ސަކާގެ ގޯލުން އާސެނަލަށް މޮޅެއް، ފޮރެސްޓުން ޔުނައިޓެޑް ބަލިކޮށްފި

Apr 2, 2025, 7:02 AM
ސަކާގެ ގޯލުން އާސެނަލަށް މޮޅެއް، ފޮރެސްޓުން ޔުނައިޓެޑް ބަލިކޮށްފި

ލަންޑަން (އޭޕްރީލް 2) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބުކާޔޯ ސަކާ ޖެހި ގޯލުން 2-1 އިން ފުލަމް އަތުން އާސެނަލް މޮޅުވިއިރު، ނޮޓިންހަމް ފޮރެސްޓުން މެޗުގެ ކުރީކޮޅުގައި ޖެހި ގޯލާ އެކު، 1-0 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށްފި އެވެ.

މި މޮޅާ އެކު، އާސެނަލުން ވަނީ ލީގުގެ އެއް ވަނައިގައި އޮތް ލިވަޕޫލްގެ ލީޑު ނުވަ ޕޮއިންޓަށް ކުޑަކޮށްފަ އެވެ. ލިވަޕޫލަށް 29 މެޗުން 70 ޕޮއިންޓް ލިބިފައިވާއިރު، އާސެނަލަށް ވަނީ، 30 މެޗުން 61 ޕޮއިންޓް ލިބިފަ އެވެ. އަދި، ތިން ވަނައިގައި އޮތް ފޮރެސްޓަށް 30 މެޗުން ވަނީ، 57 ޕޮއިންޓް ލިބިފަ އެވެ.

އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމުން ލީޑުނެގީ މިކޭލް މެރީނޯ، އޭރިއާތެރެއިން ލިބުނު ފުރުސަތަކުން ކާމިޔާބުކުރި ގޯލުންނެވެ. އާސެނަލަށް ފުރަތަމަ ހާފުގައި މައްސަލަ ދިމާވީ އެ ޓީމުގެ އިތުބާރު ޑިފެންޑަރު، ގަބްރިއެލް މަގާޅައެސްގެ ފަލަމަސްގަނޑަށް އަނިޔާވެ ބަދަލުކުރަން ޖެހުމުންނެވެ.

އަނިޔާގެ ސަބަބުން ތިން މަސް ދުވަހު ކުޅުމާ ދުރުގައި ހުރުމަށް ފަހު، ރޭގެ މެޗުގައި ކުޅެން ނުކުތް ސަކާ ވަނީ، ބަދަލަކަށް އެރިތާ ހަތް މިނިޓް ތެރޭ ގޯލު ޖަހައިފަ އެވެ. އަރިމަތިން ގަބްރިއެލް މާޓިނެލީ ނަގައިދިން ހުރަަހަކަށް އަރައި ސަކާ މި ގޯލު ޖެހީ ބޮލުންނެވެ.

ފުލަމް އިން ބަދަލުތަކެއް ގެނެސްގެން އެޓޭކް ރަނގަޅުކުރި އެވެ. އެ ގޮތުން، އެ ޓީމުން މެޗުގައި ޖެހި ހަމައެކަނި ގޯލު ކާމިޔާބުކުރީ، އިތުރު ވަގުތުގެ ހަތަރު ވަަނަ މިނިޓްގައި ރޮޑްރީގޯ މުނީޒް އެވެ. ބަަަދަލަކަށް ކުޅެް އެރި މުނީޒް އަށް މި ލަނޑު ޖެހުމުގެ ކުރިން ވެސް ގޯލެއް ޖަހަން ރަަނގަޅު ފުރުސަތެއް ލިިބި ބޭނުމެއް ނުކުރެވުނެވެ.

ފޮރެސްޓުން ރޭގެ މެޗުގައި ޔުނައިޓެޑް ކޮޅަށް ޖެހި ހަމައެކަނި ގޯލު ޖެހީ މެޗު ފެށުނުތާ ފަސް ވަނަ މިނިޓްގަ އެވެ. މިއީ، ކުރިން ޔުނައިޓެޑަށް ކުޅުނު އެންތަނީ އެލަންގާ ޖެހި ގޯލެކެވެ. އަމިއްލަ ހާފުގެ ތެރެއިން ބޯޅަ ހިފައިގެން ގޮސް ޔުނައިޓެޑްގެ އޭރިއާތެރެއަށް ވަދެ، އެލަންގާ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ.

ނަތީޖާ އަނބުރާލެވޭތޯ ޔުނައިޓެޑުން ވީ ވަރަކުން މަސައްކަތް ކުރި ނަމަވެސް ފޮރެސްޓްގެ ޑިފެންސްލައިން ފޫއަޅުވާލެވޭނެ ގޮތެއްނުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox