ޖަރުމަނު ޑިފެންޑަރު ހަމެލްސް މި ސީޒަނަށް ފަހު ރިޓަޔާކުރަން ނިންމައިފި

Apr 5, 2025, 2:21 AM
ޖަރުމަނު ޑިފެންޑަރު ހަމެލްސް މި ސީޒަނަށް ފަހު ރިޓަޔާކުރަން ނިންމައިފި

ރޯމް (އޭޕްރީލް 5) - ޖަރުމަނުގެ ހުނަރުވެރި ޑިފެންޑަރު، މެޓްސް ހަމެލްސް، މި ސީޒަނަށް ފަހު ޕްރޮފެޝަނަލް ފުޓްބޯޅަ އިން ރިޓަޔާކުރަން ނިންމާފައިވާކަން އިއުލާނުކޮށްފި އެވެ.

އިޓަލީގެ ރޯމާ އަށް ކުޅެމުން އަންނަ ހަމެލްސް، 36، މި ވަގުތު އެ ކްލަބްގެ ކޮންޓްރެކްޓްގައި ހުރީ މި އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ. ހަމެލްސް ވަނީ މި ކޮންޓްރެކްޓް ހަމަވުމާ އެކު، ޕްރޮފެޝަނަލް ފުޓްބޯޅަ ކެރިއަރު ވެސް ނިމުމަކަށް ގެންނަން ނިންމާފައިވާކަން ސޯޝަލް މީޑިއާގައި ހާމަކޮށްފަ އެވެ.

"މިއީ ކޮންމެ ކުޅުންތެރިއަކަށް ވެސް އެންމެ އުނދަގޫވާނެ ކަންތައް. އަހަރެން 18 އަހަރު ވަންދެން މަތީ ފަންތީގައި ފުޓްބޯޅަ ކުޅުމަށް ފަހު، ނިންމާފައި މި ވަނީ މި އަހަރަށް ފަހު، ދެން ހުއްޓާލަން. ފުޓްބޯޅައިން އަހަންނަށް ވަރަށް ގިނަ ކަންތައްތަކެއް ފަހިވި، ފުޓްބޯޅަ ދޫކޮށްލުމަކީ އަހަންނަށް ވަރަށް ޖަޒުބާތީ ނިންމުމެއް،" ހަމެލްސް ބުންޏެވެ.

އެކާވީސް ވަނަ ގަރުނުގައި ފެނިގެންދިޔަ މޮޅު ޑިފެންޑަރުންގެ ތެރޭގައި ހިމެނޭ ހަމެލްސް ވަނީ، ޖަރުމަނު ގައުމީ ފުޓްބޯޅަ ޓީމުން 2014 ވަނަ އަހަރު ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރިއިރު މޮޅު ކުޅުމެއް ދައްކައިފަ އެވެ. ޖަރުމަނު ގައުމީ ޓީމަށް 2010 އިން 2023 އަށް ކުޅުނު ހަމެލްސް ވަނީ އެ ޓީމަށް ޖުމްލަ އެކު، 76 މެޗުން ފަސް ގޯލު ޖަހައިދީފަ އެވެ.

ޖަރުމަނު ފުޓްބޯޅައިގެ ގަދަބާރު ބަޔާން މިއުނިކުން 18 އަހަރު ސީނިއާ ފުޓްބޯޅަ ކެރިއަރުގެ ފުރަތަމަ މެޗު ކުޅުނު ހަމެލްސް ވަނީ، 2008 ވަނަ އަހަރު ބޮރޫޝިއާ ޑޯޓްމަންޑަށް ބަދަލުވެފަ އެވެ. އެ ޓީމުގައި މޮޅު ކުޅުމެއް ދެއްކި، ހަމެލްސް، 2016 ވަނަ އަހަރު އަލުން ބަޔާނަށް ބަދަލުވުމަށް ފަހު، ތިން އަހަރު އެ ޓީމަށް ކުޅެދިނެވެ. އަދި، އަލުން، ޑޯޓްމަންޑަށް ބަދަލުވެ، އެ ޓީމަށް ކުޅެ، މި ވަގުތު ކުޅެމުން އަންނަ ރޯމާއާ ގުޅުނީ މި ސީޒަން ފެށުމުގެ ކުރިންނެވެ.

ޑޯޓްމަންޑަށް 508 މެޗު ކުޅެދިން ހަމެލްސް ވަނީ ބަޔާނަށް 118 މެޗު ކުޅެދީފަ އެވެ. ހިލޭ ޓްރާންސްފާއެއްގައި މި ފަހަރު ރޯމާއާ ގުޅުމަށް ފަހު، މި ސީޒަނުގައި އެ ޓީމުގެ 18 މެޗެއްގައި ވަނީ ކުޅެފަ އެވެ. ކްލަބް ކެރިއަރުގައި 13 ތަށި ހޯދި ހަމެލްސް ވަނީ، ދެ ސީޒަނެއްގައި ޗެމްޕިއަންސް ލީގުގެ ފައިނަލުން ބަލިވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox