ގދ. ތިނަދޫއަށް ހޯދި ފެން ޕްލާންޓަށް ފައިސާ ނުދައްކާތީ އިންސްޓޯލްނުކުރެވި ހަތް މަސް

ތިނަދޫއަށް ގެންދިޔަ ފެން ޕްލާންޓް: ފެން ޕްލާންޓަށް ބޭނުންވާ އިތުރު ސާމާނަށް ފެނަކައިން ފައިސާ ނުދޭ -- ފޮޓޯ: ތިނަދޫ ފެނަކަ ބްރާންޗް

ތިނަދޫއަށް ގެންދިޔަ ފެން ޕްލާންޓް: ފެން ޕްލާންޓަށް ބޭނުންވާ އިތުރު ސާމާނަށް ފެނަކައިން ފައިސާ ނުދޭ -- ފޮޓޯ: ތިނަދޫ ފެނަކަ ބްރާންޗް

އަވަސް އަރުވާލައިގެން ގދ. ތިނަދޫއަށް އަގުބޮޑުކޮށް ހޯދި ފެން ޕްލާންޓަށް ފައިސާ ނުދައްކާތީ އިންސްޓޯލްނުކުރެވި ހަތް މަސް ދުވަސް ވެއްޖެ އެވެ.

ތިނަދޫއަށް ގެންދިޔަ ފެން ޕްލާންޓުގެ މުއާމަލާތުގެ މައުލޫމާތު އެނގޭ މީހަކު އަދަދު އަށް ބުނީ އެ ރަށަށް ގެންދިޔައީ ފެން ޕްލާންޓަށް ބޭނުންވާ ޕްލާންޓު އެކަނި ކަމަށެވެ. އެއަށް ބޭނުންވާ ޓޭންކުތަކާއި އިތުރު ސާމާނުތައް ނުގެންގޮސްގެން އުޅެނީ އެކަމާ ހަވާލުވި އެޗްކިއު ހޯލްޑިންގްސްއަށް ފައިސާ ނުދޭތީ ކަމަށެވެ.

"ފެން ޕްލާންޓް ގަތީ އެއްކޮށް ލާރި ދީފައި. އެކަމަކު ބާކީ ހުރި ޓޭންކުތަކާއި އެހެން ހުރިހާ އެއްޗަކަށް ފެނަކައިން ފައިސާ ނުދޭތީ ފޯރުކޮށްނުދޭ. އެޗްކިއު އިން ބުނާ ގޮތުގައި ފެނަކައިން މިހާރު ނޫޅޭ އެ މަޝްރޫއު ކުރިއަށް ގެންދާކަށް،" އޭނާ ބުންޏެވެ.

ތިނަދޫއަށް ފެން ޕްލާންޓެއް ފޯރުކޯށްދޭން އެޗްކިއު ހޯލްޑިންގްސްއާ ފެނަކައިން އެއްބަސްވުން ހަދާފައި ވަނީ މާކެޓް އަގަށްވުރެ ބޮޑުކޮށް ޖުމްލަ 13.6 މިލިއަން ރުފިޔާއަށެވެ.

އެޗްކިއު ހޯލްޑިންގްސް އިން ހުށަހެޅި އަގަށްވުރެ ހަތް މިލިއަން ރުފިޔާ ކުޑަކޮށް ސަރުކާރުގެ ފެން ކުންފުނި އެމްޑަބްލިއުއެސްސީން ހުށަހެޅި ނަމަވެސް، އެ ކުންފުނިން ފެން ޕްލާންޓް ފޯރުކޮށްދޭން ގިނަ ދުވަސްތަކެއް ނަގާ ކަމަށް ބުނެ ފެނަކައިން އެޗްކިއު ހޯލްޑިންގްސްއާ މަޝްރޫއު ހަވާލުކުރި އެވެ.

އެޗްކިއު ހޯލްޑިންގްސް އިން ތިނަދޫއަށް ހޯދި ފެން ޕްލާންޓް އެއްފަހަރާ ފައިސާ ދީފައި ގަތީ މެކޭނިޒަމް މޯލްޑިވްސް އިން ހަތަރު މިލިއަނެއްހާ ރުފިޔާއަށްކަން މި ނޫހަށް ވަނީ އެނގިފަ އެވެ. ނަމަވެސް އޭގެ ފަހުން އެ ޕްލާންޓަށް ބޭނުންވާ ޓޭންކުތަކާއި އެހެނިހެން ސާމާނަށް ފެނަކައިން ފައިސާ ނުދޭތީ އެޗްކިއު ހޯލްޑިންގްސްއިން މެކޭނިޒަމް މޯލްޑިވްސްއަށް ފައިސާ ދެއްކިފައެއް ނުވެ އެވެ.

