އެވަޓަން ބަލިކޮށް ލިވަޕޫލުން އެއް ވަނައިގައި ބޮޑު ލީޑު ދަމަހައްޓައިފި

Apr 3, 2025, 7:46 AM
އެވަޓަން ބަލިކޮށް ލިވަޕޫލުން އެއް ވަނައިގައި ބޮޑު ލީޑު ދަމަހައްޓައިފި

ލިވަޕޫލް (އޭޕްރީލް 3) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެވަޓަން އަތުން 1-0 އިން މޮޅުވެ، ލީގުގެ އެއް ވަނައިގައި 12 ޕޮއިންޓުގެ ލީޑު ލިވަޕޫލުން ދަމަހައްޓައިފި އެވެ.

ރޭގެ މޮޅާ އެކު ލިވަޕޫލުން ވަނީ 30 މެޗުން 73 ޕޮއިންޓް ހޯދައިފަ އެވެ. ބާކީ އޮތް އަށް މެޗުން ލިވަޕޫލަށް ލީގު ހޯދަން ބޭނުންވަނީ 13 ޕޮއިންޓެވެ. ލީގުގެ ދެ ވަނައިގައި އޮތް އާސެނަލަށް ވަނީ 30 މެޗުން 61 ޕޮއިންޓް ލިބިފަ އެވެ.

ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗު ފަށައިގެން 11 މިނިޓް ތެރޭ އެވަޓަންގެ ޖޭމްސް ޓާކޯސްކީ ލިވަޕޫލްގެ އަލެކްސިސް މެކް އަލިސްޓާ އަށް ނުރައްކާތެރި ފައުލެއް ކުރުމުން ލިވަޕޫލުން ރަތް ކާޑެއް ދައްކަން އެޕީލް ކުރި ނަމަވެސް ދެއްކީ ރީނދޫ ކާޑެކެވެ.

އެވަޓަންގެ ބެޓޯ ޖެހި ގޯލެއް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލައިފައި ވަނީ އޮފްސައިޑް ކަމަށް ނިންމައިފަ އެވެ. އޭގެ ފަހުން، ބެޓޯ އަށް ލިބުނު މުޅިން ހުސް ފުރުސަތެއްގައި އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

މެޗުގައި ލިވަޕޫލުން ޖެހި ހަމައެކަނި ލަނޑު 57 ވަނަ މިނިޓްގައި ކާމިޔާބުކުރީ ޑިއޯގޯ ޖޮޓާ އެވެ. މިއީ، އެވަޓަން އޭރިއާތެރެއިން ދެ ކުޅުންތެރިން ކައިރިން ދެމިގަތުމަށް ފަހު ޖޮޓާ ޖެހި ގޯލެކެވެ. އޭގެ ފަހުން، ދެ ވަނަ ގޯލެއް ޖެހޭތޯ ލިވަޕޫލުން މަސައްކަތް ކުރި ނަމަވެސް ކާމިޔާބެއްނުވި އެވެ.

އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީން ވަނީ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ޖެކް ގްރީލިޝް އާއި އޮމަރު މާމޫޝްގެ ލަނޑުތަކުން 2-0 އިން ލެސްޓާ ސިޓީ ބަލިކޮށްފަ އެވެ. މެންޗެސްޓާ ސިޓީ، ހަތަރެއްގައި އޮތީ 30 މެޗުން 51 ޕޮއިންޓާ އެކު އެވެ. ނިއުކާސަލް ޔުނައިޓެޑުން ފަސް ވަނަ އަށް އެރީ ރޭ އަމިއްލަ ދަނޑުގައި 2-1 އިން ބްރެންޓްފޯޑް ބަލިކޮށްފަ އެވެ. ނިއުކާސަލަށް މި މެޗުގައި ލަނޑުތައް ޖަހައިދިނީ ސަންޑްރޯ ޓޮނާލީ އާއި އަލެކްސަންޑަ އިސާކް އެވެ. ބްރެންޓްފޯޑްގެ ލަނޑު ޖެހީ ބްރަަޔާން އެމްބުއޭމޯ އެވެ.

ރޭގެ އެހެން މެޗުުތަކަށް ބަލާއިރު، ބްރައިޓަން ދަނޑުގައި އެސްޓަން ވިލާ 3-0 އިން މޮޅުވިއިރު، ބޯންމައުތު ވަނީ އަމިއްލަ ދަނޑުގައި 2-1 އިން އިޕްސްވިޗު ޓައުން އަތުން ބަލިވެފަ އެވެ. ސައުތެމްޓަން އިން ކުޅުނު މެޗު ނިމުނީ 1-1 އިން ކްރިސްޓަލް ޕެލަސްއާ އެއްވަރުވެގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox