‎‏ޗައިނާއިން އެމެރިކާއަށް އެތެރެކުރާ ‏‏އިލެކްޓްރޯނިކް ތަކެތިން ޓެރިފް ކަނޑާލައިފި ‏

ޓެރިފް ކަނޑާލި ތަކެތީގެ ތެރޭގައި ‏ސްމާޓްފޯނާއި ކޮމްޕިއުޓަރު ފަދަ ‏ތަކެތި ހިމެނޭ -- ފޮޓޯ: އޭޕީ

ޓެރިފް ކަނޑާލި ތަކެތީގެ ތެރޭގައި ‏ސްމާޓްފޯނާއި ކޮމްޕިއުޓަރު ފަދަ ‏ތަކެތި ހިމެނޭ -- ފޮޓޯ: އޭޕީ

‏ޗައިނާއިން އެމެރިކާއަށް އިމްޕޯޓްކުރާ ‏‏ސްމާޓްފޯނާއި ކޮމްޕިއުޓަރު ފަދަ އިލެކްޓްރޯނިކް ‏‏ތަކެއްޗަށް ޓެރިފް އިސްތިސްނާ ދީފި އެވެ.

‏‏މިއާއެކު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ‏‏އިއުލާނުކުރި 125 އިންސައްތައިގެ ރެސިޕްރޮކަލް ‏‏ޑިއުޓީން މި ތަކެތި ސަލާމަތްވެގެން ދާނެ އެވެ‏‎.‎

‏އެމެރިކާގެ ކަސްޓަމްސް އެންޑް ބޯޑާ ‏‏ޕްރޮޓެކްޝަން (ސީބީޕީ) އޭޖެންސީން ‏‏ޝިޕަރުންނަށް ފޮނުވި ނޯޓިސްއެއްގައި، ޑިއުޓީން ‏‏އިސްތިސްނާ ކުރެވޭ ޓެރިފް ކޯޑުތަކުގެ ލިސްޓެއް ‏‏ޝާއިއުކޮށްފައިވެ އެވެ. މި އިސްތިސްނާތައް ‏‏ރެޓްރޯއެކްޓިވްކޮށް 5 އޭޕްރިލް ހެނދުނު 12:01 ‏‏އަށް ހިނގަން ފަށާނެ އެވެ‏‎.‎

‏ސީބީޕީން އާންމުކުރި ލިސްޓުގައި 20 ބާވަތެއްގެ ‏‏އުފެއްދުން ހިމެނެ އެވެ. މީގެ ތެރޭގައި ހުރިހާ ‏‏ކޮމްޕިއުޓަރުތަކާއި، ލެޕްޓޮޕްތަކާއި، ޑިސްކް ‏‏ޑްރައިވްތަކާއި އަދި އޮޓޮމެޓިކް ޑޭޓާ ‏‏ޕްރޮސެސިން ތަކެތި ހިމެނޭ 8471 ކޯޑެއް ‏‏ހިމެނެ އެވެ.

މީގެ އިތުރުން ސެމިކޮންޑަކްޓާ ‏‏ޑިވައިސްތަކާއި، އިކުއިޕްމަންޓްތަކާއި، މެމޮރީ ‏‏ޗިޕްތަކާއި އަދި ފްލެޓް ޕެނަލް ޑިސްޕްލޭތައް ވެސް ‏‏ހިމެނިފައިވެ އެވެ‏‎.‎

‏މި ނިންމުމުގެ ސަބަބުން އެޕަލް، ޑެލް ‏‏ޓެކްނޮލޮޖީސް އަދި އެހެނިހެން ބޮޑެތި އެމެރިކާގެ ‏‏ޓެކްނޮލޮޖީ ކުންފުނިތަކަށް ބޮޑު ލުޔެއް ‏‏ލިބިގެންދާނެ އެވެ. އަދި ޓްރަމްޕްގެ މި ނިންމުމުގެ ‏‏ސަބަބުން ޗައިނާ ފިޔަވައި އެހެން ގައުމުތަކުން ‏‏އިމްޕޯޓްކުރާ ތަކެއްޗަށް ކަނޑައަޅާފައިވާ 10 ‏‏އިންސައްތައިގެ "ބޭސްލައިން" ޓެރިފްއިން ވެސް ‏‏މި އިލެކްޓްރޯނިކް ތަކެތި ‏‏އިސްތިސްނާވެގެންދާނެ އެވެ.

މިއާއެކު ޓައިވާނުން ‏‏އިމްޕޯޓްކުރާ ސެމިކޮންޑަކްޓަރުތަކާއި އިންޑިއާގައި ‏‏އުފައްދާ އެޕަލް އައިފޯނުތައް އިމްޕޯޓްކުރުމުގެ ‏‏ހަރަދު ކުޑަވެގެންދާނެއެވެ‏‎.‎

‏ނަމަވެސް، ޗައިނާއިން އިމްޕޯޓްކުރާ ތަކެއްޗަށް މި ‏‏އިސްތިސްނާ ދެވިފައިވަނީ ހަމައެކަނި ޓްރަމްޕްގެ ‏‏ރެސިޕްރޮކަލް ޓެރިފްތަކަށެވެ. ކުރިން ޗައިނާގެ ‏‏ހުރިހާ އިމްޕޯޓްތަކަށް ކަނޑައަޅާފައިވާ 20 ‏‏އިންސައްތައިގެ ޑިއުޓީ ދެމިއޮންނާނެކަމަށް ވައިޓް ‏‏ހައުސްގެ އޮފިޝަލެއް ވަނީ ބުނެފަ އެވެ‏‎.‎

ކޮމެންޓް

ފަހުގެ ޚަބަރު

އަމްބާނީއަކީ އިންޑިއާގެ "އަސްލު ބޮސް" ތޯ މަސްކް ސުވާލެއް

އެލޮން މަސްކްގެ ސްޓާލިންކް ޚިދުމަތް އިންޑިއާއަށް ތައާރަފުކުރުމަށް ހުރަސްއަޅަނީ މުކޭޝް އަމްބާނީ ކަމަށް ތުހުމަތުކޮށް، އޭނާއަކީ އިންޑިއާގެ "އަސްލު ބޮސް" ތޯ މަސްކް ސުވާލު އުފައްދައިފިއެވެ. ނަމަވެސް އިންޑިއާ ސަރުކާރުން މި ތުހުމަތުތައް ދޮގުކުރާއިރު، އަމްބާނީގެ ރިލަޔަންސް އާއި އެއާޓެލްއިން ދަނީ ސްޓާލިންކާ ގުޅިގެން ޚިދުމަތް ދިނުމަށް ތައްޔާރުވަމުންނެވެ.

ދުނިޔޭގެ އެންމެ ބޮޑު ރޮބޮޓިކްސް ކޮންޕެޓިޝަނަށް ރާއްޖެ

2026 ވަނަ އަހަރު ކޮރެއާގައި ބާއްވާ ދުނިޔޭގެ އެންމެ ބޮޑު ރޮބޮޓިކްސް މުބާރާތުގައި ބައިވެރިވުމަށް ރާއްޖޭގެ އެކި ސްކޫލްތަކުގެ 10 ދަރިވަރުންގެ ޓީމެއް ދަނީ ތައްޔާރުވަމުންނެވެ. ވުމަން އިން ޓެކް އާއި ފޯރލޫޕް އެކަޑަމީގެ އެހީތެރިކަމާއެކު ކުރިއަށްދާ މި ހަރަކާތަށް އެމް.ޑަބްލިއު.އެސް.ސީ އާއި އިތުރު ކުންފުނިތަކުން ވަނީ ސްޕޮންސަރާއި އެހީތެރިކަން ފޯރުކޮށްދީފައެވެ.

ޗައިނާގެ އޭއައި އިން ބަޔޮލޮޖިކަލް ހަތިޔާރު އުފައްދާ ގޮތް ބުނެދީފި

ޗައިނާގެ މޫންޝޮޓް ކުންފުނީގެ "ކިމީ" އޭއައި މޮޑެލްތަކުގެ ރައްކާތެރިކަމުގެ ފިޔަވަޅުތައް ފޫއަޅުވާލައި، ބަޔޮލޮޖިކަލް ހަތިޔާރު އުފައްދާނެ ގޮތުގެ މައުލޫމާތު ހޯދޭކަން ދިރާސާއަކުން ވަނީ ހާމަވެފައެވެ. މި މައްސަލައާ ގުޅިގެން އެ ކުންފުނިން މިހާރު ތަހުގީގު ފަށާފައިވާއިރު، މިއީ އޭއައި ނިޒާމުތަކުގެ ރައްކާތެރިކަމާ މެދު އިންތިހާއަށް ކަންބޮޑުވުން އުފެދިފައިވާ ކަމެކެވެ.

ޖައްވުގައި އޭއައި ޑޭޓާ ސެންޓަރު ގާއިމުކުރަން ގޫގުލްގެ ސެޓެލައިޓް

ޖައްވުގައި އޭއައި ޑޭޓާ ސެންޓަރުތައް ގާއިމުކުރުމުގެ ދިރާސާއަކަށް ގޫގުލްގެ "ޕްރޮޖެކްޓް ސަންކެޗާ" ގެ ދަށުން ޕްރޮޓޯޓައިޕް ސެޓެލައިޓެއް އަންނަ ހަފުތާގައި ޖައްވަށް ފޮނުވާލުމަށް ވަނީ ނިންމާފައެވެ. މި މިޝަންގެ މައިގަނޑު ބޭނުމަކީ ޖައްވުގެ ރޭޑިއޭޝަނާއި ގަދަ ހޫނުގައި ގޫގުލްގެ އޭއައި ޗިޕްތައް މަސައްކަތްކުރާ މިންވަރު ބަލައި، އިރުގެ ހަކަތަ ބޭނުންކޮށްގެން ދެމެހެއްޓެނިވި ގޮތެއްގައި ޑޭޓާ ސެންޓަރުތައް ހިންގިދާނެތޯ ދެނެގަތުމެވެ.

އޯޕަންއޭއައި ބޮޓްތަކެއް އެކި ވެބްސައިޓްތަކަށް ނުފޫޒު ފޯރުވައިފި

އޯޕަންއޭއައިގެ އޭއައި އެޖެންޓްތަކެއް އެމެރިކާގެ ސަރުކާރުގެ އިދާރާތަކާއި ޔުނިވާސިޓީތަކުގެ ވެބްސައިޓްތަކުގެ ސަލާމަތީ ފިޔަވަޅުތައް މުގުރާލައި، ބައެއް މައުލޫމާތުތަކަށް ނުފޫޒު ފޯރުވާފައިވާކަން އެ ކުންފުނިން ހާމަކޮށްފިއެވެ. މި ބޮޓްތަކުން އާންމުންނަށް ފެންނަން ނުހުންނަ ފައިލްތަކަށް ވަދެފައިވާއިރު، މިއީ އިންސާނުންގެ ކޮންޓްރޯލުން ނެއްޓިގެންދާ އޭއައި ވަސީލަތްތަކުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކާ މެދު އޮތް ބިރުވެރިކަން އިތުރުވި ކަމެކެވެ.

ނުބައި ނިޔަތެއްގައި އޭއައި ވާދަވެރިކަން އުފެއްދުމާ ޗައިނާ ދެކޮޅު

އޭއައިގެ ދާއިރާއިން ނުބައި ނިޔަތެއްގައި ވާދަވެރިކަން އުފެއްދުމާއި، ބިރުވެރިކަން ފެތުރުމާ ދެކޮޅަށް ޗައިނާއިން ވަނީ އިންޒާރު ދީފައެވެ. ޗައިނާގެ ފޮރިން މިނިސްޓްރީން ބުނެފައިވަނީ މިފަދަ އަމަލުތަކުގެ ސަބަބުން ބައިނަލްއަގުވާމީ އުސޫލުތައް އެކުލަވާލުމަށް ހުރަސްއެޅޭ ކަމަށާއި، ހުރިހާ ގައުމަކުން ގުޅިގެން އިންސާނިއްޔަތަށް ފައިދާހުރި ގޮތެއްގައި އޭއައި ކުރިއެރުވުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

މެޓާ 567 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

ކުޑަކުދިންގެ ރައްކާތެރިކަމަށް އިހުމާލުވި މައްސަލައިގައި އެމެރިކާގެ ކޯޓަކުން މެޓާ ކުންފުނި 567 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފައިވާއިރު، މިއާއެކު އެ ކުންފުނިން ދައްކަންޖެހޭ ޖުމްލަ އަދަދު ވަނީ 942 މިލިއަން ޑޮލަރަށް އަރާފައެވެ. ފަނޑިޔާރު މެޓާ ސިފަކުރެއްވީ ކުޑަކުދިންނަށް ނަފްސާނީ އަދި ޖިންސީ ގެއްލުންދޭ "އާންމު އުނދަގުލެއް"ގެ ގޮތުގައެވެ. ނަމަވެސް މެޓާއިން ވަނީ މި ނިންމުމާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް، މައްސަލަ އިސްތިއުނާފު ކުރާނެ ކަމަށް ބުނެފައެވެ.

Newsletter

Get the latest news delivered straight to your inbox