ފެނަކައިގެ ހިންގުމާ މުއާޒް މުހައްމަދު ރަޝީދު ހަވާލުވެގެން ހުންނެވިއިރު ހިނގާފައިވާ ފެން ޕްލާންޓުގެ މުއާމަލާތުގައި ކޮރަޕްޝަންގެ އެއްވެސް އަމަލެއް ހިންގާފައި ނުވާ ކަމަށް އޭރު އެ ކުންފުނިން ބުންޏެވެ.

އެގޮތުން ތިނަދޫގެ ފެން ޕްލާންޓް މަޝްރޫއު އޭރު އެޗްކިއު ހޯލްޑިންގްސްއާ ހަވާލުކުރީ އެމްޑަބްލިއުއެސްސީން ކުޑަ އަގެއް ހުށަހެޅި ނަމަވެސް، ވީހާ ވެސް އަވަހަށް އެ ރަށަށް ދިމާވެފައިވާ ފެނުގެ މައްސަލަ ހައްލު ކުރުމަށް ކަމަށް ފެނަކައިން އޭރު ބުންޏެވެ.

ތިނަދޫއަށް ގެނެސްފައިވާ އައު ފެން ޕްލާންޓް އިންސްޓޯލްނުކޮށް ދިގުލައިގެންދާތީ އެކަމުގެ ކަންބޮޑުވުން ތިނަދޫ ކައުންސިލްގެ ރައީސް ސައުދު އަލީ ވަނީ ފާޅުކުރައްވާފަ އެވެ.

މިކަމާ ގުޅޭ ގޮތުން އަދަދު އާ ވާހަކަ ދައްކަވަމުން ސައުދު ވިދާޅުވީ ފެނަކައިން ބުނާ ގޮތުގައި ފެން ޕްލާންޓް އިންސްޓޯލް ނުކުރެވި ދިގުލައިގެން ދަނީ އެއަށް ބޭނުންވާ ބައެއް ފިޓިންގްސް ނުލިބިގެން ކަމަށެވެ.

"ފެން ޕްލާންޓެއް ގެންގޮސްފައި ހުންނަތާ ފުދޭވަރަކަށް ދުވެސްވެއްޖެ އަސްލު. މިހާރު ހަތަރު މަހެއް ވެދާނެ. ސާފު ޖަވާބެއް ނޫން. އެކަމަކު މައުލޫމާތު އެނގޭ ގޮތުގައި އެއަށް ބައެއްކަހަލަ ފިޓީންގްސްތައް އެބޭފުޅުންނަށް އަދި ނުލިބޭތީ އޭތި އިންސްޓޯލް ނުކުރެވި ލަސްވަނީ ކަމަށް ބުނެފައި އޮތީ،" އޭނާ ވިދާޅުވި އެވެ.

ތިނަދޫއަށް ފެން ޕްލާންޓެއް އެންމެ ފުރަތަމަ ގެންދިޔައީ އެމްޑީޕީގެ ފުރަތަމަ ވެރިކަމުގަ އެވެ. އަދި އިންސްޓޯލްކޮށް ހިދުމަތް ދޭން ފެށީ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގަ އެވެ.

އޭގެ ފަހުން އެތައް އަހަރުތަކެއް ފާއިތުވެފައިވާއިރު މިހާރު ހުރި ފެން ޕްލާންޓުން ހިދުމަތް ދިނުމަށް ދަނީ ދަތިތައް ދިމާވަމުންނެވެ. އެގޮތުން ގެތަކަށް ފެން ލިބޭ ޕްރެޝާ ދަށްވެ، ފެން ޕްލާންޓުގެ ފިލްޓަރުތަކަށް ވެސް އަންނަނީ މައްސަލަތައް ދިމާވަމުންނެވެ.

ތިނަދޫ ފެން ޕްލާންޓަށް އެންމެ ފަހުން މައްސަލަ ދިމާވުމާ ގުޅިގެން އެ މައްސަލަ ހައްލު ކުރުމަށް ދެ މަސް ދުވަސް ނެގި އެވެ. އެ މުއްދަތުގައި ރަށުގެ ރައްޔިތުންނަށް ފެން ފޯރުކޮށްދިނުމަށް ފެނަކަ އިން އެތައް މިލިއަން ރުފިޔާއެއް ހޭދަކުރަން ވެސް ޖެހުނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox