކުރާ ޕީއެންސީއަށް ނިސްބަތްވާ މަޖިލިސް މެންބަރުންގެ ތާއީދަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފި އެވެ.

ރައީސް މުއިއްޒު މެންބަރުންގެ ގާތު އެދިވަޑައިގެންނެވީ އިއްޔެ މެންދުރު މުލިއާގޭގައި ބޭއްވި ބައްދަލުވުމެއްގަ އެވެ. މި ބައްދަލުވުމުގައި ރައީސް ހުށަހެޅުއްވި ކަންކަން ޕީއެންސީގެ ބައެއް މަޖިލިސް މެންބަރުން ވަނީ އަދަދު ނޫހާ ހިއްސާކޮށްފަ އެވެ.

މެންދުރު ކެއުމާއެކު ބޭއްވި މި ބައްދަލުވުމުގައި، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލުމަށް ގާނޫނުއަސާސީއަށް ބަދަލުކުރުމަށް ނަގަންޖެހޭ, ފެންނަ ނުފެންނަ ވޯޓު މި އަހަރު ނެގުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަަށް ވެސް މި އަހަރު ފެންނަ ނުފެންނަ ވޯޓެއް ނަގަން މަސައްކަތް ކުރާ ކަމަށް ރައީސް އިއްޔެ ވިދާޅުވި ކަމަށް މެންބަރުން މައުލޫމާތު ދިނެވެ.

"ދެ އިންތިހާބު އެއްކޮށްލުމަށް، ދެން ރިޔާސީ އިންތިހާބު އެއްބުރަށް ހެދުމަށް ފެންނަ ނުފެންނަ ވޯޓަކަށް ދާނެ ކަމަށް ވިދާޅުވީ. މިކަމުގައި މެންބަރުންގެ ތާއީދަށް އެދިލެއްވީ،" މެންބަރަކު ވިދާޅުވި އެވެ.

މީގެއިތުރުން ވެރިކަމުގެ ހުވާ ކުރާ ދުވަސް ޖުމްހޫރީ ދުވަހަށް ބަދަލުކުރުމަށް ވެސް ރައީސް ހުށަހަޅުއްވާނެ އެވެ. އެއީ ކޮންމެ އަހަރެއްގެ ވެސް ނޮވެމްބަރު 11 ވަނަ ދުވަހެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ ހަމައިން ފެށިގެން އިންތިހާބީ ރައީސް ހުވާ ކުރައްވަމުން ގެންދަވާފައި ވަނީ ނޮވެމްބަރު 17 ވަނަ ދުވަހު އެވެ. އެއީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ބޭއްވުން ލަސްވުމާ ގުޅިގެންނެވެ.

ދެ އިންތިހާބު އެއްކޮށްލުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް މިއަހަރު ދިޔުމަށް ނިންމާފައިވާކަން ރައީސް މުއިއްޒު ފުރަތަމަ އިއުލާނުކުރެއްވީ ރައްޔިތުންގެ މަޖިލީހަށް މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުންނެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލަން ހުށަހަޅުއްވާނެ ކަމަށް ރައީސް ވިދާޅުވީ މިދިޔަ އަހަރުގެ ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ރައްޔިތުން އެގޮތަށް ދެކޭނަމަ 2028 ގެ އިންތިހާބު ކުރިއަށް ގެންދާނީ އެއްބުރަށް ކަމަށްވެސް ރައީސް އެ ދުވަހު ވިދާޅުވި އެވެ.

"ދިރާސާ ކުރަމުންދާ ކަމެއް، އެޓަރނީ ޖެނެރަލާ އަޅުގަނޑު ހަވާލުކޮށްގެން ދިރާސާ ކުރަމުންދާ ކަމެއް، ބައެއް ގައުމުތަކުގައި އޮންނަ ގޮތެއް، ޕްރިފަރެންޝަލް ވޯޓިން ނިޒާމު. ދެވަނަ ބުރު އުވާލުން. ޕާސަނަލީ އަޅުގަނޑު ގަބޫލުކުރާގޮތް،" ރައީސް އެ ދުވަހު ވިދާޅުވި އެވެ.

ގިނަ ޕާޓީތަކަށް ވާދަކުރެވޭ ގޮތަށް ރާއްޖޭގައި ރިޔާސީ އިންތިހާބު ބާއްވަން ފެށި ފަހުން ފުރަތަމަ ބުރުގައި 50 އިން މަތިން ވޯޓު ހޯދައިގެން އިންތިހާބު ކާމިޔާބުކޮށްފައި ވަނީ 2018 ވަނަ އަހަރު، އޭރު އެމްޑީޕީން ވާދަ ކުރެއްވި ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހެވެ.

އެފަހަރު އެއްބުރުން އިންތިހާބު ކާމިޔާބުކުރަން އެންމެ ބޮޑު ބާރަކަށް ވެގެން ދިޔަ މައިގަނޑު ސަބަބަކީ އެމަނިކުފާނާ އިދިކޮޅު ހުރިހާ ސިޔާސީ ލީޑަރުން ޖަލަށް ލާފައި ތިބުމުން، ރިޔާސީ އިންތިހާބުގެ ކުރިން އިދިކޮޅު ހުރިހާ ޕާޓީތަކެއް ކޯލިޝަން ހެދުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox